Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރޯނާވައިރަސް

ހޯރަފުށީ ދާއިރާގެ 3 ރަށުގައި ކޮރޯނާ ވައިރަސްއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

10 ފެބުރުއަރީ 2020 | ހޯމަ 13:33

މި ސެޝަންތައް ކުރިޔަށް ގެންދިޔުމުގައި 3 ރަށުގެ ކައުންސިލް ސްކޫލްތައް އަދި ހެލްތް ސެންޓަރުން އެއްބާރުލުން ލިބުނު

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 10 ފެބުރުއަރީ 2020 | ހޯމަ 13:33
ހޯރަފުށީ ދާއިރާގައި ކުރިޔަށް ގެންދިޔަ ސެޝަންތަކުގެ ތެރެއިން

ހޯރަފުށީ ދާއިރާގައި ކުރިޔަށް ގެންދިޔަ ސެޝަންތަކުގެ ތެރެއިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ މަޢުލޫމާތު ދިނުމަށް ހޯރަފުށި ދާއިރާގެ 3 ރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމް ހިންގައިފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން، ހޯރަފުށި ޔޫތު ޑިވެލޮޕްމެންޓް އެސޯސިއޭޝަންގެ ވައިސް ޗެއަރޕަރސަން ހުސައިން ނާޝިޒް ވިދާޅުވީ، ބައްދަލުވުން ކުރިޔަށް ގެންދިޔަ މައިގަނޑު މަޤުޞަދަކީ ދާއިރާގެ ރައްޔިތުންނަށް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް އާއި ބެހޭ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށް ރައްޔިތުން ބައްޔާއި ބެހޭގޮތުން އަހުލުވެރިކުރުވުމަށްކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހޯރަފުށީ ޒުވާނުން އިސްނައިގެން ދާއިރާގެ މެންބަރު އަޙްމަދު ސަލީމުގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދިޔަ ޕްރޮގުރާމްތަކަށް ރައްޔިތުންގެ ހޫނު ތަރުހީބެއް ލިބިފައިވާކަމަށް ނާޝިޒް ވަނީ ފާހަގަކުރައްވާފައެވެ. ހުކުރު ދުވަހު ތުރާކުނާއި އުލިގަމުގައި މަޢުލޫމާތު ދިނުމަށް ބައްދަލުވުންތައް ބާއްވާފައިވާއިރު ހޯރަފުށީގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގައެވެ. ތިން ރަށަށްވެސް ބައްޔާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ވަޑައިގެންފައިވަނީ، ޑރ. އުސާމާ އުމަރުއެވެ. ނާޝިޒު ވަނީ، ކާމިޔާބު ކަމާއެކު މި ސެޝަންތައް ކުރިޔަށް ގެންދިޔުމުގައި 3 ރަށުގެ ކައުންސިލް، ސްކޫލްތައް އަދި ހެލްތު ސެންޓަރުން އެއްބާރުލުން ލިބުނު ކަން ފާހަގަކުރައްވާފައެވެ،

ހޯރަފުށީ ޔޫތު ޑެވެލޮޕްމެންޓް ސޮސައިޓީ (ހައިޑްސް) ރަޖިސްޓްރީ ކުރެވިފައިވަނީ 24 ފެބްރުއަރީ 2013 ވަނަ އަހަރުއެވެ. ސޮސައިޓީ އުފެއްދި މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމަށް މަސައްކަތް ކުރުމާއި އިޖްތިމާޢީ ގޮތުން ރަށަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރުން ހިމެނެއެވެ. އަދި ހޯރަފުށީގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ޒުވާނުންނަށް އެކިއެކި ރޮނގުތަކުން ޚިދުމަތް ދެމުން އަންނަ ޖަމްޢިއްޔާއެކެވެ.

މިޖަމްޢިއްޔާގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، ވަޒީފާ އަދާކުރަމުންދާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، ވަޒީފާގައި ދެމިތިބި ފަރާތްތަކަށް ވަޒީފާއަށް ބޭނުންތެރި ތަމްރީނާއި ހުނަރު ފޯރުކޮށްދީ، ވަޒީފާތަކަށް އަލަން ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަންގައިދީ އެފަރާތްތަކުގެ ކެރިއަރ ތަރައްޤީކޮށް ކުރިއެރުވުމުގައި އެހީތެރިވުން ހިމެނެއެވެ. މީގެއިތުރުން ހައިޑްސް ޖަމްޢިއްޔާއަކީ ހޯރަފުށި އަދި ކައިރި ރަށްތަކުގެ ކުދިބޮޑު އެންމެން ޝާމިލުވާނެގޮތައް، ޘަޤާފީ އަދި އެހެނިހެން ކުޅިވަރުތައް ރާވާ، އިންތިޒާމުކޮށް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
18 އެޕްރީލު 2017

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި
12 އެޕްރީލު 2017

މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

12 އެޕްރީލު 2017
މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
18 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް