Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ. ތިނަދޫ ކައުންސިލް

ގދ. ތިނަދޫ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ އަދަދުތަކުގައި ބޮޑެތި މައްސަލަތަކެއް!

ކުލީ ބިންތަކުން ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިވާ އަދަދު މަދުކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2020 | އަންގާރަ 17:32
ގދ. ތިނަދޫ ކައުންސިލް

ގދ. ތިނަދޫ ކައުންސިލް

ގދ. ތިނަދޫ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާނުގައި ހިމަނާފައިވާ އަދަދު މަދު ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ 2018 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަރ ޖެނެރަލް ނެރުނު ރިޕޯޓުން ހާމަވެފައިވާގޮތުގައި ތިނަދޫ ކައުންސިލު އިދާރާއިން 2018 ވަނަ އަހަރުގެ ކައުންސިލްގެ އިދާރާގެ މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާނުގައި 31 ޑިސެންބަރު 2018ގެ ނިޔަލަށް ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިވާ އަދަދު މަދުކަން ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ލިބެންޖެހޭ ފައިސާގެ ގޮތުގައި ދެ މިލިއަން ތިން ލައްކަ ތިރީސް ހަ ހާސް އެއް ސަތޭކަ ތިރީސް ފަސް ރުފިޔާ ހިމަނާފައިވާއިރު މި އަދަދުގައި ލިބެންޖެހޭ ކުނި ފީގެ ފައިސާ ހިމަނާފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

Advertisement - newsAdvertisement

ކުލީ ބިންތަކުން ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިވާ އަދަދު މަދުކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައިވާގޮތުން ކުނި ފީއިން 31 ޑިސެމްބަރ 2018ގެ ނިޔަލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހުރި ކަމަށް މާލީ ބަޔާނުގައި ހިމަނާފައި ނުވި ނަމަވެސް، އޮޑިޓްގައި ބެލިބެލުމުގައި ބިލް ކުރެވިފައިވާ ފަރާތްތަކުންނާއި ގޭބިސީތަކުން ނުލިބި ހުރި ކުނިފީވެސް 31 ޑިސެންބަރ 2018 ގެ ނިޔަލަށް ހުރިކަމަށެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތައްކަށް ބަލާލާއިރު، ކުނި ފީގެ ގޮތުގައި ނުލިބި ހުރި 5,850 (ފަސްހާސް އަށް ސަތޭކަ ފަންސާސް) ރުފިޔާ ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިނުވެއެވެ. އަދި އޮޑިޓްގައި ސާމްޕަލްގެ ގޮތުގައި ނެގުނު 6 (ހައެއް) ކުލީ ބިމަކުން ލިބެންޖެހޭ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި 1,688,124 (އެއް މިލިއަން ހަ ލައްކަ އަށްޑިހަ އަށް ހާސް އެއް ސަތޭކަ ސައުވީސް) ރުފިޔާ ހިމަނާފައިވީ ނަމަވެސް، އޮޑިޓްގައި ބެލިބެލުމުގައި މި ހަ ބިމުން ކުއްޔާއި ޖޫރިމަނާ އާއެކު ޖުމުލަ 3,141,998 (ތިން މިލިއަން އެއް ލައްކަ ސާޅީސް އެއް ހާސް ނުވަސަތޭކަ ނުވަ ދިހަ އަށެއް) ރުފިޔާ 31 ޑިސެންބަރ 2018 ގެ ނިޔަލަށް ލިބެންޖެހޭ ކަމަށް ދައްކާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން، ކުނި ފީ އާއި ކުލީ ބިންތަކުން ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ 1,459,724 (އެއް މިލިއަން ހަތަރު ލައްކަ ފަންސާސް ނުވަ ހާސް ހަތްސަތޭކަ ސައުވީސް) ރުފިޔާ މާލީ ބަޔާނުގައި ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައި ނުވުމުން ލިބެންޖެހޭ ފައިސާގެ އަދަދު ސައްޙަނޫންކަން ވެސް ފާހަގަކޮށްފައިވެއެވެ.

މިކަންތައްތައް އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފައިވަނީ މާލީ އަހަރުގެ ނިޔަލަށް އީދާރާއަށް ލިބެންޖެހޭ ފައިސާގެ ސައްޚަ މައުލޫމާތު ހިމަނައިގެން މާލީ ބަޔާން ތައްޔާރުކުރުމަށެވެ. އެ އޮފީހެއްގެ އަހަރީ މާލީ ބަޔާންތައްޔާރުކޮށް ހުށައަޅާއިރު ލިބެންޖެހޭ އާމްދަނީއާއި އެނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފުޞީލު މާލީ ބަޔާނުގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު