Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ.ދިއްދޫ

ދިއްދޫ ހައުސިން ޔުނިޓްތަކަށް ހުށަހަޅާފައިވާ ފޯމުތައް އަލުން އިވެލުއޭޓް ކުރަނީ

9 ޖެނުއަރީ 2020 | ބުރާސްފަތި 18:22

މިމަސައްކަތް ކުރަނީ އެރަށު ކައުންސިލުން އެކުލަވާލާފައިވާ ކޮމެޓީއަކުން

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖެނުއަރީ 2020 | ބުރާސްފަތި 18:22
ދިއްދޫ ހައުސިން ޔުނިޓްތައް

ދިއްދޫ ހައުސިން ޔުނިޓްތައް

ހއ. ދިއްދޫ ގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ހުށަހަޅާފައިވާ ފޯމުތައް އަލުން އިވެލުއޭޓްކޮށް ލިސްޓުތައް އަލުން ތަރުތީބު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގުރާމުގެ ދަށުން ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރުމަށް އެޓަރނީ ޖެނަރަލް އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފާގެ މަތިން ހައުސިންގ ޔުނިޓުތަކަށް ހުށަހަޅާފައިވާ ފޯމުތައް އަލުން އިވެލުއޭޓްކޮށް ލިސްޓްތައް އަލުން ތަރުތީބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފޯމުތައް އަލުން އިވެލުއޭޓްކޮށް ލިސްޓު ތަރުތީބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކަމަށްޓަކައި އެރަށު ކައުންސިލުން އެކުލަވާލާފައިވާ ޚާއްޞަ ކޮމެޓީއަކުންނެވެ. މިމަސައްކަތުގައި މިނިސްޓްރީން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ދިއްދޫގައި ބޯހިޔާވަހިކަން ތަރައްޤީކުރުމުގެ ދަށުން ޢިމާރާތްކޮށްފައި ވަނީ 250 ހައުސިން ޔުނިޓެވެ. އަދި އެންމެ ފުރަތަމަ ކެޓަގަރީ އޭ ގެ 125 ހައުސިންގ ޔުނިޓާއި، ކެޓަގަރީ ބީގެ 15 ހައުސިން ޔުނިޓަށް އެދުމަށް ހުޅުވާލާފައިވަނީ 19 އޭޕްރީލް 2015 ގައެވެ. މިބުރުގައި ހުޅުވާލުމުން ހައުސިންގ ޔުނިޓްތައް ހޯދުމަށް އެދި 440 ފަރާތަކުން ވަނީ ފޯމް ހުށަހެޅިއެވެ. ހައުސިންގ ޔުނިޓް ލިބުނު 140 މީހުން ތެރެއިން 135 މީހުން 2018 ޖުލައި މަހު ވަނީ ހައުސިން ޔުނިޓް ޙަވާލުކޮށްފައެވެ.

ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ޙަވާލުނުކުރެވި ހުރި ބާކީ 110 ޔުނިޓަށް އެދި ހުށަހެޅުމަށް 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ފުރުޞަތު ހުޅުވާލިއެވެ. އަދި ދެވަނަ ބުރުގައި ފުލެޓްތައް ދިނުމުގެ މަސައްކަތް މަޑުޖައްސާލާފައި ވަނީ 110 ހައުސިން ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އިޢުލާންކުރުމުން އެލިސްޓުގައި މައްސަލަތަކެއް ހުރިކަމުގެ ޝަކުވާތަކެއް ދިއްދޫގެ ގިނަ ރައްޔިތުން މިނިސްޓްރީއާއި، އެރަށުގެ ކައުންސިލަށް ލިބިފައިވާތީއެވެ. އަދި އެސީސީގެ ފަރާތުން ހައުސިންގ ޔުނިޓްތައް ދޫކުރުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބަލަމުންދާތީއާއި، ފުރަތަމަ ބުރުގައި ހައުސިންގ ޔުނިޓް ދޫކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ، ދިއްދޫ ކައުންސިލުންނާއި، ވަރަށް ގިނަ ރައްޔިތުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވާތީއެވެ.

ހައުސިން މިނިސްޓްރީން ބުނީ އަލުން މިހާރު މަސައްކަތް ފަށާފައި މިވަނީ، މިމައްސަލަތައް ޙައްލުކުރުމަށް އެޓަރނީ ޖެނެރަލް އޮފީހާއި، އޭސީސީގެ ލަފާ ހޯދުމަށްފަހުގައި ކަމަށެވެ. އެގޮތުން އެއިދާރާތަކުގެ ލަފާގެ މަތިން ބާކީ ހުރި 100 ހައުސިންގ ޔުނިޓަށް އެދި ހުޅުވާލާ 30 ޖުލައި 2018 ވަނަ ދުވަހު މިނިސްޓްރީ ކޮށްފައިވާ އިއުލާން ބާޠިލު ކުރުމަށްފަހު 19 އޭޕްރީލް 2015 ވަނަ ދުވަހު ދިއްދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނަށް އިޖާބަދީ ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އަލުން އޭރުގެ ޙާލަތަށް ބަލައި، އިވެލުއޭޓްކޮށް އަލުން ލިސްޓް ތަރުތީބުކޮށް ހައުސިންގ ޔުނިޓު ޙައްޤުވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހައުސިން ޔުނިޓް ލިބުން ޙައްޤުވާ ފަރާތްތަކުގެ ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހައުސިންގ ޔުނިޓް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

24 މެއި 2017

މޫސަގެ އިތުބާރުގެ މައްސަލައިގައި މެންބަރުންނަށް ފައިސާ ހުށަހަޅާފައިވާނެތޯ އަލީމާ ސުވާލުކޮށްފި

24 މެއި 2017
މޫސަގެ އިތުބާރުގެ މައްސަލައިގައި މެންބަރުންނަށް ފައިސާ ހުށަހަޅާފައިވާނެތޯ އަލީމާ ސުވާލުކޮށްފި
25 އެޕްރީލު 2017

ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި

25 އެޕްރީލު 2017
ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް