Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްމާރުކެޓް ސަރަހައްދުގެ ދޯނިތައް ނެގުން

މަސްމާރުކޭޓް ސަރަހައްދުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި ދޯނިތައް ނަގަންފަށައިފި

20 ޖެނުއަރީ 2020 | ހޯމަ 06:35

ގަވާއިދާ ހިލާފު 27 ދޯނި އެބައޮތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ޖެނުއަރީ 2020 | ހޯމަ 06:35
މަސްމާރުކޭޓް ސަރަހައްދު: އެއްގޮަތަކަށް ބޭނުންނުުކުރާ ދޯނި، ޑިންޑީ ފަހަރު އަޅާފައި އޮވޭ-

މަސްމާރުކޭޓް ސަރަހައްދު: އެއްގޮަތަކަށް ބޭނުންނުުކުރާ ދޯނި، ޑިންޑީ ފަހަރު އަޅާފައި އޮވޭ-

މާލޭގެ މަސްމާރުކޭޓު ޞަރަޙައްދު ބަނދަރުގައި ޤަވާއިދާ ޚިލާފަށް އަޅާފައިވާ ދޯނިފަހަރުތައް ނަގަން ފަށައިފި އެވެ.

މަސްމާރުކޭޓް ޞަރަޙައްދުގައި ހުންނަވާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ، އެ ޞަރަޙައްދުގައި ޤަވާއިދާ ޚިލާފަށް އަޅާފައިވާ 27 ދޯނީގެ ތެރެއިން ހޯމަ ދުވަހުގެ ހެނދުނު ހަތަރު ދޯނި އެޞަރަޙައްދުން ނަގާފައިވާ ކަމަށެވެ. އަދި އެ އުޅަނދުތައް އެތަނުން ނެގުމަށްފަހު ގެންދާނީ ތިލަފުއްޓަށް ކަމަށެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެތަކެއްޗާ ޙަވާލުވުމަށް ވަކި މުއްދަތެއް ދޭން ނިންމާފައެވެ. އަދި އެ މުއްދަތުގައި އެތަކެއްޗާ ޙަވާލު ނުވެއްޖެނަމަ، ވަކި އުޞޫލެއްގެ ދަށުން އެތަކެއްޗާ މެދު ޢަމަލު ކުރެވޭނެ ކަމަށެވެ.

މޭޔަރ ޝިފާ ވިދާޅުވީ މަސްމާރުކޭޓް ޞަރަޙައްދުގައި އަޅާފައި ހުންނަ ބައެއް ދޯނިތަކަކީ، އަބަދު އެތަނުގައި އަޅާފައި އޮންނަ ދޯނިތަކަށް ކަމަށްވާތީ، މަސް ބާނައިގެން އަންނަ ދޯނިތަކަށް މަސްމާރުކޭޓަށް މަސް ބޭލުމުގައި އަބަދުވެސް ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ. އަދި މިއީ ވަރަށް ދުވަސްވީ މައްސަލައެއް ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތްތަކުން މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

އެގޮތުން، ފުލުހުންނާއި މެރިން ފުލުހުންނާއައި އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން، މަސްމާރުކޭޓް ޞަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ގެންގުޅޭ ދޯނި ފަހަރުތައް ނަގައި، އަދި މަހަށް ނުފުރާ ދޯނިތައް އެތަނުން ނަގާ ނިމުމާއެކު، އެ ޞަރަޙައްދު ތަރުތީބު ކުރެވި، ފަސޭހައިން މަސްމާރުކޭޓަށް މަސް ވެއްދޭނެ ނިޒާމެއް ޤާއިމު ކުރެވޭނެ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، މަސްމާރު ކޭޓު ޞަރަޙައްދަކީ މާލޭގައި އެންމެ ގޮނޑުކޮށް އޮންނަ ޞަރަޙައްދަށްވާއިރު، އެކަމަށްވެސް ޙައްލެއް ގެންނަވާނެ ކަމަށާއި، ރައްޔިތުން ބޭނުންކުރާ މަހާއި، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސްމާރުކޭޓް ޞަރަޙައްދާއި ލޯކަލް މާރުކޭޓް ޞަރަޙައްދު ތަރައްޤީ ކުރަން ވިސްނަވާ، އެކަމަށްވެސް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ.

މީގެއިތުރުން ޝިފާ ވިދާޅުވީ ލޯކަލް މާރުކެޓް ހުރި ޞަރަޙައްދަކީ ޓްރެފިކް ވަރަށް ބާރު ބޮޑު ޞަރަޙައްދަކަށްވާތީ، ޢާއިލާއާއެެކު މާރުކޭޓުން ވިޔަފާރިކޮށްލަން ބޭނުންވާ ފަރާތްކައް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތަށް މާލޭގެ އެހެން ޞަރަޙައްދުތަކަށް ލޯކަލް މާރުކޭޓްގެ އިތުރު ތަންތަން ހުޅުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް