Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލިޝް ޕްރިމިއަރ ލީގު

އީޕީއެލް: ޝެފިލްޑް ބަލިކުރުމަށްފަހު ލިވަރޕޫލުން ތައްޓާ ގާތަށް

3 ޖެނުއަރީ 2020 | ހުކުރު 07:58

މި މެޗު ލިވަރޕޫލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

އަމަން ހަލީމް
އަމަން ހަލީމް | 3 ޖެނުއަރީ 2020 | ހުކުރު 07:58
ލިވަރޕޫލަށް ލަނޑު ޖަހައިދިން ސަދިއޯ މާނޭ އާއި މުހައްމަދު ސަލާހު

ލިވަރޕޫލަށް ލަނޑު ޖަހައިދިން ސަދިއޯ މާނޭ އާއި މުހައްމަދު ސަލާހު

ފަސޭހަކަމާއިއެކު ޝެފިލްޑް ޔުނައިޓެޑް ބަލިކޮށް، އިނގިރޭސި ލީގު ތަށި ހޯދުމާ އެއް ފިޔަވަޅު ގާތަށް ލިވަރޕޫލް ޖެހިލައިިފިއެވެ.

ލިވަރޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުން ޝެފިލްޑްގެ މައްޗަށް ލިވަރޕޫލުން ކުރިހޯދީ، 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލިވަރޕޫލް ވަނީ ލީގު މެޗަކުން ބަލިނުވާތާ އަހަރެއް ފުރިހަމަކުރި ތިންވަނަ އިނގިރޭސި ޓީމަށް ވެގެން ގޮސްފައެވެ.

މެޗުގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް ލިވަރޕޫލުން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު ލިވަރޕޫލަށް މެޗުގެ ހަތަރުވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، އެންޑީ ރޮބަރޓްސަން ފަހިކޮށްދިން ފުރުސަތަކުން، އެޓީމަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހެވެ.

ފުރަތަމަ ލަނޑަށް ފަހުވެސް ލިވަރޕޫލުން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް، ޝެފިލްޑް ޔުނައިޓެޑުގެ ކީޕަރު ޑީން ހެންޑަރސަން ވަނީ ވަރަށް ހުށިޔާރުކަމާއިއެކު އޭނާގެ ގޯލަށް އަމާޒުވީ ހުރިހާ ހަމަލާއެއް ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ނަތީޖާއަކުން ލިވަރޕޫލް ކުރީގައި އޮވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ލިވަރޕޫލުންނެވެ. މި ހާފުގެ 61 މިނިޓުގައި ސަލާހު ފޮނުވާލި ބޯޅައެއް ޝެފިލްޑްގެ އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ. އޭގެ އިރުކޮޅެއް ފަހުން ސަދިއޯ މާނޭ ވަނީ ލިވަރޕޫލްގެ ދެވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ 2-0 ކަށް ބަދަލުކޮށްފައެވެ.

މި މޮޅާއެކު ލިވަރޕޫލު އޮތީ ކުޅުނު 20 މެޗުން ލިބުނު 58 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. ވާދަވެރި ޓީމުތަކުން 21 މެޗު ކުޅެފައިވާއިރު، ދެވަނައިގައި އޮތް ލެސްޓަރ ސިޓީއާ ލިވަރޕޫލާ އޮތް ފަރަގު ވަނީ 13 އަށް އިތުރުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2019

ޕްރިމިއާ ލީގު: ޝެފިލްޑް ޔުނައިޓެޑް އަތުން އާސެނަލް ބަލިވެއްޖެ

22 އޮކްޓޯބަރު 2019
ޕްރިމިއާ ލީގު: ޝެފިލްޑް ޔުނައިޓެޑް އަތުން އާސެނަލް ބަލިވެއްޖެ
02 އޮކްޓޯބަރު 2019

ކިޑްސް ފުޓުބޯޅަ ފިއެސްޓާ: މަޖީދިއްޔާ ސްކޫލް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ގާޒީ އަށް!

02 އޮކްޓޯބަރު 2019
ކިޑްސް ފުޓުބޯޅަ ފިއެސްޓާ: މަޖީދިއްޔާ ސްކޫލް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ގާޒީ އަށް!
29 ސެޕްޓެމްބަރު 2019

ޕްރިމިއާ ލީގު: ހަނި ގޮތަކަށް ޝެފިލްޑް އަތުން މޮޅުވެ ލިވަރޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

29 ސެޕްޓެމްބަރު 2019
ޕްރިމިއާ ލީގު: ހަނި ގޮތަކަށް ޝެފިލްޑް އަތުން މޮޅުވެ ލިވަރޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި
24 ސެޕްޓެމްބަރު 2019

ޗެލްސީ ބަލިކޮށް ލިވަރޕޫލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

24 ސެޕްޓެމްބަރު 2019
ޗެލްސީ ބަލިކޮށް ލިވަރޕޫލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
01 ސެޕްޓެމްބަރު 2019

ޕްރިމިއާ ލީގު: ޝެފިލްޑް ޔުނައިޓެޑުން ޗެލްސީ ހިފަހައްޓައިފި

01 ސެޕްޓެމްބަރު 2019
ޕްރިމިއާ ލީގު: ޝެފިލްޑް ޔުނައިޓެޑުން ޗެލްސީ ހިފަހައްޓައިފި
10 އޯގަސްޓު 2019

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަރޕޫލުން ފެށުން ރަނގަޅުކޮށްފި

10 އޯގަސްޓު 2019
އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަރޕޫލުން ފެށުން ރަނގަޅުކޮށްފި
19 އޯގަސްޓު 2017

ޝާމް ބަލިކުރުމަށްފަހު ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް ޖާއްޓެ ކާމިޔާބުކޮށްފި

19 އޯގަސްޓު 2017
ޝާމް ބަލިކުރުމަށްފަހު ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް ޖާއްޓެ ކާމިޔާބުކޮށްފި
12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
22 މެއި 2017

ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް

22 މެއި 2017
ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް