Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުޝައްރަފް

މުޝައްރަފް މެރުމަށް ކުރި ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅައިފި

ހުކުމް ކުރިއިރު މުޝައްރަފް ހުންނެވީ އަމިއްލަ އަރުވާލައިގެން ދުބާއީގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2020 | ހުކުރު 08:22
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު

ޤައުމަށް ޣައްދާރުވި ކަމުގެ ދަޢުވާ އުފުލައި، މަރަން ޙުކުމް ކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު މެރުމަށް ކުރި ހުކުމް ބާތިލު ކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އެ ހުކުމަކީ ޤާނޫނާ ޚިލާފު ހުކުމެއް ކަމަށް ލާހޯރުގެ ހައިކޯޓުން ބުނެފައިވަނިކޮށް މުޝައްރަފުގެ ފަރާތުން ސުޕްރީީމް ކޯޓަށް ހުށައެޅި ހުށައެޅުމުގައިވަނީ އޭނާ މެރުމަށް ޕާކިސްތާނުގެ އެންޓި-ޓެރެރިޒަމް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށްދިނުމަށް އެދޭ ކަމަށެވެ. އެގޮތުން މުޝައްރަފް މެރުމަށް ކޮށްފައިވާ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ޤާނޫނުގެ ދަށުން އޭނާއަށް ލިބިގެންވެއެވެ.

އަދި އެ ހުކުމަކީ އިސްލާމް ދީނުގެ އުސޫލުތަކާއި ޚިލާފު ހުކުމެއް ކަމަށާއި، އެކަމުގައި ކޯޓުން އަމަލުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޕަރްވޭޒް މުޝައްރަފް މެރުމަށް ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ގައުމަށް ޣައްދާރުވިކަމުގެ ކުށުގައި އެމައްސަލަ ބެލި ޕާކިސްތާނުގެ އެންޓި-ޓެރެރިޒަމް ކޯޓުންނެވެ.

މުޝައްރަފް މެރުމަށް ހުކުމް ކުރިއިރު އަމިއްލައަށް އަރުވާލެވިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީގަ އެވެ. އަދި 2016 ދުބާއީގައި އޭނާ ދިރިއުޅުއްވަމުން ގެންދަވާއިރު، އޭނާ މެރުމަށް ކޯޓުން ހުކުމް ކޮށްފަައި ވަނީ ވެސް އޭނާގެ ޣައިރު ހާޒިރުގަ އެވެ.

އެ ޙުކުމުގައިވާ ގޮތުން، ކޯޓުން ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އިރުޝާދު ދީފައިވަނީ މުޝައްރަފު އަވަހާރަވެއްޖެނަމަ އޭނާގެ ހަށިގަނޑު އިސްލާމްއާބާދުގެ ސަަރުކާރުގެ ޢިމާރާތްތައް ހުންނަ ޑިމޮކްރެސީ ޗޯކް (ޑީ- ޗޯކް) ގައި ތިން ދުވަސް ވަންދެން ދަންޖައްސާފައި ބެހެއްޓުމަށެވެ.

ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން އަންގާރަ ދުވަހު މުޝައްރަފަށް ކުރި ޙުކުމްގެ ތަފުޞީލު ދެއްވާފައިވަނީ އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޕެޝާވަރް ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު ވަގަރް އަޙްމަދެވެ.

169 ޞަފުޙާގެ މައްޗަށް އެކުލެވިގެންވާ ޙުކުމްގައިވާ ގޮތުން ޕާކިސްތާނުގެ ކުރީގެ ރައީސްގެ ދިފާޢުގައި އެމަނިކުފާނުގެ ވަކީލުންނަށް އެކަށީގެންވާ ވަރަށް ހެކި ހުށައެޅިފައިނުވާ ކަމަށެވެ.

މުޝައްރަފުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ 2007 ވަނަ އަހަރު ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައި ކުއްލި ޙާލަތު އިޢުލާން ކުރި މައްސަލައިގަ އެވެ. އަދި މިމައްސަލައިގައި ޝަރީޢަތް ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
13 މެއި 2017

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު