Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރޭން އެއާލައިން

ވެއްޓުނު ޔޫކްރޭންގެ ފްލައިޓަށް މިސައިލް ހަމަލާއެއް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

ދަތުރުކުރި އެއްމެން ވަނީ މަރުވެފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2020 | ހުކުރު 06:54
ޔޫކްރޭންގެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ

ޔޫކްރޭންގެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ

ބުދަ ދުވަހު އިރާންގެ ވެރިރަށް ތެހެރާންގެ އެއާޕޯޓާ މާ ދުރު ނޫން ހިސާބަށް ވެއްޓުނު ޔޫކްރެންގެ ފްލައިޓް އަށް މިސައިލް ހަމަލާއެއް އަރާ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

ތެހެރާންގެ އިމާމް ހޮމެއީނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކިއޭވް އަށް ދަތުރުކުރި ޔޫކްރެން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓް ޕީއެސް752 ވެއްޓުނީ ނައްޓާލިތާ ކުޑައިރު ކޮޅެއްގެ ތެރޭގައެވެ. ފްލައިޓުން ދަތުރުކުރި 176 ފަސެންޖަރުން ވަނީ މަރުވެފައެވެ.

ފްލައިޓް ވެއްޓޭ ވީޑިއޯ އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ ނިއުޔޯކް ޓައިމްސް އާއި ސީއެންއެން އިންނެވެ. ވީޑިއޯ އާއްމުކޮށްފައި މިވަނީ ޔޫކްރެއިންގެ ފްލައިޓް ވައްޓާލީ އިރާނުގެ މިސައިލަކުން ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް އިނިގިރޭސިވިލާތާ، ކެނެޑާގެ އިތުރުން އެމެރިކާ އޮފިޝަލުން ބުނެފައި ވަނިކޮށެވެ. އޮފިޝަލުން ބުނަނީ، އެއީ އޮޅިގެން އިރާނުން ދިން ހަމަލާއެއް ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފުރަތަމަ ފެންނަނީ ކުޑަ ގޮވުމެއް ގޮވާތަނަވެ. ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުން އެ ގޮވުން ގޮވާފައިވަނީ ޔޫކްރެއިންގެ ފްލައިޓްގެ ޓްރާންސްމިޓިން ސިގްނަލް ހުއްޓުނު ޕަރަންދު އަވަށުގެ މަތިންނެވެ.

އެ ކުޑަ ގޮވުމަށް ފަހުވެސް ފްލައިޓް އަނބުރާ އެއާޕޯޓާ ދިމާލަށް ދިޔުމަށް ދުއްވި ކަމަށް އެ ނޫހުން ރިޕޯޓްކުރެއެެވެ. އެއަށް ފަހު ފްލައިޓް އެއްކޮށް ގޮވައި ގޮސް ބިމަށް ވެއްޓުމަށްފަހު ބާރުގަދަ އަޑުފަށްގަނޑެއް ގޮވާއަޑު ވީޑިއޯ އިން އިވެއެވެ.

ޖިއޯލޮކޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އާއި ބެލިންކެޓްގައި މަސައްކަތްކުރާ ރިސާޗަރުންނާއި ނޫސްވެރިން ވަނީ އެ ވީޑިއޯ ނަގާފައިވަނީ ޕަރަންދުގައިކަން ޔަގީންކުރެވިފައިވާ ކަމަށް ހާމަކޮށްފައެވެ.

ނިއުޔޯކް ޓައިމްސް އަދި ސީއެންއެން އިން ބުނީ އެ ނޫސްތަކަށް ވީޑިއޯ ފޮނުވާފައިވަނީ އިންޓަނެޓް-ފްރީޑަމް ރިސަރޗަރ ނަރިމަން ގާރިބް ކަމަށެވެ. ގާރިބަށް އެ ވީޑިއޯ ދީނީ އެހެން މީހެކެވެ.

ބެލިންކެޓުން ރިޕޯޓްކުރާ ގޮތުން، ފްލައިޓަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާފައިވުން އެކަށީގެންވާ ކަމަށެވެ. އަދި މިސައިލްތަކުގެ އަޑު އިވުމާއެކު އެ ވީޑިއޯ ނެގި ފަރާތުން ވީޑިއޯ ކުރަން ފެށުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އިރާނުން ވަނީ ފްލައިޓަށް މިސައިލް ހަމަލާއެއްދިން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އެ ހާދިސާ ހިނގާ ދިޔަގޮތް ތަހުގީގު ކުރުމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ގޮވާލައްވާފައެވެ. މަރުވި މީހުންގެ ތެރޭގައި ކެނެޑާގެ 63 ރައްޔިތުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު