Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހް

ޑިޖިޓަލް ޓެކްނޮލެޖީގެ ބޭނުން ހިފުމާއިމެދު މިހާރަށްވުރެ ފުޅާ ގޮތެއްގައި ވިސްނަންވެއްޖެ: ރައީސް ސޯލިހް

14 އެޕްރީލު 2019 | އާދީއްތަ 17:51

ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ މުޅި އާބާދީއަށް އެއް ފެންވަރެއްގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 އެޕްރީލު 2019 | އާދީއްތަ 17:51
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި އައު ކަންތަކަށް ތަރުޙީބުދޭ ބަޔަކަށްވާއިރު، އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުވުމުގައި، މިހާރަށް ވުރެ ފުޅާ ގޮތެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާމެދު ވިސްނަންވެއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިރާގު ހައި-ސްޕިޑް ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގައި %75 އަށް ފޯރު ކޮށްދިނުން ފާހަގަކުރުމަށް އާދިއްތަ ދުވަހު ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެކަމުގައި ދިރާގަށް ވަރަށް އިސް ދައުރެއް އަދާ ކުރެވިދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

"ޑިޖިޓަލް ޓެކްނޮލަޖީ އަކީ އެއްވެސް އިމެއް، ހިފެހެއްޓުމެއް ނެތި ތަރައްޤީވެ ފައްކާވަމުން އަންނަ ސިނާއަތެއް. ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި އައު ކަންތަކަށް ތަރުޙީބުދޭ ބަޔަކަށްވާއިރު، އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުމުގައި، މިހާރަށް ވުރެ ފުޅާ ގޮތެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާމެދު ވިސްނަންވެއްޖެ. މިކަމުގައި ވެސް ދިރާގަށް ވަރަށް އިސް ދައުރެއް އަދާކުރެވިދާނެ. ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ޑިޖިޓަލް ޓެކްނޮލަޖީއަށް ދަރިވަރުން އަހުލުވެރިކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބަލާ، އެކަން ތަންފީޒު ކުރުމާމެދު ތިބޭފުޅުން ވިސްނުން ހިންގަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ދިރާގަކީ މުވާސަލާތީ ހިދުމަތާއި ޑިޖިޓަލް ހިދުމަތް ދިނުމުގައި ވަރަށް ފަހުރުވެރި މާޒީއެއް އޮތް ކުންފުންޏެއް ކަމަށާއި ރަށްތަކާއި ބޭރުދުނިޔެއާ ރާއްޖެ ގުޅުވައިދޭ މައި ފާލަމަކީ ދިރާގު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެ ފަދަ ޖަޒީރާތަކެއް މައްޗަށް އެކުލެވޭ ޤައުމެއްގެ މުޅި އާބާދީއަށް އެއް ފެންވަރެއްގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެ ގޮންޖެހުންތަކާއެކު ވެސް، ދިރާގުން އަންނަނީ، ޒަމާނީ މުވާސަލާތީ ލުއިފަސޭހަކަމާއެކު، އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދެމުން ކަމަށް އިތުރަށް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ ދިރާގު ކުންފުންޏަކީ، ރަށްރަށުގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްޤީ ކުރުމުގައި، ދިރާގުގެ ޚިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ޚިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް، މިއަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ލިބި، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު މިހާރަށްވުރެ ވެސް ކުޑަވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް