ކަސްޓަމްސްގެ ހެޑް އޮފީސް އިމާރަތް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖެނުއަރީ 2020 | ހޮނިހިރު 04:49ހެޑް އޮފީސް އިމާރާތްކުރުމަށް ބިން ދޫކޮށްފައިވަނީ މަރަދޫއިން


އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ޢިމާރާތްކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީގެ މަރަދޫގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޢަބްދުﷲ ޞާދިޤަު(ސޯބެ)އެވެ.
ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ޢިމާރާތްކުރުމަށް ބިން ދޫކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫއިންނެވެ.
މަރަދޫގައި ރީޖިނަލް ހެޑް އޮފީސް އަޅަން ނިންމިއިރު އައްޑޫ ސިޓީގެ ގަން ކަސްޓަމްސް އޮފީހުގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓާއެކު ހޮނިހިރު ދުވަހު ސޮއިކުރައްވާނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.







