Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ. އަތޮޅު ކައުންސިލް

ގދ. އަތޮޅު ކައުންސިލަރުން ސަލާމާއި އާޢިލީ ޒިންމާގެ ޗުއްޓީގެ ފޯމު ހުށައަޅާފައިނުވާ ދުވަސްތަކަށް 31,200ރ ދީފައިވޭ!

ދޭންޖެހޭ ވަރަށްވުރެ އިތުރަށް ފައިސާދެވިއްޖެނަމަ، އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް ޖަމާކުރަންޖެހޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2020 | ބުދަ 06:11
ގދ. އަތޮޅު ކައުންސިލް

ގދ. އަތޮޅު ކައުންސިލް

ގދ. އަތޮޅު ކައުންސިލަރުން "ސަލާމުގެ އާޢިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށައަޅާފައިނުވާ ދުވަސްތަކަށް މުސާރައާއި، އެލަވަންސް އުނިކޮށްފައި ނުވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

ހުވަދު އަތޮޅު ދެކުނު ބުރި އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަރ ޖެނެރަލް ނެރުނު ރިޕޯޓުން ހާމަވެފައިވާގޮތުގައި ކައުންސިލަރުން ނަންގަވާފައިވާ ބައެއް ސަލާމްތަކަށް ފޯމް ހުށައަޅުއްވާފައި ނުވި ނަމަވެސް، މުސާރައާއި އިނާޔަތް އުނިކޮށްފައެއް ނުވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ކައުންސިލަރުން ސަލާމުގެ ޗުއްޓީ ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީގެ ފޯމު ހުށަހަޅާފައި ނުވާ ދުވަސްތަކަށް 31,200 (ތިރީސް އެއް ހާސް ދުއިސައްތަ) ރުފިޔާ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ.

Advertisement - newsAdvertisement

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އުޞޫލުގައި ވާގޮތުން ކައުންސިލަރަކު މެޑިކަލް ލިޔުން ހުށަހަޅަން ނުޖެހޭ ގޮތަށް ސަލާމުގެ ޗުއްޓީގައި ނުވަތަ އާޢިލީ ޒިންމާގެ ޗުއްޓީގައި ހުރުމަށްފަހު، މަސައްކަތަށް ނިކުމެ އެ ކައުންސިލަރު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް "ސަލާމުގެ ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހަޅަންވާނެކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރަ ހިސާބުކުރާ ދުވަހާއި ހަމައަށް ސަލާމުގެ ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު ހުށަހަޅާފައިނުވާނަމަ އެދުވަހަކީ ޣައިރު ޙާޟިރީއެއް ކަމަށް ބަލައި، މުސާރަ ހިސާބުކުރުމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މިކަންތައްތައް އިޞްލާޙު ކުރުމުގެ ގޮތުން އޮޑިޓަރ ޖެނެރަލް ލަފާ ދީފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 7.14 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތަށް މުސާރައާއި، އެކިއެކި އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، މިނޫންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ދިނުމުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް ފައިސާދެވިއްޖެނަމަ، އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް ޖަމާކުރުމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކައުންސިލަރުންގެ ޗުއްޓީ އާ ގުޅޭ އުޞޫލުގައި ވާގޮތަށް ކައުންސިލަރަކު މެޑިކަލް ލިޔުން ހުށަހަޅަންނުޖެހޭ ގޮތަށް ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހު، މަސައްކަތަށް ނިކުމެ ކައުންސިލަރު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް، "ސަލާމުގެ އާޢިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު" ހުށަހެޅުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅު ވެހި ފަޅާލައިފި

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު