Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯޔަލް ވެޑިންގ

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

ޕްރިންސް ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަތީ މޭ 19 ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 28 މެއި 2018 | ހޯމަ 09:01
ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސް

ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސް

މޭ 19 ވަނަ ދުވަހު އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ރޭޗަލް މޭގަން މާކަލްއާއި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި ކައިވެނި ކުރައްވާ، ޑިއުކް އޮފް ޑަޗަސް އޮފް ސަސެކްސްއަށް ވެގެން ދިޔައެވެ.

ޖުލައި 2016 ގައި ދިމާވި މި ދެ މީހުންގެ ލޯބީގެ ވާހަކަ ހެރީ ފުރަތަމަ ކަށަވަރު ކޮށްދެއްވާފައި ވަނީ އެ އަހަރު ފަހު ކޮޅެވެ. އެއީ ދެ މީހުންގެ ލޯބީގެ ވާހަކަ ފެތުރުމާ އެކު މޭގަންއަށް އައި ފާޑު ކިޔުންތަކަކާ ގުޅިގެންނެވެ.

ހެރީއާއި މޭގަންގެ ކައިވެންޏަކީ ތާރީހުގެ ލިޔެވިގެންދާނެ ކަމެއްކަން ކަށަވަަރެވެ.

ފުރަތަމަ ކަމަކީ އިނގިރޭސީ ޝާހީ އާއިލާގެ މެމްބަރަކާ ކައިވެނު ކުރި ފުރަތަމަ އެމެރިކާ ރައްޔިތަކަށް މޭގަން ވެގެން ދިއުމެވެ. އެ ކަމަނާ އަކީ ކުރިން ކައިވެނި ބައްލަވާ ވަރި ކުރައްވާފައިވާ ފަރާތެއް އަދި ކަޅު ނަސްލަށް ނިސްބަތްވާ ފަރާތެއް ވެސް މެއެވެ. މީގެ އިތުރުން މޭގަން ހެރީއަށް ވުރެ އުމުރުން ދޮށި ވެސް މެއެވެ.

36 އަހަރުގެ މޭގަންއަކީ އެމެރިކާގެ ލޮސް އެންޖެލެސްގެ ކެލިފޯނިއާއަށް އުފަން ފަރާތެކެވެ. އެ ކަމަނާގެ ހޮލީވުޑްގެ ކެރިއާގައި ނަސްލީ އަދި ޖިންސީ ތަފާތު ކުރުމާ ދެކޮޅަށް ގެންދެވީ އަޑު އުފުއްލަމުންނެވެ. ދެ ކަމަކީ ވެސް އުމުރުން އެންމެ 11 އަހަރުން ފެށިގެން އެ ކަމަނާ އަޑު އުފުއްލަވަމުން ގެންދަވާ ކަންކަމެވެ.

އެގޮތުން، 'އަންހެނުންނަކީ ބަދިގޭގައި މަސައްކަތް ކުރަން ޖެހޭ ބައެއް' ގޮތަށް އިޝްތިހާރު ކުރި ޕީއެންޑްޖީއާ ދެކޮޅަށް މޭގަން 1993 ވަނަ އަހަރު އަޑު އުފުލިއެވެ. އިޝްހިތާރުގައި ޖިންސީ ތަފާތު ކުރުން ހުރިކަން ފާހަގަ ކުރައްވާ، އެމެރިކާގެ އޭރުގެ ފަސްޓް ލޭޑީ ހިލަރީ ކްލިންޓަން، ކުޑަ ކުދިންގެ ހަބަރު ގެނެސްދޭ ނިކް ނިއުސްގެ ލިންޑާ އެލަރބީ އަދި އެ ކުންފުންޏަށް މޭގަން ލިޔުއްވިއެވެ. އެންމެންގެ ފަރާތުން އެ ކަމަނާއަށް ޖަވާބެއް ލިބިލެއްވި އިރު، އޭގެ ތިން މަސް ފަހުން ޕީއެންޑްޖީގެ އިޝްތިހާރު ވަނީ ބަދަލުކޮށްފައެވެ.

މޭގަން އަބަދުވެސް ގޮވާލައްވާފައި ވަނީ "އަންހެނުން ގާތު އަޑު އުފުލަން ނުވަތަ އަޑެއް ހޯދަން ބުނުމުގެ ބަދަލުގައި އެންމެން ކައިރީ އަޑު އަހަން ބުނުމަށް"ށެވެ. ނަމަވެސް، މި ކަންކަމަކަށް ވުރެވެސް 'މުހިއްމީ' މޭގަންއަކީ އެމެރިކާ ރައްޔިތަކަށް ވުމާއި އެކަމަނާ މަސައްކަތް ކުރި ދާއިރާ އެވެ. ކައިވެނި ކުރަން ފިލްމީ ދާއިރާ ދޫކޮށްލި ނަމަވެސް އެއީ މޭގަންގެ ދުނިޔޭގައި ކިހާ މުހިންމު ބައެއް ކަން ކައިވެނީގެ ހަފްލާ ބަލާލިއަސް އެނގިގެން ދިޔައެވެ.

ޑިއުކް އެންޑް ޑަޗަސް އޮފް ކެމްބްރިޖް، ވިލިއަމްއާއި ކޭޓްގެ 2013 ވަނަ އަހަރުގެ ކައިވެނީގެ ހަފްލާ އެކޭ އެއްފަދައިން ހެރީއާއި މޭގަންގެ ކައިވެނީގެ ހަފްލާ ވެސް ވަނީ ލައިވް ކޮށްފައެވެ. އަދި ބޭބެގެ ކައިވެނި ހަފްލާއަށް ވުރެ އެތައް މިލިއަން ގިނަ އެމެރިކާ ރައްޔިތުން ވަނީ ހެރީގެ ކައިވެނި ބަލާފައެވެ.

ކުރިން ވެސް ފާހަގަކޮށްލި ފަދައިން، މިއީ އިނގިރޭސި ޝާހީ އާއިލާގެ ފަރާތެއް އެމެރިކާގެ ރައްޔިތަކާ ކައިވެނި ކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ އެމެރިކާގެ ރައްޔިތެއް، އެވެސް މުނިފޫހި ފިލުވުމުގެ ދާއިރާއަށް ނިސްބަތްވާ ފަރާތެއް، ޝާހީ އާއިލާއެއްގެ ފަރާތަކާ ކައިވެނި ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، ގްރޭސް ކެލީ ފާހަގަ ކޮށްލެވެއެވެ. ގްރޭސް ކެލީ އަކީ އެމެރިކާގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. 20 އަހަރުގައި ފިލްމީ ދާއިރާއަށް ވަތް ގްރޭސް އެ ދާއިރާއާ ވަކިވެފައިވަނީ އުމުރުން 26 އަަހަރުގައެވެ. އެއީ ޕްރިންސް ރެެއިނިއަރ އޮފް މޮނާކޯއާ ކައިވެނި ކުރެއްވުމަށެވެ. ދެ މީހުން ކައިވެނި ބައްލަވާފައި ވަނީ 1956 ވަނަ އަހަރެވެ. ޝާހީ އާއިލާއެއްގެ ފަރާތަކާ ކައިވެނު ބެއްލެވުމާ ގުޅިގެން، މޭގަންއާ އެއްފަދައިން، ގްރޭސްއަށް ވެސް ވަނީ ގިނަ ކަންކަމެއް ދޫކޮށްލަން ޖެހިފައެވެ.

ޕްރިންސް ރެއިނިއަރ އާއި ޕްރިންސަސް ގްރޭސް ކެލީ

އެކަމަނާ ދުނިޔެ ދޫކުރަށްވާފައިވަނީ 1982 ވަނަ އަހަރު، އުމުރުފުޅުން އެންމެ 52 އަހަރުގައެވެ. އާއިލާގެ ކައުންޓީ ހޯމްއިން އަނބުރާ މޮނާކޯއަށް ކާރުގައި ދަތުރު ކުރައްވަނިކޮށް އެކަމަނާއަށް ސްޓްރޯކެއް ޖެހި ވަޑައިގެންނެވިއެވެ. އަދި ކާރުގެ ކޮންޓްރޯލް އެކަމަނާއަށް ގެއްލުނެވެ. އެކްސިޑެންޓްގައި ލިބިލެއްވި އަނިޔާތަކުގެ ސަބަބުން އަނެއް ދުވަހު އެކަމަނާ ނިޔާވިއެވެ.

ޝާހީ އާއިލާއެއްގެ ފަރާތަކާ ކައިވެނި ކުރެއްވި ފުރަތަމަ ހޮލީވުޑްގެ ތަރިއަށް މޭގަން ނުވީ އިރު، ފަހު ފަރާތަކަށް ވެސް އެކަމާ ނުވާނެކަމަށް ބެލެވެއެވެ. އަދި މިއަށް ވުރެ ދުނިޔެ ސިއްސުވާލާނެ 'ބަދަލު'ތައް ގެންނާނެ ކައިވެނިތައް އަދި އަންނަން އޮތީއެވެ.

މިހެން މި ބުނެލީ، ހޮލީވުޑްގައި މި ވަގުތު އެންމެ 'ހޮޓް' ހަބަރަކީ ލަވަ ކިޔުންތެރިޔާ ރިހާނާއާއި އާނާގެ ލޯބިވެރިޔާގެ ވާހަކަ އެކެވެ. އޭނާއަކީ ޝާހީ އާއިލާއަކަށް ނިސްބަތްވާ ފަރާތަކަށް ނުވި ނަމަވެސް، ކައިވެންޏަކާ ހިސާބަަކަށް ހިނގައްޖެ ނަމަ މުޅި ދުނިޔޭގެ ނަޒަރު އޮންނާނީ އެ ކައިވެންޏަށް ކަން ކަށަވަރެވެ. ސަބަބަކީ، ރިހާނާގެ ލޯބިވެރިޔާއަކީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރި ވެރިއެއްކަމަށްވާ ހަސަން ޖަމީލެވެ. ރިހާނާއަކީ ބާބެޑޯސްއަށް ނިއްބަތްވާ، ދުނިޔޭގެ އެންމެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ ފަރާތެކެވެ.

ރިހާނާއާއި ހަސަން ޖަމީލް

ކޮމެންޓް

އިތުރަށް ކިޔާލަން

 އާއިލާއެއްގެ ލޯތްބާއި، މުޖުތަމައެއްގެ އޯގާތެރިކަން ނެތި ހަޔާތެއް: މިމީހުންނަށް މިނޫންގޮތެއް ހަމަ ނެތީބާ!

އާއިލާއެއްގެ ލޯތްބާއި، މުޖުތަމައެއްގެ އޯގާތެރިކަން ނެތި ހަޔާތެއް: މިމީހުންނަށް މިނޫންގޮތެއް ހަމަ ނެތީބާ!

18 އެޕްރީލު 2023
ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

20 ސެޕްޓެމްބަރު 2022
ގަރުނެއް ވަންދެން ގެއްލިފައިވާ މާމެންދޫ އާއިލާއެއްގެ ވާހަކަ!

ގަރުނެއް ވަންދެން ގެއްލިފައިވާ މާމެންދޫ އާއިލާއެއްގެ ވާހަކަ!

23 ޑިސެމްބަރު 2018
އިބޫ އެންމެ ބައްދަލުކުރާ ހިތްވަނީ ކޮން ބޭފުޅަކާ ކަން އިނގޭތަ؟

އިބޫ އެންމެ ބައްދަލުކުރާ ހިތްވަނީ ކޮން ބޭފުޅަކާ ކަން އިނގޭތަ؟

01 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު