Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޮވެލް ކޮރޯނާވައިރަސް

އަލާމަތްތައް ނުފެންނަނަމަ، ޗައިނާއިން އަންނަ ދިވެހިން އައިސޮލޭޓް ކުރުމުގެ ވިސްނުމެއްނެތް!

1 ފެބުރުއަރީ 2020 | ހޮނިހިރު 13:33

އައިސޮލޭޓް ކުރަން ނިންމި ފަހުން ޗައިނާއިން ރާއްޖެއައީ މަދު ދިވެއްސެއް: ޑރ. އަފްޒަލް

އަމަން ހަލީމް
އަމަން ހަލީމް | 1 ފެބުރުއަރީ 2020 | ހޮނިހިރު 13:33
ރައީސް އޮފީހުގައި އެޗްޕީއޭއިން ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިން

ރައީސް އޮފީހުގައި އެޗްޕީއޭއިން ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިން

އެއްވެސް އަލާމާތެއް ނުފެންނަނަމަ، ޗައިނާއިން ރާއްޖެއަށް އަންނަ ހުރިހާ ދިވެހިން އައިސޮލޭޓް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން މައުލޫމާތު ދިނުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޗައިނާއިން އަންނަ ދިވެހިން އައިސޮލޭޓް ކުރަން ނިންމި ފަހުން އައީ ވަރަށް މަދު ބަޔަކު ކަމަށެވެ.

Advertisement - newsAdvertisement

އެފަރާތްތަކުގެ ތެރޭގައިވެސް ގިނައީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށާއި، އެމީހުން އައިސޮލޭޓްކުރުމަށް ވުރެ ބޮޑަށް ބާރުއަޅަނީ ހޯމް އައިސޮލޭޝަންއަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަަންނަ އެންމެން އައިސޮލޭޓް ކުރުމުގެ ވިސްނުމުގެ ބަދަލުގައި، އައިސޮލޭޓް ކުރަން ނިންމަނީ އެ މީހަކާ އިތުރު މައުލޫމާތު ހޯދުމަށް ފަހުގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭގެތެރޭގައި، އެ މީހަކު ޗައިނާއިން ދިޔަ ތަންތަނާއި، އެ މީހަކު ވަކިކަހަލަ ތަނަކަށް ދިޔަކަމުގެ މައުލޫމާތުތައް އޮޅުންފިލުވައެވެ. ނަމަވެސް، އަންނަ އެންމެންވެސް ސްކްރީންކުރާނެ ކަމަށާއި، ސްކްރީން ކުރުމުގައި ދިވެހިންނަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން އެ މަަސައްކަތް ކުރަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އައިސޮލޭޓް ކުރުމާއިމެދު ގޮތެއް ނިންމަނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕެއްގެ މަޝްވަރާއަށް ފަހުގައެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް އެކަކުވެސް ފެނިފައިނުވާއިރު، އެބައްޔަށް ޝައްކުކުރެވޭ އެކަކު މިހާރު ހުރީ އައިސޮލޭޝަންގައެވެ. އަދި ބަލީގެ އަލާމާތެއް ފެނޭތޯ އިތުރު ދެ މީހަކު މޮނީޓަރ ދަނީ މޮނީޓަރ ކުރަމުންނެވެ.

ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސްއަށް މިހާތަނަށް މުޅި ދުނިޔެއިން 12000 މީހަކު ޕޮޒިޓިވްވެ، 259 މީހަކު ވަނީ މަރުވެފައެވެ. މަރުވި ހުރިހާ އެންމެންނަކީވެސް، މި ބަލި ފުރަތަމަ ފެނުނު ޗައިނާގެ ރައްޔިތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް