Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓްރީ އޮފް އެންވަޔަރަމަންޓް

ތިމާވެއްޓަށް ކުރާ އަސަރުތައް ބަޔާންކޮށް ނެރޭ ފުރަތަމަ ރިޕޯޓް އިފްތިތާހުކޮށްފު

8 ފެބުރުއަރީ 2020 | ހޮނިހިރު 03:53

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަރަށް ބޮޑަށް ކުރިއަރާ ތަރައްޤީގެ ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލުކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 8 ފެބުރުއަރީ 2020 | ހޮނިހިރު 03:53
ހުޅުމާލޭގައި އަލަށް ހަދާފައިވާ އިންޖީނުގެ

ހުޅުމާލޭގައި އަލަށް ހަދާފައިވާ އިންޖީނުގެ

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ބަޔާންކުރާ، ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓު އިފްތިތާހުކޮށްފިއެވެ.

މި ރިޕޯޓް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މި ރިޕޯޓަކީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓަށް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމަޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ) ގެ ދަށުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ރިޕޯޓެކެވެ.

Advertisement - newsAdvertisement

މިއީ މިގޮތުން ދިވެހިރާއްޖެއިން ހުށައަޅާ ފުރަތަމަ ރިޕޯޓެވެ. މި ރިޕޯޓުގައި ރާއްޖެއިން ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރާއި އެ މިންވަރު މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވަނީ ވަރަށް ރަނގަޅަށް ބަލާލެވިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ހިންގާފައިވާ ޕްރޮޖެކްޓުތަކާއި، މިކަމަށް ހިނގި ޚަރަދާއި އަދި މިފަދަ މަސައްކަތްތައް ހިންގުމަށްޓަކައި ހުރި ދަތިތަކާއި ގޮންޖެހުންތަކަށްވެސް ވަނީ މި ރިޕޯޓުގައި އަލިއަޅުވާލެވިފައެވެ.

މި ރިޕޯޓު އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ތެލަށް ކުރެވޭ ޚަރަދު ކުޑަކޮށް، ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭސް މަދުކުރުމަށް އެހީތެރިވެދިނުމަށް، ރައްޖޭގައި މިހާތަނަށް 21 މެގަވޮޓުގެ ސޯލާ ވަނީ ހަރުކުރެވިފައިކަމަށާއި އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުން، އިތުރަށް ގްރީންހައުސް ގޭސްގެ މިންވަރު ދައްކުރުމަށް އެހީތެރިވެދޭނެކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ޑީސެލް ނޫން ގޮތެއް ހޯދަންޖެހިފައިވާކަމަށާއި އަމާޒު ހިފައިގެން ކުރިއަށްދަނީ އެ ދިމާލަށްކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަރަށް ބޮޑަށް ކުރިއަރާ ތަރައްޤީގެ ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލުކޮށްފައި ކަމަށާއި ހާލަތުވަނީ މުޅިންހެން ބަދަލުވެފައިކަމަށެވެ. އަދި އެއާއިއެކު މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އަސަރު އަޅުގަނޑުމެން އިޙްސާސްކުރާ މިންވަރުވެސް ވަނީ އިތުރުވެފައިކަމަށާއި އަދި މި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ވަނީ އިންތިހާއަށް އިތުރުކުރަން މަޖުބޫރުވެފައިކަމަށްވެސް ޑރ. ނަސީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ އިސް ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް