Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޖަލްސާ

އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު

ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރަން ޖެހޭ ސަބަބީ ގާނޫނު އަސާސީއާއި ހިލާފަށް އަމަލުކުރައްވަތީ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 01:13
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރުމަށް ފަހު، އާ ކޮމިޝަނަކާއެކުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

"ލާމަރުކަޒީ ރާއްޖެ" ނަމުގައި ނައިފަރުގައި ބޭއްވި ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި ގައުމީއްޔަތު ހިމާޔަތް ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރަން ފެށުމުން ރާއްޖެ ހަމަގަށް އެޅުވުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގެ އުންމީދު އާވެއްޖެ ކަމަށެވެ. މި މަސައްކަތުގައި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކޮށް އެކޮމިޝަން މިނިވަންކުރާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އެ މަސައްކަތް ކުރާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، ޕާޓީތަކަށް އެއްބަސްވެވޭ ގާނޫނީ މަގުޗާޓާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރަން ޖެހޭ ސަބަބީ ގާނޫނު އަސާސީއާއި ހިލާފަށް އެކޮމިޝަންގެ މެމްބަރުން އަމަލުކުރައްވަތީ ކަމަށް ނިޔާޒު ވިދާޅުވިއެވެ. ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ތާރީހްތަކުގައި އިންތިހާބުތަށް ނުބާއްވާ ކޮމިޝަންގެ މެމްބަރުން ދަނީ ރައްޔިތުން ދަނީ އޮޅުވާލަމުން ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކޮށް. ، މެއި 6 ވަނަ ދުވަހު މިނިވަން އިންސާފްވެރި އިންތިހާބެއް ބާއްވާނި މުޅިން އައު ކޮމިޝަނަކާއި އެކު، އިލެކްޝަން ކޮމިޝަންގެ މެމްބަރުން ހައްދަވަނީ ކަނޑައެޅިގެން ބުހުތާން ދޮގުކަން މިވަނީ ފަޅާއަރާފައި، ރޯގާ ފެތެރޭކަމަށް ބުނެ ކައުންސިލް އިންތިހާބު ފަސްކުރުމުން ، ސަރުކާރުން ސުކޫލުތަށް ހުޅުވީ" އަލީ ނިޔާޒު ވިދާޅުވިއެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަގހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވަނީ ތިން ފަހަރު ވަނީ ފަސްކޮށްފައެވެ. މިކަމާއި ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ.

ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ސަރުކާރުން ގެނެއައި ނިޒާމެއް ކަމަށާއި އެނިޒާމް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލާފައިވާ ކަމަށެވެ. އެހެންކަމުން އެ ނިޒާމްގެ ދިފާއުކުރުމަށްޓަކައި ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދޭންޖެހޭ ނިޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މާޗް 27 ވަނަ ދުވަހު ފާސްވެއްޖެނަމަ ، ގާނޫނުތަކަށް އިސްލާހް ގެންނަން ޖެހޭ ކަމަށާއި އެންމެ އިސްކަމެއް ދީގެން ކައުންސިލަތަށް ބާރުވެރިކަން ލިބޭގޮތަށް ގާނޫނު އިސްލާހް ކުރާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ފަހު ގާނޫނުތަކަށް ބަދަލުގެންނާނަން، އެންމެ ފުރަތަމަ ވެސް އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނަން ބަދަލުގެނެސް ކައުންސިލް ތަކަށް ބާރުވެރިކަން ހޯދަދޭނަން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލް ތަކަށް އެރަށްރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި އަދި ބިން ދޫނުކުރެވުން، އެހެންނަމަވެސް އެމްޑީޕީން މަޖިލީހުގެ ތެރެއިން އެކަން ހައްލުކޮށްދޭނަން" އަލީ ނިޔާޒު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު