Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް/ޕީއެންސީ

މިއީ ނުފުއްދޭ ވައުދުތައްވާ ސަރުކާރެއް، އަޅުގަނޑުމެންނަށް ވޯޓުދީ: ޕީޕީއެމް

10 ޖެނުއަރީ 2020 | ހުކުރު 21:11

މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވާ ސަރުކާރެއްކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖެނުއަރީ 2020 | ހުކުރު 21:11
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ނެގެން އޮތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވޯޓުދީގެން ކަމަށް އެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މޯލްޑިވިއަން ޑިމޮކޮރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އެޖެންޑާ 19 ޕްރޮމޯޓް ކުރުމަށް އަތޮޅު ތެރެއަށް ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވާ ސަރުކާރެއް ކަމަށާއި، އެކަން ވޭތުވެ ދިޔަ ދުވަސްތަކުގައި އެނގިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނީ، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ކޯލިޝަންގެ މެމްބަރުންނާއި، ދިވެހި ޤައުމުދެކެ ލޯބިވާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ "ދަޅަ" ތަކަށް ނުހެއްލުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ވޯޓު ދެއްވައިގެން ނޫނީ މި ޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ނުކުރެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

އޭގެއިތުރުން، ޕީޕީއެމް އިން ވަނީ ލޯކަލް ކައުންސިލް އިންތިޙާބާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާކަމަށާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާކަމަށް ތުހުމަތުކޮށް، އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އެހެން ބުނެފައިވާއިރު، ވޭތުވެ ދިޔަ ސަރުކާރުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އަދި އެ މައްސަލަތައް އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށައެޅިފައިވެއެވެ.

އޭގެއިތުރުން، ޕީޕީއެމުން އޭރު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާތީ އޭސީސީން ވެސް އެކަންކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ޕީޕީއެމުން ސިޔާސީ ކަންކަމުގައި މުލިއާގެ ބޭނުން ކުރަމުންދާތީ އެކަން ހުއްޓާލުމަށް އޭސީސީން އޭރު އަންގާފައިވެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!

11 އެޕްރީލު 2017
 "ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
27 މާރިޗު 2017

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް