Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސާ ގޯނި

މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

މައްސަލަ ހުށައެޅި ފަރާތުން އެދިފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 އެޕްރީލު 2017 | ބުދަ 20:49
މެންބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެންބަރު

މެންބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެންބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެއްސެވުމަށް ލާރި ގޯނި ހިފައިގެން މެންބަރުންގެ ގާތަށް ދިޔަ ކަމަށް ލައިވް ޓީވީގައި އަމިއްލައަށް އިއުތިރާފްވެވަޑައިގެެންނެވި މެންބަރު ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލްގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށައަޅައިފިއެވެ.

ރާއްޖެއެމްވީއަށް ކޮޕީއެއް ލިބިފައިވާ މި ސިޓީ ފުލުހުންނަށް ހުށައަޅާފައިވަނީ، އަމިއްލަ ފަރާތަކުންނެވެ.

އެފަރާތުން ހުށައަޅާފައިވާ ސިޓީގައި ބުނެފައިވަނީ، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ސަންގު ޓީވީގެ ލައިވް ޕްރޮގްރާމެއްގައި، ޓޫރިޒަމް މިނިސްޓަރު އަދީބުގެ އަތުން ފައިސާ ނަގައިގެން މަޖިލީހުގެ ބައެއް މެންބަރުންނަށް ބެއްސެވިކަމަށް ވިދާޅުވފައިވާތީއާއި އަދި އެ ފައިސާއަކީ، އެމްއެމްޕީއާރުސީގެ ފައިސާކަމަށް ބެލެވޭ ފައިސާކަމަށް ދޭހަވާ ގޮތަށް އަމިއްލަ އިއުތިރާފުން ވިދާޅުވެފައިވާކަމަށެވެ.

އެހެންކަމުން އެދުވަހު ލައިވް ޓީވީގައި، މުހައްމަދު އިސްމާއިލް ބެއްސެވިކަމަށް އެ ވިދާޅުވި ފައިސާއަކީ، ކޮންތަނަކުން ލިބުނު ފައިސާއެއްތޯ އާއި، ކޮންފަރާތަކުން ކޮންކަމަކާއި ގުޅިގެން ބަހާފައިވާ ފައިސާއެއްތޯ ބަލައިދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާ ސިޓީގައި ވަނީ އެދިފައެވެ.

މައްސަލަ ހުށައެޅި ފަރާތުން އެދިފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލައިދިނުމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ވަނީ ހެކީގެ ގޮތުގައި، ސަންގު ޓީވީގައި މުހައްމަދު އިސްމާއިލް އެދުވަހު ދެއްކެވި ވާހަކައިގެ އޯޑިއޯ/ވީޑިއޯ ވެސް ފުލުހުންނަށް ހުށައަޅާފައެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގެ އިތުރުން މުހައްމަދު އިސްމާއިލް ވަނީ ދުރަށް ދައްކަމުންދިޔަ މަޖިލީހުގެ ޖަލްސާއެއްގައިވެސް މެންބަރުންނަށް ފައިސާ ބެހީ އޭނާ ކަމަށާއި، އެ ފައިސާ ގޯނި ހިފައިގެން މެންބަރުންގެ ގާތަށް ދިޔައީ ތިމަންނާ ކަމަށް އަމިއްލައަށް އިއުތިރާފް ވެވަފައެވެ.

އޭނާ މިހެން ވިދާޅުވެ، އިޢުތިރާފު ވެފައިވީ ނަމަވެސް، މި މައްސަލަ ތަޙުޤީޤުކޮށް އޭނާއާމެދު މިހާތަނަށް ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު