Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮބާމަޔަން

ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޮބާމަޔަން އަށް ފާރަލަނީ

1 ޖެނުއަރީ 2020 | ބުދަ 14:45

އޮބާމަޔަން އަންނަނީ އާސެނަލާއެކު މޮޅަށް ކުޅެމުން

އަތޫފް އާތިފް
އަތޫފް އާތިފް | 1 ޖެނުއަރީ 2020 | ބުދަ 14:45
އޮބާމަޔަން

އޮބާމަޔަން

އާސެނަލްގެ ފޯވަރޑް ޕީއޭ އެމެރިކް އޮބާމަޔަން އަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލާން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުންނަމަ، އިންޓަރ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ވިސްނުން ހުރީ މިސީޒަނަށް ފަހު އޮބާމަޔަން އަށް ބިޑު ކުރުމަށެވެ. އަދި އޮބާމަޔަންއަށް ކުރާ ބިޑުގެ ތެރެއިން އިންޓަރ މިލާންގެ ބައެއް ކުޅުންތެރިން އާސެނަލްއަށް ހުށަހަޅާނެއެވެ. އިންޓައިން އާސެނަލްއަށް ހުށަހަޅާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ އިޓަލީގެ ފޯވަރޑް މަޓެއޯ ޕޮލިޓާނޯ އާއި އުރުގުއޭގެ އެޓޭކިންގ މިޑްފިލްޑަރ މަޓިއަސް ވެސީނޯއެވެ. އޮބާމަޔަންގެ އިތުރުން އިންޓައިން އަންނަނީ ޗެލްސީގެ ފޯވަރޑް އޮލިވިއޭ ޖިރޫޑަށް ވެސް ފާރަލަމުންނެވެ.

އިންޓަރ މިލާންގެ އިތުރުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން ވެސް އަންނަނީ އޮބާމަޔަން އަށް ފާރަލަމުންނެވެ. އެގޮތުން ބާސާއަށް ދިމާވެފައިވާ އެޓޭކްލައިންގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޓީމުން އަންނަނީ ކުޅުންތެރިންނަށް ފާރަލަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާގެ އެއްވަނަ ޓާގެޓަކީ އޮބާމަޔަން އެވެ. އެގޮތުން އޮބާމަޔަން ހޯދުމަށް ބާސާއިން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ތައްޔާރަށް އޮތްއިރު ބާސާގެ ބައެއް ކުޅުންތެރިން ވެސް އާސެނަލްއަށް ހުށަހަޅާނެއެވެ.

އޮބާމަޔަން ވިދާލީ އޭނާ ޖަރުމަނުގެ ޑޯޓްމަންޑަށް ކުޅުނު ދުވަސްވަރުގައެވެ. އެގޮތުން އޮބާމަޔަން ވަނީ ޑޯޓްމަންޑަށް އޭނާ ކުޅުނު 213 މެޗުން އެޓީމަށް 141 ލަނޑު ކާމިޔާބުކޮށްދީފައެވެ. އާސެނަލްއަށް 2017 ވަނަ އަހަރު އޮބާމަޔަން ގުޅުމަށްފަހު އޭނާ ވަނީ އެޓީމަށް ކުޅުނު 89 މެޗުން 56 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

އަދި އޭނާގެ ގައުމުގެ ބޮންގެ ގައުމީ ޓީމަށް އޭނާ ކުޅެދިން 63 މެޗުން 25 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 މެއި 2018

ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އާސެނަލް ގުނާލެވޭނެ: އެމެރީ

24 މެއި 2018
ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އާސެނަލް ގުނާލެވޭނެ: އެމެރީ
21 ނޮވެމްބަރު 2017

އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ

21 ނޮވެމްބަރު 2017
އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ
14 ނޮވެމްބަރު 2017

ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!

14 ނޮވެމްބަރު 2017
ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!
31 އޮކްޓޯބަރު 2017

ރެއާލްއަށް އިންޖަރީގެ ބޮޑެތި މައްސަލަތަކެއް

31 އޮކްޓޯބަރު 2017
ރެއާލްއަށް އިންޖަރީގެ ބޮޑެތި މައްސަލަތަކެއް
24 އޮކްޓޯބަރު 2017

ވޮލީބޯލް އެސޯސިއޭޝަނުން އަންނަ އަހަރަށް ބޮޑެތި ތައްޔާރީތަކެއް

24 އޮކްޓޯބަރު 2017
ވޮލީބޯލް އެސޯސިއޭޝަނުން އަންނަ އަހަރަށް ބޮޑެތި ތައްޔާރީތަކެއް
21 އޮކްޓޯބަރު 2017

ޔޫރަޕުގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި

21 އޮކްޓޯބަރު 2017
ޔޫރަޕުގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި
07 އޮކްޓޯބަރު 2017

މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފި – ސްޕޯޓްސް ކޮމިޝަނަރ

07 އޮކްޓޯބަރު 2017
މުއްދަތު ހަމަވާއިރު، ބޮޑެތި ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފި – ސްޕޯޓްސް ކޮމިޝަނަރ
06 ސެޕްޓެމްބަރު 2017

ކެރީބިއަން ރަށްތަކަށް އެރި ވަރުގަދަ ތޫފާން "އިރްމާ" ގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ

06 ސެޕްޓެމްބަރު 2017
ކެރީބިއަން ރަށްތަކަށް އެރި ވަރުގަދަ ތޫފާން "އިރްމާ" ގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ
07 ޖުލައި 2017

ބޮޑެތި ގައުމުތަކާ ވާދަކޮށް އޭޝިއާގެ ހަތަރު ވަނަ ސާއިދު ހޯދައިފި

07 ޖުލައި 2017
ބޮޑެތި ގައުމުތަކާ ވާދަކޮށް އޭޝިއާގެ ހަތަރު ވަނަ ސާއިދު ހޯދައިފި
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް