Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް

އޮސްޓްރޭލިއަން އޯޕަން: ޖޮކޮވިޗް އަށްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި

2 ފެބުރުއަރީ 2020 | އާދީއްތަ 14:09

ޖޮކޮވިޗް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ތިއެމް އަތުން 3-2 ސެޓުން މޮޅުވެގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ފެބުރުއަރީ 2020 | އާދީއްތަ 14:09
ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގެ ތަށި އުފުލާލަނީ

ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގެ ތަށި އުފުލާލަނީ

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އަށްވަނަ ފަހަރަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފި އެވެ.

ޖޮކޮވިޗް އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. މިއަހަރުގެ މުބާރާތާއެކު ޖޮކޮވިޗް މިހާތަނަށް ވަނީ މި މުބާރާތް 8 ފަހަރު ހޯދާފައެވެ. އަދި މިއީ ޖޮކޮވިޗްގެ ކެރިއަރުގައި ކާމިޔާބުކުރި 17 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޖޮކިޗް ވަނީ އަލުން ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހޯދާފައެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދީ އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ދުނިޔޭގެ ފަސްވަނައަށް ރޭންކް ކޮށްފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އަތުން މޮޅުވެގެންނެވެ.

3 ގަޑިއިރާ 59 މިނެޓަށް ދިގު ދެމިގެންދިޔަ ފޯރިގަދަ ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ޖޮކޮވިޗް ކާމިޔާބުކުރި ނަމަވެސް، ތިއެމް ވަނީ އަނެއް ދެ ސެޓު 6-4 އަދި 6-2 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ޖޮކޮވިޗް ވަނީ ކުޅުން ރަނގަޅުކޮށް ފަހު ދެ ސެޓު 6-3 އަދި 6-4 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މެޗަށްފަހު ޖޮކޮވިޗް ބުނީ މި މުބާރާތް ކުޅޭ ޓެނިސް ކޯޓަކީ އޭނާއަށް އެންމެ ކާމިޔާބު ކޯޓު ކަމަށާއި، އަލުން އޮސްޓްރޭލިއަން އޯޕަންގެ ތަށި އުފުލާލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދިއިރު، އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމެރިކާގެ ސޮފިއާ ކެނިން އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

14 މެއި 2017

ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި

14 މެއި 2017
ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
01 އެޕްރީލު 2017

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް