Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަނޑުހުޅުދޫ ކައުންސިލް

މެޖިސްޓްރޭޓުވެސް، މުނި ކާފަވެސް އެއް އާއިލާއެއް! މައްސަލަތައް އޮއްބާލީ މަސްލަހަތު އޮންނާތީތަ؟

ކައުންސިލްގެ ސަމާލުކަމަށް އެ މައްސަލަތައް އައި ނަމަވެސް ރަސްމީ ހައިސިއްޔަތުން ހުށަނާޅާތީ ނުބެލީ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2020 | އާދީއްތަ 13:24
ކަނޑުހުޅުދޫއިން ފުލުހުން ހައްޔަރުކުރި ދެމީހުން ގެންދަނީ

ކަނޑުހުޅުދޫއިން ފުލުހުން ހައްޔަރުކުރި ދެމީހުން ގެންދަނީ

މި ފަހުން އައިސް މުޅި ރާއްޖެ ސިއްސުވާލި ޚަބަރަކަށް ވެގެން ދިޔައީ ދެ އަހަރުވެސް ގއ. ކަނޑުހުޅުދޫއިން ދެ އަހަރު ނުފުރޭ ކުޑަ ކުޑަ އަންހެން ކުއްޖެއް، އެ ކުއްޖާގެ އާއިލާ ބައެއް ވެގެން ރޭޕު ކުރި ޚަބަރެވެ. އެ މައްސަލަތައް ތިލަވުމާއެކު ދެން އެނގިގެންދިޔައީ އެ މައްސަލައިގައި ހިމެނޭ މީހުންނަކީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މީހުންކަމެވެ.

ދެން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ އެ ފަދަ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މި މީހުން އެ ރަށުގައި ހިންގަމުންދިޔަ ކަން ހަމަ އެރަށުގެ އެއްވެސް ރައްޔިތަކަށް ނޭނގުނީތޯއެވެ؟ އެތައް ކުދިންނަކަށް އެމީހުންގެ އުނދަގޫ ފޯރާ، ޖިންސީ ފުރައްސާރަ ކުރަމުން ދިޔައިރު ހަމަ އެއްވެސް ބަޔަކަށް ރޭކާވެސް ނުލީތޯއެވެ؟ ރަށުގައި އޭނާ އަށް ތުހުމަތުކޮށް އެވާހަކަތައް ދެކެވޭ އިރު ކައުންސިލްގެ ސަމާލުކަމަށް އެ މައްސަލަ އައިސްފައިވޭތޯއެވެ؟ ރަށުތެރޭގައި އެވާހަކަތައް ދެކެވޭ ނަމަ ކައުންސިލުން އަމިއްލަ އަށް އިސްނަގައިގެންވެސް ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ނުކުރެވެނީތޯއެވެ؟

މި މައްސަލައާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ކަމާއިގުޅުންހުރި މުއައްސަސާތައް ރައްްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކޮށް، އެ ކައުންސިލާއި ވެސް މިކަމާއި ގުޅިގެން ސުވާލު ކުރެވުނެވެ. އެގޮތުން ފޯނު މެދުވެރިކޮށް ކުރެވުނު މި ސުވާލަށް އެ ކައުންސިލްގެ ރައީސް ދިން ޖަވާބުން އަޅުގަނޑު ހަމަ ހައިރާންވިއެވެ.

"ރަށު ތެރޭގައި އެހެން ދެކެވޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަށް އެހެން ރަސްމީ ހައިސިއްޔަތަކުން ހުށަހެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." މިއީ އެރަށުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހެއްގެ ޖަވާބެވެ.

މި މައްސަލާގައި ޝާމިލުވާ އާއިލާއާއި ގުޅިގެން އަޅުގަނޑު އެރަށުގެ ރައްޔިތުން ކައިރީ އަހާލީމެވެ. އެރަށު ރައްޔިތުން ބުނީ ކަނޑުހުޅުދޫއަކީ ވަރަށް ގިނައިން އެފަދަ މައްސަލަތައް ފެންމަތިވާ ރަށެކެވެ. އަދި ގިނަ ފަހަރު އެ މައްސަލަތަކުގައި ހިމެނެނީ އެއްއާއިލާއެއްގެ މީހުން ކަމަށެވެ. އެ ރަށުގެ ރައްޔިތަކު ބުނިގޮތުގައި ކަނޑުހުޅުދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ބައްޕައަކީ މިހާރު ޖިންސީ ގޯނާގެ މައްސަލައެއްގައި ސަސްޕެންޑްކޮށްފައި ހުރި އިސް މެޖިސްޓްރޭޓެވެ. ދެ އަހަރު ނުފުރޭ ކުއްޖާ ރޭޕު ކުރި، އެ ކުއްޖާގެ މުނިކާފައަކީ އިސް މެޖިސްޓްރޭޓުގެ ބޮޑުބޭބެއެވެ. އަދި އެކުއްޖާގެ ކާފައަކީ މެޖިސްޓްރޭޓުގެ ދެބެއިންގެ ދެދަރި މީހެކެވެ.

ދެން އުފެދޭ ސުވާލަކީ، މި މައްސަލަތައް ނުބެލި ކައުންސިލުންވެސް، އަޅާނުލާ ތިބީ މަސްލަހަތު އޮވެގެންބާއެވެ. އެނގިހުރެ، "ރަސްމީ ހައިސިއްޔަތަކުން މައްސަލަ ހުށަނާޅާ ކަމަށް ބުނެ އަޅާނުލާތިބީ ގަސްތުގައިތޯއެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް އެ ކައުންސިލްގެ މެމްބަރުންނާއި ވެސް ފޯނުން ގުޅޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް "ހަމަ ރަށުތެރޭގައި އެކަހަލަ ވާހަކަ ކައުންސިލާއި ހަމަޔަށް ނާންނަނީތޯ؟" މި ސުވާލު ކުރުމުން ފޯނުވެސް ކަނޑާލަނީއެވެ.

އެއް އާއިލާއަކަށް ނިސްބަތްވާ މި މީހުން، އެރަށުގެ ކުޑަކުދިންނާއި ޖިންސީ ފުރައްސާރަ ކުރުމަށް މަސައްކަތްކުރާ ކަމުގެ ވާހަކަ އަޑުއިވުނު އަދަދުވެސް ނޭނގޭކަމަށް ރަށުގެ ބައެއް ރައްޔިތުން ބުނެއެވެ. މާލޭގައި ދިރިއުޅޭ އެ ރަށަށް ނިސްބަތްވާ ރައްޔިތުންނަށް ވެސް މި ވާހަކަތައް އަޑުއިވިފައިވާއިރު ކައުންސިލާއި ހަމަޔަށް މި ވާހަކަތައް ނުފޯރާ ހުންނާނެ ކަމަކަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ.

ރަސްމީ ހައިސިއްޔަތަކުން މި މަައްސަލަ ހުށަނޭޅި ނަމަވެސް އަމިއްލައަށް އިސްނަގައިގެން އޭގެ ތެދު ހަގީގަތް ނުބެލެންވީ ކީއްވެގެންތޯއެވެ. މި މައްސަލައިގައި ޝާމިލުވާ އެ ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނާއި ބެހުމުގެ ކުށުގެ ރެކޯޑެއް އޮންނަ މީހެކެވެ. މިފަދަ ކުށުގެ ރެކޯޑެއް އޮތް މީހަކަށް އަނެއްކާވެސް ކުޑަކުއްޖަކާ ބެހޭ ކަމުގެ ވާހަކައެއް އިވޭނަމަ އެންމެ ކުޑަމިނުން ވެގެން އުޅޭ ގޮތެއް ސާފުކޮށް ނުލެވެނީތޯއެވެ؟

ރަށުގެ ރައްޔިތަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މުނިކާފަ އެ ރަށުގެ އެހެން ކުއްޖަކާއި ބެހެން މަސައްކަތް ކުރި ކަމުގެ ވާހަކައެއްވެސް ރަށުގައި އުޅުނު ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ އާއިލާއާއި އެ ކާފައާއި އޮންނަ ގުޅުމެއްގެ ސަބަބުން ކަމާބެހޭ ފަރާތްތަކާއި ހިސާބަށް ނުގޮސް، އާއިލާ ތެެރެއިން އެ މައްސަލަ އޮއްބާލީކަމަށެވެ.

އާއްމު ރައްޔިތުންނާއި ހިސާބަށް މި ފަދަ ވާހަކަތައް އައިސްފައިވާއިރު، ކައުންސިލަށް ވެސް އެވާހަކަތައް އަޑު ނީވި ހުންނާނެ ކަމާއި މެދު ސުވާލުއުފެދެއެވެ. ރަށުގައި އުޅޭ ކުޑަކުދިންނަށް ނުރައްކަލެއް ކަމަށް ތައްގަނޑު ޖެހިފައި ތިބި މީ މީހުންނާއި ދިމާލަށް ތުހުމަތުގެ އިނގިއްޔެއް ދިއްކުރުމުން އެކަމުގެ ހަގީގަތް ބަލަން ޖެހޭނީ ކަމާބެހޭ އިދާރާތަކަށް ރަށުގެ ކަންކަން ބެލުމުުގެ ޒިންމާ އެޅިފައިވާ، އެ ރަށުގެ ކައުންސިލުންނެއް ނޫންތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށަހެޅޭވަރު މަދު، އެއީ ހާލަތު ގޯސްވުން ކަމަށް ވެދާނެ

ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހުށަހެޅޭވަރު މަދު، އެއީ ހާލަތު ގޯސްވުން ކަމަށް ވެދާނެ

18 މެއި 2020
ހިޔާނާތުގެ މައްސަލަތަކާއެކު ހައްލު ކުރަން އޮތް މައްސަލަތައް ފުނިޖެހިފައި

ހިޔާނާތުގެ މައްސަލަތަކާއެކު ހައްލު ކުރަން އޮތް މައްސަލަތައް ފުނިޖެހިފައި

20 ޖުލައި 2019
މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއިއެކު ކަނޑު އިބިލީސް ޕްރިމިއަރ ކޮށްފި

މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއިއެކު ކަނޑު އިބިލީސް ޕްރިމިއަރ ކޮށްފި

03 ފެބުރުއަރީ 2019
ޖަލު އޮޑިޓް: މައްސަލަތައް ފާހަގަ ވާނެ، ހައްލު ގެންނަން ފަސް ޖެހިގެން ނުވާނެ!

ޖަލު އޮޑިޓް: މައްސަލަތައް ފާހަގަ ވާނެ، ހައްލު ގެންނަން ފަސް ޖެހިގެން ނުވާނެ!

04 ޖެނުއަރީ 2019
ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

31 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު