Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް

އެމްޑީޕީއަށް ލިބުނު ފަދައިން، ޕީޕީއެމްއަށްވެސް ވޯޓު ފޮށިތައް ލިބޭނެ: އަކްރަމް

3 ފެބުރުއަރީ 2020 | ހޯމަ 16:51

ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓު ފޮށިތައް ބޭނުންކުރުމަށް އެ ޕާޓީއިން ވަނީ އެދިފަ

އަމަން ހަލީމް
އަމަން ހަލީމް | 3 ފެބުރުއަރީ 2020 | ހޯމަ 16:51
އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް

އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވަން އެމްޑީޕީއަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވޯޓު ފޮށިތައް ލިބުނު ފަދައިން، އިދިކޮޅު ޕީޕީއެމްއަށްވެސް ލިބޭނެކަމަށް، އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އީސީގެ ވޯޓު ފޮށިތައް ބޭނުންކުރަން ދިނުމާއި ގުޅިގެން ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަކްރަމް ވިދާޅުވީ އެއީ އޮންނަ އުސޫލުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އޮންނަ ޕީޕީއެމްގެ ޕްރައިމަރީގައި ބޭނުންކުރަން ވޯޓު ފޮށިތައް ދޫކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި އިލެކްޝަންސް ކޮމިޝަންގެ ވޯޓު ފޮށިތައް ބޭނުންކުރުމަށް އެދި، ޕީޕީއެމްއިން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާކަމަށް ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ.

އީސީގެ ވޯޓު ފޮށިތައް ދިން މައްސަލަ ފެންމަތިވީ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހޯމަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ޓްވީޓްގައި އޭނާ ވަނީ އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައިވަނީ އިލެކްޝަން ކޮމިޝަންގެ މުދާ ބޭނުންކޮށްގެން ކަމަށާއި، ޕީޕީއެމްގެ ޕްރައިމަރީގައިވެސް އިލެކްޝަންސް ކޮމިޝަންގެ މުދާ ބޭނުންކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ސުޖާއު ވަނީ އީސީގެ ނައިބު ރައީސް އަކްރަމްއަކީ އެމްޑީޕީގެ ފަރާތުން އީސީގައި ހުންނަ އޭޖެންޓެއް ކަމަށް ތުހުމަތުކުރައްވާފައެވެ. މި ތުހުމަތުތަކަށް ރައްދުދެއްވައި އަކްރަމް ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ނުދައްކަވާ އިންތިހާބަށް ކެމްޕެއިން ކުރުން މާރަނގަޅު ވާނެކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މީގެ ކުރިން ބޭއްވި އެތެރޭގެ އިންތިހާބެއްގައި އިލެކްޝަންސް ކޮމިޝަންގެ ވޯޓު ފޮށިތައް ބޭނުންކޮށްފައިވެއެވެ. މިއީ އާންމު އުސޫލުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭ ވަސީލަތްތަކެކެވެ.

މިހާރު އީސީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އަކްރަމް އެ ކޮމިޝަނުގައި ހުންނެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ، 18 މަރޗް 2015 ގައި، ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެ ދުވަހުގެ ވޯޓުގައި ބައިވެރިވި 53 މެމްބަރުންގެ އިއްތިފާގުން އަކްރަމްއަށް ރުހުންދީފައިވާއިރު، އޭގެ ތެރޭގައި އޭރު ބާރަށު ދާއިރާގެ މެމްބަރަކަށް ހުންނެވި ޝުޖާއު ހިމެނިވަޑައިގަންނަވައެވެ. އެމްޑީޕީން ވަނީ އެ ދުވަހުގެ ވޯޓު ބޮއިކޮޓްކޮށްފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް