Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެދުއިރުމަތި

ޓްރަމްޕްގެ މެދުއިރުމަތީ ޕްލޭން ގަބޫލުނުކުރާ ކަމަށް އަރަބި ލީގުން ބުނެފި

އަރަބި ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރޭލާއި އެމެރިކާ ގުޅިގެން އެކުލަވާލާފައިވާ މި ޕްލޭން ގަބޫލުނުކުރާ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ފެބުރުއަރީ 2020 | އާދީއްތަ 14:35
އަރަބި ލީގުގެ ގައުމުތަކުން ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމަށް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވާފައި

އަރަބި ލީގުގެ ގައުމުތަކުން ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމަށް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވާފައި

މެދުއިރުމައްޗައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަށަ އަޅުއްވާފައިވާ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާ ކަމަށް އަރަބި ލީގުން ކަނޑައަޅައިފި އެވެ.

އަރަބި ލީގުން މިގޮތަށް ނިންމީ ޓްރަމްޕްގެ ހުށަހެޅުއްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިސްރުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ. އެބައްދަލުވުމަށްފަހު އަރަބި ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރޭލާއި އެމެރިކާ ގުޅިގެން އެކުލަވާލާފައިވާ މި ޕްލޭން ގަބޫލުނުކުރާ ކަމަށާއި މި ޕްލޭނުން ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށްނުދޭ ކަމަށެވެ. މީގެއިތުރުންވެސް އަރަބި ލީގުގެ ޤައުމުތަކުން ވަނީ މި ޕްލޭންގައި ހުރި ކަންކަން ތަންފީޒުކުރުމުގައި އެމެރިކާއަށް އެއްބާރުލުން ނުދިނުމަށްވެސް އެއްބަސްވެފަ އެވެ.

އަރަބި ލީގުގެ ގައުމުތަކުން ބޭނުންވަނީ ފަލަސްތީނާއި އިސްރޭލުގު ވަކި ދައުލަތެއް ގާއިމުކުރާއިރު 1967 ވަނަ އަހަރުގައި ހިނގި ހަނގުރާމައިގައި އިސްރޭލުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކު ސަރަހައްދާއި އުތުރު ޖޭރުއްސަލަމް ސަރަހައްދަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި ޖޭރުއްސަލަމް އަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށްވެސް އަރަބި ލީގުގެ ގައުމުތަކުން ބޭނުންވެއެވެ.

ރައީސް ޓްރަމްޕްގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައި ވަނީ އިސްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމަކީ އިސްރޭލުގެ ތަނެއްގެ ގޮތުގައި ބަލައިގަންނާނެއެވެ. އަދި ފަލަސްތީނުގެ ވެރި ރަަށެއްގެ ގޮތުގައި އިރުމަތީ ގުދުސް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ. ޓްރަމްޕްގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައިވާގޮތުން، މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމުގައިވާ މަސްޖިދުލް އަގްސާ ހިމެނެނީ އިޒްރޭލުގެ އިމުގެ ތެރޭގައެވެ.

181 ޕޭޖުގެ މައްޗަށް އެކުލެވޭ މި ޕްލޭން ޓްރަމްޕް ހާމަކުރައްވާފައިވަނީ މިދިޔަ ހަފްތާގައި ވައިޓް ހައުސްގަ އެވެ. "ޑީލް އޮފް ދަ ސެންޗުއަރީ" ޓްރަމްޕް ހާމަކުރައްވާފައިވަނީ އިސްރޭލާއެކު މަޝްވަރާކުރުމަށްފަހު އެވެ. ނަމަވެސް މި ޕްލޭން އެކުލަވާލުމުގައި ފަލަސްތީނާއެކު އެމެރިކާއިން އެއްވެސް ވަރަކަށް މަޝްވަރާކޮށްފަ އެއް ނުވެއެވެ. މި ޕްލޭނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޓްރަމްޕް ވަނީ ފޯނުން ގުޅުއްވާ މި ޕްލޭނާއި ގުޅޭގޮތުން އައްބާސް އާއި މަޝްވަރާކުރައްވާފައި ކަމަށާއި ނަމަވެސް މިޕްލޭނާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާކަމަށް ޓްރަމްޕަށް ދަންނަވާފައިވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި އެމެރިކާ އާއި އިސްރޭލާއެކު އޮތް ހުރިހާ ގުޅުމެއް ފަލަސްތީނުން ކަނޑާލާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އަރަބި ލީގުން މިކުއްލި ބައްދަލުވުން ބާއްވާފައިވަމިވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ އެދިވަޑައިގަތުމަށެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

04 އެޕްރީލު 2017
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް
30 މާރިޗު 2017

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު