Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިވެހި ފިލްމް އިންޑަސްޓްރީ

މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއިއެކު ކަނޑު އިބިލީސް ޕްރިމިއަރ ކޮށްފި

"ކަނޑު އިބިލީސް" އަކީ ރާއްޖޭގައި ކުޑަކުދިންގެ ފިލްމެއް އެހާ ކުލަގަދަކޮށް ޕްރިމިއާކުރި ހަމައެކަނި ފިލްމް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 3 ފެބުރުއަރީ 2019 | އާދީއްތަ 06:21
ކަނޑު އިބިލީސް ޕޯސްޓަރު

ކަނޑު އިބިލީސް ޕޯސްޓަރު

މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ފިލްމް "ކަނޑު އިބިލީސް" ހުކުރު ދުވަހު ވަނީ ޕްރިމިއަރ ކޮށްފައެވެ.

މިލްމު ޕްރިމިއާކޮށް ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ

"ކަނޑު އިބިލީސް" އަކީ ކުޑަކުދިންގެ ފިލްމެއް އެހާ ކުލަގަދަކޮށް ރާއްޖޭގައި ޕްރިމިއާކުރި ހަމައެކަނި ފިލްމެވެ.

މި ފިލްމް ޕްރިމިއަރގައި ބިދަބިން ބޮޑުބެރު ގްރޫޕްގެ ހާއްސަ ލަވައަކާއި ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ރީތި ހުށައެޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން އާއިލާ އާއެކު ފިލްމު ބެލުމަށް އޮލިމްޕަހަށް ވަދެފައިވާއިރު ފިލްމް ބަލަން ދިޔަ ތުއްތު ކުދިން ބުނެފައިވަނީ އެކުދިންނަށް މި ފިލްމް ވަރަށް ކަމުދިޔަ ކަމަށެވެ.

އަހުމަދު ޒިޔާދު (ޒިޔާ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޕްރޮޑިއުސް ކޮށް އަދި ލީޑް ރޯލް ކުޅެފައިވާ މި ފިލްމްގައި 100 އަށް ވުރެ ގިނަ ތުއްތު ކުދިން ފެނިގެންދެއެވެ. އަދި މިއީ ރެކޯޑް އަދަދެއް ކަމަށް ޒިޔާ ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ޒިޔާ ބުނީ މި ފިލްމްގެ އިތުރު ޝޯތަކެއް އަންނަ މާރޗް މަހު އޮލިމްފަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން މާރޗް މަހުގެ ކުރިން ހުޅުމާލޭ ޝްވެކް ސިނަމާގައިވެސް މި ފިލްމް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮޕީ އިއްސެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގެ ވާހަކަ ލިޔެފައިވަނީ އޭނާގެ ބައްޕަ ކޮޕީ މުހައްމަދު ރަޝީދުއެވެ.

މި ފިލްމް ފުރަތަމަ ޕްރިމިއަރ ކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. "ކަނޑު އިބިލީސް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ވެސް ހަމަ ކުޅުދުއްފުށީގައެވެ.

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2019

އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން: ރާއްޖޭގެ އިޤްތިޞާދާއި ގުޅިލާމެހިފައި!

30 އޮކްޓޯބަރު 2019
އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން: ރާއްޖޭގެ އިޤްތިޞާދާއި ގުޅިލާމެހިފައި!
13 އޮކްޓޯބަރު 2019

އިދިކޮޅަށް ގޮތް ހުސްވެ، ހާކަނޑުގައި ލަބަރި ތަޅަނީ

13 އޮކްޓޯބަރު 2019
އިދިކޮޅަށް ގޮތް ހުސްވެ، ހާކަނޑުގައި ލަބަރި ތަޅަނީ
09 އޮކްޓޯބަރު 2019

ހުކުރު މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށް

09 އޮކްޓޯބަރު 2019
ހުކުރު މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށް
23 އޮކްޓޯބަރު 2018

ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!

23 އޮކްޓޯބަރު 2018
ކަނޑުގެ ދިރުންތައް ޕްލާސްޓިކްގެ ޝިކާރައަކަށް!
07 އޮކްޓޯބަރު 2018

ކެހި ކަނޑުލުގެ ހިތި ފިލުވާން ޖެހޭނީ ހަމަ އެ މީހުންނެވެ.

07 އޮކްޓޯބަރު 2018
ކެހި ކަނޑުލުގެ ހިތި ފިލުވާން ޖެހޭނީ ހަމަ އެ މީހުންނެވެ.
13 މެއި 2018

ކަނޑު އަޑީގައި ކައިވެނިކޮށް، ކައިވެނީގެ ހެދުމުގައި ދެމަފިރިން ޑައިވްކޮށްފި

13 މެއި 2018
ކަނޑު އަޑީގައި ކައިވެނިކޮށް، ކައިވެނީގެ ހެދުމުގައި ދެމަފިރިން ޑައިވްކޮށްފި
29 މާރިޗު 2018

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

29 މާރިޗު 2018
ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
10 ޖެނުއަރީ 2018

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!
13 ނޮވެމްބަރު 2017

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު