Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެއްލުނު މީހާ

ފަރަށް އެރި ދޯނިން ގެއްލުނު މީހާ ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނުގަ، އެޞަރަޙައްދުން ބައެއް ތަކެތި ހޯދައިފި

ތުވާލި ފެނިފައިވަނީ ކަނޑު 48 މީޓަރު އަޑިން

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖެނުއަރީ 2020 | ބުރާސްފަތި 13:18
ޑަސްބިން ކޮތަޅަކަށްލާފައިވާ ވަޅިއެއް

ޑަސްބިން ކޮތަޅަކަށްލާފައިވާ ވަޅިއެއް

ކ. ކަގި ކައިރިއަށް ފަރަށް އެރި "ޓީޓީއެސް ފާނަ" ދޯނިން ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިޔަށްގެންގާ އޮޕަރޭޝަނުގައި އެޞަރަޙައްދުން ބައެއް ތަކެތި ހޯދައިފިއެވެ.

މިމަހު 06 ވަނަ ދުވަހު މި ދޯނިން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ދޯނީގެ ކެޕްޓަން ކަމަށްވާ، ހދ ކުޅުދުއްފުއްޓަށް އުފަން ހަވީރީ ނާޒްގެ އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފްއެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހު ފެނިފައިވަނީ ތުވާއްޔަކާއި ޑަސްބިން ކޮތަޅަކަށްލާފައިވާ ވަޅިއަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ކަމަށެވެ.

މީގެ ތެރެއިން ތުވާލި ފެނިފައިވަނީ ކަނޑު 48 މީޓަރު އަޑިން ކަމަށެވެ. އަދި ޑަސްބިން ކޮތަޅަކަށްލާފައިވާ ވަޅިއަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފެނިފައިވަނީ 41 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މިފެނުނު ތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މި ދޯނިން ގެއްލުނު މީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ސަރަޙައްދު ކަނޑާއި ވައިގެ މަގުން ބަލަމުންނެވެ. އަދި މިއަދާ ހަމައަށް ކުރި މަސައްކަތުން އެމީހާ ފެނިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު