Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާއި ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން އެކަށީގެންވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2020 | އަންގާރަ 16:37
ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ޓީމު: ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ޓީމު: ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ހައިކޯޓުގައި ތާވަލް ކޮށްފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ވަކީލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، މިމަހުގެ ހައެއްވާ ބުރާސްފަތި ދުވަހު ހައިކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް އޮންނަކަން އެނގިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމް، އެމަނިކުފާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ، ރައީސް ޔާމީންގެ ފަރާތުން އެމައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށާއި އަދި އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކޮށްދެއްވުމަށް އަމުރެއް ނެރެދިނުމަށެވެ.

އެދުވަހުގެ އަޑުއެހުމުގައި، އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، މައުލޫއީ ގޮތުން އެމައްސަލަ ކުރިއަށް ގެންދާނީ، މިމައްސަލައިގެ ތެރެއިން ރައީސް ޔާމީން އެދިވަޑައިގެންފައިވާ އެ ދެ އަމުރާމެދު ގޮތެއް ނިންމުމަށްފަހުގަ ކަމަށެވެ.

ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމުގައި އިތުރުކަމެއް ސާފުކުރަން ނެތްނަމަ، އެ ދެ އަމުރާ މެދު ގޮތެއް ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގެންފައިވާ ދެ އަމުރު ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ވަކީލު ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓުގެ އެ ޙުކުމް ބާޠިލު ކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން އެ ޙުކުމް ތަންފީޒު ކުރުން ފަސްކުރަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށާއި ކްރިމިނަލް ކޯޓުގެ އެޙުކުމުގައި ގޯސްތަކެއް ހެދިފައިވާނަމަ، ނުވަތަ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިޢުނާފު މައްސަލައިން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލުވާވަރުގެ ގޯސްތަކެއް ފެންމަތިވެފައިވާނަމަ، އިސްތިޢުނާފު މަރުޙަލާ ނިމެންދެން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ޢަމުރެއް ނެރުމުގެ ފުރުޞަތު އޮތްނަމަވެސް، އަދި މިހާތަނަށް އެފަދަ އެއްވެސް ޙާލަތެއް މެދުވެރި ނުވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ރައީސް ޔާމީންގެ މައްސަލާގައި ކްރިމިނަލް ކޯޓުން ގޯސްތަކެއް ހަދާފައިވާކަމަށް ވިދާޅުވެ، އެ ދެ އަމުރު ނެރެދެއްވުމަށް ވަކާލާތު ކުރައްވާފަ އެވެ.

ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވެފައިވަނީ، ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ގާނޫނެއް އަދި އުސޫލެއްވެސް ރާއްޖޭގައި ހެދިފައި ނެތް ކަމަށެވެ. އަދި ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހަކު ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ ރާއްޖޭގައި އަދި ބޭރު ގައުމުތަކުގައި ވެސް ކުރަމުންދާ ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު