Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު ހުށަހަޅާ ބަހުސް ފަށައިފި

މިބިލް ހުށަހެޅުމުގެ މަޤްސަދަކީ ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ފެބުރުއަރީ 2020 | އަންގާރަ 12:38
ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ބިލް ހުށަހަޅުއްވަނީ

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ބިލް ހުށަހަޅުއްވަނީ

ދިވެހިރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމަށް މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާ އެބިލުގެ ބަހުޘް ފަށައިފި އެވެ.

މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދެވެ. ޖަމްޝީދު މިބިލު ހުށަހަޅުއްވަމުން ވިދާޅުވީ މިބިލު ހުށަހެޅުމުގެ މަޤްޞަދަކީ ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅުއެޅުމުގެ އުޞޫލުތައް ބަޔާންކުރުން ކަމަށެވެ.

އަދި މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙާލަތެއްގައި ނުވަތަ އެ ޙައްޤުތަކަށް އުނިކަމަށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލާނެ ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަންއެއް ޢައްޔަންކޮށް، އެ ފަރާތުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުމާއި، މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ޙާލަތުގައި ބަދަލު ލިބިދިނުމާ ގުޅޭ އުޞޫލުތައް ބަޔާން ކުރުމަކީވެސް މިބިލު ހުށަހެޅުމުގެ މަޤްޞަދެއްކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

މިބިލަށް ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރ އިބްރާހީމް ޝަރީފް ވިދާޅުވީ މިފަދަ ޤާނޫނެއް އޮތުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިހާރުވެސް މުދާ ގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤަވާއިދެއް އެކުލަވާލެވި ޢަމަލުކުރަމުންދާކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އެފަދަ ޤަވާއިދުތައް ހުރިކަމުގައި ވީނަމަވެސް އެންމެ އެދެވޭގޮތުގައި އެކަންކަން ތަންފީޒުވެގެން ނުދާކަަމަށެވެ.

މިބިލަށް ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިފަދަ ބިލަކުން ފުޅާދާއިރާއެއްގައި ޤާނޫނުގެ ޙިމާޔަތްތެރިކަން ލިބިދޭންޖެހޭ ކަމަށެވެ. މިބިލުގައި ހަމައެކަނި ހިމަނަންޖެހޭނީ ފިހާރަތަކުން މުދާ ގަންނަ ފަރާތްތައް އެކަނި ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

މިބިލަކީ ޖުމުލަ 13 ބާބެއްގެ މައްޗަށް އެކުލެވޭ ބިލެކެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު