Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާ، ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މި މަހުގެ 11 ވަނަ ދުވަހު ހިޔާލު ހުށަހެޅޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޖެނުއަރީ 2020 | ހުކުރު 17:39
އިލެކްޝަންސް ކޮމިޝަނުން ގުރުލުން ކުރިއަށްގެންދަނީ

އިލެކްޝަންސް ކޮމިޝަނުން ގުރުލުން ކުރިއަށްގެންދަނީ

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާ، ނަންތަކަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެ ނަންތަކަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އަކުން މެންދުރު ފަހު 3:00 އަށެވެ. އަދި އެ ކޮމިޝަނުގެ އީ-މެއިލް، ޓްވިޓަރ އަދި ފޭސްބުކް މެދުވެރިކޮށްވެސް ޚިޔާލު ހުށަހެޅޭނެ ކަމަށް އީސީ އިން ބުނެއެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތް:

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށް ބޭއްވި ގުރުނެގުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ މިފަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖެއިން ދެ ލައްކަ ފަސް ދޮޅަސް ނުވަހާސް ހަސްތޭކަ ތޭވީސް މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކަމަށެވެ. މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޅުދުއްފުށީގެ އާބާދީ އަކީ 10210 މީހުން ކަމަށާއި އެހެންކަމުން ކުޅުދުއްފުށި 6 ދާއިރާއަކަށް ބެހިގެންދާ ކަމަށެވެ. އަދި 6 ދާއިރާއަކަށް ބެހުމުން 6 ކައުންސިލަރުން އިންތިހާބު ކުރުމުގެ އިތުރުން މޭޔަރު އިންތިހާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.

ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، އާބާދީގައި 10،000 މީހުން ހަމަވެއްޖެނަމަ އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވިގެންދާނެކަމަށް ޤާނޫނުގަ ބަޔާންކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު