Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް

ޝާމް ބަލިކުރުމަށްފަހު ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް ޖާއްޓެ ކާމިޔާބުކޮށްފި

މުބާރާތުގެ ތިންވަނަ ހޯދީ އަހުމަދު ނަޒްމީން (ލޯބި)

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 19 އޯގަސްޓު 2017 | ހޮނިހިރު 16:10
ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް 2017 ގެ ތެރެއިން

ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް 2017 ގެ ތެރެއިން

އަލީ ޝާމް ރާފިއު ބަލިކުރުމަށްފަހު ތަނބުރުދޫ ބޮޑީބޯޑިން ޗެލެންޖް އަލީ ޖާވިދު (ޖާއްޓެ) ކާމިޔާބުކޮށްފި އެވެ.

ތަނބުރުދޫ ސާފިން ޕޮއިންޓްގައި ކުރިޔަށްދިޔަ މި މުބާރާތުގައި ޖުމްލަ 13 ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައެވެ.

ފުރަތަމަ ހީޓުގައި ޝާމް، އައިހަމް އަދި އަސްވާން މުހައްމަދު (ކަޅަ ދޫނި) ވާދަކޮށްފައިވާއިރު، އެއްވަނަ ދިޔައީ ޝާމް އެވެ. ދެވަނަ އަށް ކަޅަދޫނި ދިޔައިރު، ތިންވަނަ އަށް ދިޔައީ އައިހަމް އެވެ.

ދެވަނަ ހީޓުގައި އަހުމަދު ނަޒްމީން (ލޯބި)، މިފްރާހް ޔާސިރު (ފޫބެ) އަދި އަލީ ރަވާއު މުހައްމަދު (ރަވޯ) ވާދަކޮށްފައިވާއިރު، އެއްވަނަ އަށް ދިޔައީ ލޯބި އެވެ. ދެވަނަ އަށް ފޫބެ ދިޔައިރު، ތިންވަނަ އަށް ދިޔައީ ރާވޯ އެވެ.

ތިންވަނަ ހިޓޫގައި އަހުމަދު އާރިޝް ރަޝީދު (ޓެޑީ)، އަލީ ޝުނާން އަދި އަބްދުﷲ ޝިމާލް ޝަމީމް ވާދަކޮށްފައިވާއިރު، އެއްވަނަ އަށް ދިޔައީ ޓެޑީ އެވެ. ދެވަނަ އަށް ޝިމާލް ދިޔައިރު، ތިންވަނަ އަށް ދިޔައީ ޝުނާން އެވެ.

ހަތަރުވަނަ ހީޓުގައި މުހައްމަދު ވިއާމް (ޖޭޑީ)، ޖާއްޓެ އަދި މުހައްމަދު އިހުސާން (ޗިއްކޮ) ވާދަކޮށްފައިވާއިރު، އެއްވަނަ އަށްދިޔައީ ޖާއްޓެ އެވެ. ދެވަނަ އަށް ޗިއްކޮ ދިޔައިރު، ތިންވަނަ އަށް ދިޔައީ ޖޭޑީ އެވެ.

ކުއާޓާފައިނަލްގެ ފުރަތަމަ ހީޓުގައި ޝާމް އަދި ރާވޯ ބައްދަލުކޮށްފައިވާއިރު، މި ހީޓް ކާމިޔާބުކުރީ ޝާމް އެވެ. ދެވަނަ ހީޓުގައި ކަޅަ ދޫނި އަދި ލޯބި ވާދަކޮށްފައިވާއިރު، ހީޓު ކާމިޔާބުކުރީ ލޯބި އެވެ. ތިންވަނަ ހީޓުގައި ޓެޑީއާ ވާދަކޮށް ޗިއްކޮ ހީޓު ކާމިޔާބުކުރިއިރު، ހަތަރުވަނަ ހީޓުގައި ޝިމާލްއާ ވާދަކޮށް ޖާއްޓެ ވަނީ ހީޓު ކާމިޔާބުކޮށްފައެވެ.

ސެމީ ފައިނަލްގައި ލޯބި ބަލިކުރުމަށްފަހު ފައިނަލަށް ޝާމް ދަތުރުކޮށްފައިވާއިރު، ޖާއްޓެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ޗިއްކޮ ބަލިކުރުމަށްފަހު އެވެ. މުބާރާތުގެ ތިންވަނަ ލިބުނީ ލޯބި އަށެވެ.

މުބާރާތުގެ ތިންވަނަ ހޯދުމަށްފަހު ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ލޯބި ބުނީ މުބާރާތަށް ނިކުތީ އެއްވަނަ ހޯދަން ކަމަށާއި، އެހެންނަމަވެސް ވަރުގަދަ ފައިޓެއް ދީގެން ތިންވަނަ ލިބުމުންވެސް ވަރަށް އުފާވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ މުބާރާތް ވަރަށް ވާދަވެރި ކަމަށާއި، ޖުމްލަ ގޮތެއްގައި ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

ފައިނަލްގައި ޝާމް އާއި ޖާއްޓެ ވާދަކޮށްފައިވާއިރު، ޖާއްޓެ މުބާރާތުގެ އެއްވަނަ ހޯދީ ވަރަށް ވާދަވެރިކޮށެވެ.

ރާއްޖއެމްއެވީ އަށް ދިން އިންޓަވިއުއެއްގައި މުބާރާތުގެ ދެވަނަ ހޯދި ޝާމް ބުނީ މުބާރާތުން ދެވަނަ ލިބުމުންވެސް އޭނާ ހިތްހަމަޖެހޭ ކަމަށާއި، އެކުވެރިންތައް އެއްކޮށް މިގޮތަށް ވާދަކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެފައިހުރި ކަމަށެވެ. އޭނާ ބުނީ ރާޅާއަޅަން އަރަމުން އަންނަ ޒުވާނުންތަކެއްވެސް ފެނިފައިވާ ކަމަށާއި، އެއީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ.

ޖާއްޓެ ބުނީ މުބާރާތުގެ އެއްވަނަ ލިބުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި، ވަރަށް ފުރިހަމަކަމާއެކު މުބާރާތް ނިންމާލެވިފައިވާ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ކޮޅު ރާޅު އެހާ ރަނގަޅު ނޫން ނަމަވެސް ފަހު ހީޓުތަކަށްދިޔައިރު، ރާޅު ރަނގަޅުކަމަށެވެ. އެގޮތުން ރަނގަޅު ފައިޓެއް ދެވުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ރާޅާއެޅުންތެރިންނަށް ބަނޫން ސާފް ޝޮޕް އިން ވަނީ ގިފްޓް ވައުޗަރުތަކެއް ހަދިޔާކޮށްފައެވެ. މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމަށް އެހީތެރިވެދިން ބަނޫން އަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލްހާ އީދާ ގުޅުވައިގެން ބާއްވާ ސްނޯ އިންވެސްޓްމެންޓް ބައިބަލާ ޗެލެންޖްގެ ގުރު ނަގައިފި

އަލްހާ އީދާ ގުޅުވައިގެން ބާއްވާ ސްނޯ އިންވެސްޓްމެންޓް ބައިބަލާ ޗެލެންޖްގެ ގުރު ނަގައިފި

02 ސެޕްޓެމްބަރު 2017
ތަނބުރުދޫ ބޮޑީބޯޑިންގް ޗެލެންޖުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި

ތަނބުރުދޫ ބޮޑީބޯޑިންގް ޗެލެންޖުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި

17 އޯގަސްޓު 2017
ވުމެންސް ފުޓްސަލް ޗެލެންޖް: އެމްޕީއެލް ބަލިކޮށް ސިފައިން ޗެމްޕިއަންކަން ހޯދައިފި

ވުމެންސް ފުޓްސަލް ޗެލެންޖް: އެމްޕީއެލް ބަލިކޮށް ސިފައިން ޗެމްޕިއަންކަން ހޯދައިފި

20 ޖުލައި 2017
ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް މޮޅެއް

ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް މޮޅެއް

12 ޖުލައި 2017
ވިމެންސް ފުޓްސަލް ޗެލެންޖް: ސިފައިން އަދި ސްޓެލްކޯއަށް މޮޅެއް

ވިމެންސް ފުޓްސަލް ޗެލެންޖް: ސިފައިން އަދި ސްޓެލްކޯއަށް މޮޅެއް

12 ޖުލައި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު