Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިޝަނަރ އޮފް ޕޮލިސް

ސީޕީ އޮސްޓްރޭލިޔާގެ ކޮމިޝަނަރާއި ބައްދަލު ކުރައްވައިފި

12 ފެބުރުއަރީ 2020 | ބުދަ 12:37

ފުލުހުންގެ އިސް އޮފިސަރުންނަށް ލީޑަރޝިޕް ޓްރެއިނިންގ ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ފެބުރުއަރީ 2020 | ބުދަ 12:37
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ކޮމިޝަނަރ އޮފް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް، ރީސް ޕީ. ކަރޝޯ އާއި ބައްދަލުކުރައްވަނީ

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ކޮމިޝަނަރ އޮފް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް، ރީސް ޕީ. ކަރޝޯ އާއި ބައްދަލުކުރައްވަނީ

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ކޮމިޝަނަރ އޮފް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް، ރީސް ޕީ. ކަރޝޯގެ ދަޢުވަތަކަށް އޮސްޓްރޭލިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނާ ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ފޮލިސް ސަރވިސް އިން ބުނީ ބުދަ ދުވަހު ބޭއްވި މި ބައްދަލު ކުރެއްވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ދެެ މުއައްސަސާ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އެހީތެރިކަމާއެކު ދިވެހި ފުލުހުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިންނާއި، ފައިނޭންޝަލް ކްރައިމްގެ ދާއިރާއިންނާއި، ސައިބަރ ކްރައިމް އަދި ތަޙްޤީޤު ކުރުމުގެ ތަފާތު ދާއިރާތަކުން ތަމްރީނުކޮށް ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރު ކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، ފުލުހުންގެ އިސް އޮފިސަރުންނަށް މެނޭޖްމަންޓް އާއި ލީޑަރޝިޕް ޓްރެއިނިންގ ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ފެބްރުއަރީ މަހުގެ އަށަކުން 14 އަށް އޮސްޓްރޭލިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އެކިއެކި ކޮމާންޑްތައް ބަލަހައްޓަވާ ބައެއް އެގްޒެކެޓިވް އޮފިސަރުންނާއި ނިއު ސައުތު ވޭލްސް ޕޮލިސް ފޯރސްގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ހެޑް އޮފް ކައުންޓަރ ޓެރަރިޒަމް އެންޑް ސްޕެޝަލް އިންވެސްޓިގޭޝަންސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ސްކޮޓް ލީ އާއި އަދި ހެޑް އޮފް ކްރައިމް ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޕީޓަރ ކްރޯޒިއަރ އާ މިއަދު ބައްދަލު ކުރައްވައި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިންނާއި، ފައިނޭންޝަލް ކްރައިމްގެ ދާއިރާއިންނާއި، ސައިބަރ ކްރައިމްގެ ދާއިރާއިންނާއި، ނާކޮޓިކްސް އަދި ތަޙްޤީޤު ކުރުމުގެ އެކި ދާއިރާތަކުން ދިވެހި ފުލުހުން ތަމްރީނުކޮށް އަދި ފުލުހުންގެ ޤާބިލުކަން އިތުރު ކުރުމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، އޮސްޓްރޭލިއަން ސެންޓަރ ޓު ކައުންޓަރ ޗައިލްޑް އެކްސްޕްލޮއިޓޭޝަން އެންޑް ކްރައިމްސް އަގެއިންސްޓް ޗިލްޑްރެން ގެ ހެޑް، މިސިޒް މަރީނާ ސިމޮންކީނީ އާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަތައް ތަޙްޤީޤު ކުރާގޮތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އަދި ދިވެހި ފުލުހުން މިހާރު މަސައްކަތް ކުރަމުންދާ ގޮތް މުރާޖަޢާކޮށް މައްސަލަތައް ތަޙްޤީޤު ކުރުމުގައި ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މި ދަތުރު ފުޅުގައި ބުދަ ދުވަހު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ޕޮލިސް މެނޭޖްމަންޓްގެ އެގްޒެކެޓިވް އޮފިސަރުންނާ ބައްދަލު ކުރައްވާ ފުލުހުންގެ މެނޭޖްމަންޓް އަދި ލީޑަރޝިޕް ރޭންކްތަކުގެ ފުލުހުންނަށް އެ އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގުރާމުތަކުން ފުރުޞަތު ހޯދުމަށް މަޝްވަރާ ކުރައްވާފައެވެ.

އަދި ހަމަ އެހެންމެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ނިއު ސައުތު ވޭލްސް ޕޮލިސް ފޯރސް ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޑޭވިޑް ހަޑްސަންއާވެސް ބައްދަލު ކުރައްވާފައެވެ. އަދި ނިއު ސައުތު ވޭލްސް ޕޮލިސްގެ މެރިން އޭރިއާ ކޮމާންޑަށް ޒިޔާރަތްކުރައްވައި އެ ދާއިރާއިން ދިވެހި ފުލުހުން ތަމްރީނު ކުރުމާގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި ހެޑް އޮފް އިންޓަރނޭޝަނަލް ކޮމިޝަން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ބްރޫސް ހިލް އާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައި މި ދެ މުއައްސަސާގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އިންޓެލިޖެންސް އެންޑް ފޮރެންސިކްސް އޮޕަރޭޝަންސް، ކޭ ނައިން އަދި ސްޕެޝަލިސްޓް ރެސްޕޯންސް ގްރޫޕަށް ޒިޔާރަތްކުރައްވާ އެ ދާއިރާތަކުން ދިވެހި ފުލުހުން އިތުރަށް ތަމްރީނުކޮށް ތަޖުރިބާ ހޯދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް