Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރުއެމް

ރައީސް ޔާމީން ކަފާލާތުގެ ދަށުންވެސް، އެނޫން ގޮތަކަށްވެސް ދޫކޮށްލާކަށް ނުފެނޭ: އެމްއާރްއެމް

އަލީމް ވިދާޅުވީ އަދިވެސް އެމަނިކުފާނުގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ އެތައް މައްސަލައެއް ބަލަމުންދާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖެނުއަރީ 2020 | ހޮނިހިރު 18:36
އެމްއާރުއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް

އެމްއާރުއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް

ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ކަފާލާތުގެ ދަށުންވެސް އަދި އެނޫންގޮތަކަށްވެސް ދޫކޮށްލަން ނުފެންނަކަމަށް މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޢަލީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޢަލީމް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ފައިސާގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު އަދިވެސް އެމަނިކުފާނުގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ އެތައް މައްސަލައެއް ބަލަމުންދާކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅެއް އެއްގޮތަކަށްވެސް ދޫކޮށްލުމަކީ ވެގެންވާނެ ގޮތެއް ނޫންކަމަށް ޢަލީމް ވިދާޅުވިއެވެ.

ޢަލީމް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ދިވެހި ރައްޔިތުންނާއި، އަދި ދިވެހި ޤައުމަށާއި ދިވެހި ޤައުމުގެ ތަރައްޤީއަށް ހުރި އެތައް ފައިސާއެއްގައި ޖެހި، އެ ތުހުމަތުގައި އަދިވެސް އެތައް މައްސަލަތަކެއްގެ ތަޙުޤީޤުތައް ކުރިޔަށް ބަލަމުން ގެންދާކަމަށެވެ. މީގެއިތުރުން ރައީސް ޔާމީނަށް ޙުކުމް އިއްވިއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މެންބަރުން އޭރު މަގުތައް މަތީ އަޑުއުފުލަމުން ދިޔަކަމަށާއި، ނަމަވެސް މިހާރު އެމަންޒަރު ނުފެންނާތީ އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޢަލީމް ވިދާޅުވީ ރައީސް ޔާމީނަށް ތާޢީދު ނެތްކަން އެމަނިކުފާނުގެ ސަޕޯޓަރުންވެސް އެއްބަސްވަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީނުގެ ލޯޔަރ އާސިފް ވަރަށް ފަހުން ކުރެއްވި ޓްވީޓެއްގައި އެމްޕީއެލް އާއި، އެމްޓީސީސީ އާއި، ސްޓެލްކޯ ފަދަ ތަންތަނުގައި ނަން ޖަހާ މިތަންތަނުން ވަރަށް ގިނަ ފަރާތްތަކަކަށް ޔާމީންގެ ސަރުކާރުގައި ވަޒީފާ ދިނޭ ބުނެފައިވާކަމަށެވެ. ނަމަވެސް މިހާރު އެމީހުން ނެތްކަމަށާއި، މިއީ ހުސް ވައި ކުޑައިގައި ފޭބި މީހުންނަށޭ ހުސް ވަޒީފާ ދީފައި ހުންނަކަމަށް ޓްވީޓް ކުރެއްވިކަމަށެވެ. އެހެންކަމުން ޤަބޫލުކުރެވެނީ އެބޭފުޅުން އޭރުވެސް ތާޢީދު ހޯދާފައި އޮތީ ވިޔަފާރީގެ އުޞޫލުން ކަމަށެވެ. އެބޭފުޅުން އޭރުގައި މަސައްކަތް ކުރެއްވި ގޮތަކީ ނުފޫޒު ފޯރުވައިގެން ނުފޫޒުގެ ބޭނުންކޮށްގެން ތާޢީދު އޮތްކަން ދައްކަން ކަމަށް ޢަލީމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު