Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

ފޮތްތަކާއި ލިޔުންތަކުން ދޭހަކޮށްދޭ މާނައާމެދު ވިސްނަން ކުދިންނަށް ދަސްކޮށްދިނުމަށް ރައީސްގެ އަނބިކަނބަލުން ގޮވާލައްވައިފި

12 ފެބުރުއަރީ 2020 | ބުދަ 10:38

އިނގިރޭސި ބަހާއި، އެހެނިހެން ބަސްތަކުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުން މުހިންމު

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 ފެބުރުއަރީ 2020 | ބުދަ 10:38
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

ހުރިހާ ކުދިންނަކީ ވެސް، ކިޔުންތެރިކަމަށް ލޯބިކުރާ އަދި ލިޔުންތެރިންނާއި އަދީބުންގެ ލިޔުންތަކުން ދޭހަކޮށްދޭން ބޭނުންވާ މާނައާމެދު ފުންކޮށް ވިސްނާ ފިކުރުކުރާ ކުދިބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވައިލައްވައިފިއެވެ.

އޭޝިއާ ފައުންޑޭޝަންގެ "ލެޓްސް ރީޑް" ޕްރޮގުރާމުގެ ދަށުން ހިންގާ ތަރުޖަމާކުރުމާ ބެހޭ މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ބުދަ ދުވަހު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ މުޞައްނިފުންނާއި ލިޔުންތެރިންގެ ފޮތްތަކާއި ލިޔުންތަކުން އެމީހުން ދޭހަކޮށްދޭން މަސައްކަތްކުރާ މާނަ އެންމެ ފުރިހަމައަށް މޭރުންވާނީ، އެ ފޮތެއްގައި ނުވަތަ ލިޔުމެއްގައި ލިޔެފައިވާ އެއްޗަކާމެދު ފުންކޮށް ވިސްނާ ފިކުރުކޮށްގެން ކަމަށާއި އެ ކަމަކާމެދު ދެބަސްވުމުގެ ކުރިން ،އެކި މީހުންގެ ޚިޔާލާއި ވިސްނުން ތަފާތުވާނެކަން ދެނެހުރެ، އެފަދަ ޚިޔާލުތަކަށް މަރުޙަބާ ކިޔައި ފުރުޞަތު ދޭންވާނެކަމަށެވެ.

Advertisement - newsAdvertisement

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ހުރިހާ ކުދީންނަށް މިފަދަ ސިފަތައް ދަސްކޮށްދީ، އަށަގެންނެވުމަށް މުދައްރިސުންނާއި ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އިނގިރޭސި ބަހާއި، އެހެނިހެން ބަސްތަކުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއްގެ ޒަރީޢާއިން ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މީހުންނާއި ކުދިންނަށް، އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށްވެސް، ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ހުރިހާ ކުދިންނަކީވެސް ކިޔުންތެރިކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެން، ކިޔުންތެރިކަމަށް ލޯބި ޖައްސާ، އެކަން އަށަގެންނެވުމުގެ މުހިއްމުކަމާއި އެކަމުގައިވާ އުފާވެރިކަން ފާހަގަ ކުރައްވަމުންނެވެ. އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއް މެދުވެރިކޮށް ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ މި ޕްރޮގުރާމަކީ އޭޝިއާ ފައުންޑޭޝަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ޤައުމީ ކުތުބުޚާނާ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 އޯގަސްޓު 2019

މިޔަރު މަސްވެރިކަން ހުއްދަކުރާކަށް ނުވިސްނަން: ފިޝަރީޒް މިނިސްޓްރީ

25 އޯގަސްޓު 2019
މިޔަރު މަސްވެރިކަން ހުއްދަކުރާކަށް ނުވިސްނަން: ފިޝަރީޒް މިނިސްޓްރީ
14 އެޕްރީލު 2019

ޑިޖިޓަލް ޓެކްނޮލެޖީގެ ބޭނުން ހިފުމާއިމެދު މިހާރަށްވުރެ ފުޅާ ގޮތެއްގައި ވިސްނަންވެއްޖެ: ރައީސް ސޯލިހް

14 އެޕްރީލު 2019
ޑިޖިޓަލް ޓެކްނޮލެޖީގެ ބޭނުން ހިފުމާއިމެދު މިހާރަށްވުރެ ފުޅާ ގޮތެއްގައި ވިސްނަންވެއްޖެ: ރައީސް ސޯލިހް
18 މާރިޗު 2019

2015 ގައި ކުރިމަތިވި ހާލަތަށް އެނބުރި ނުދިއުމަށް ބޮޑު ވިސްނުމަކުން ވިސްނަން ޖެހޭ: ޝެއިޚް އިމްރާން

18 މާރިޗު 2019
2015 ގައި ކުރިމަތިވި ހާލަތަށް އެނބުރި ނުދިއުމަށް ބޮޑު ވިސްނުމަކުން ވިސްނަން ޖެހޭ: ޝެއިޚް އިމްރާން
16 އޯގަސްޓު 2018

ވޯޓަށް ސަމާލުވާންޖެހޭ، ވިސްނަންވީ ދެންކުރާނެ ކަމަކަށް: ފައިސަލް

16 އޯގަސްޓު 2018
ވޯޓަށް ސަމާލުވާންޖެހޭ، ވިސްނަންވީ ދެންކުރާނެ ކަމަކަށް: ފައިސަލް
22 މެއި 2018

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދާތީ ސަރުކާރާއި، ރައްޔިތުން ވިސްނަންޖެހޭ: އަނާރާ

22 މެއި 2018
ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދާތީ ސަރުކާރާއި، ރައްޔިތުން ވިސްނަންޖެހޭ: އަނާރާ
06 މެއި 2018

ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވުމަކީ ދައުލަތުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް: މަހްލޫފް

06 މެއި 2018
ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވުމަކީ ދައުލަތުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް: މަހްލޫފް
11 ނޮވެމްބަރު 2017

މިއަދަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވިސްނަން އެންމެ ރަނގަޅު ދުވަސް: ރައީސް ނަޝީދު

11 ނޮވެމްބަރު 2017
މިއަދަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވިސްނަން އެންމެ ރަނގަޅު ދުވަސް: ރައީސް ނަޝީދު
26 ޖޫން 2017

ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

26 ޖޫން 2017
ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު
10 މެއި 2017

އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ

10 މެއި 2017
އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް