Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕިއަން "ގޯލްޑަން ބޯއި"

ޔޫރަޕުގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި

މި އެވޯޑަކީ ޔޫރަޕުގައި ފުޓްބޯޅަ ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކަށް ދެވޭ  އެވޯޑެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 އޮކްޓޯބަރު 2017 | ހޮނިހިރު 11:54
ޑެމްބެލޭ (ކ) ޖީސަސް (މ) އަދި އެމްބާޕޭ (ވ) -  މިއީ މި އަހަރު މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން

ޑެމްބެލޭ (ކ) ޖީސަސް (މ) އަދި އެމްބާޕޭ (ވ) - މިއީ މި އަހަރު މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން

މި އަހަރު ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނުވަތަ ޔޫރަޕްގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފިއެވެ.

އިޓަލީގެ "ޓޫޓޯ ސްޕޯޓް' އިން ދޭން ފެށި މި އެވޯޑަކީ ޔޫރަޕުގައި ފުޓްބޯޅަ ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކަށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ވޯޓުދެނީ ނޫސްވެރިންނެވެ. މި އަހަރުގެ އެވޯޑަށް ވާދަކުރަނީ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އާއި ބާސާގެ ވިންގާރ އުސްމާން ޑެމްބެލޭގެ އިތުރުން މެންޗެސްޓާ ސިޓީގެ ފޯވާޑް ގެބްރިއެލް ޖީސަސްއެވެ.

މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރެއިން މި އެވޯޑު އެންމެ ބޮޑަށް ހައްގުވާ ކުޅުންތެރިޔަކީ ކިލިއަން އެމްބާޕޭ ކަމަށް ގިނަބަޔަކު ގަބޫލްކުރެއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި މޮނާކޯއަށް ކުޅުނު 41 މެޗުގައި 16 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ފްރާންސްގެ ގައުމީ ޓީމުންވެސް އޭނާ އަންނަނީ ގަވާއިދުން ފުރުސަތު ހޯދަމުންނެވެ. މޮނާކޯގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ފްރާންސްގެ ޕީއެސްޖީއިން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ގެންގޮސްފައެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން މިދިޔަ ޓްރާންސްފާ މާކެޓުގައި 105 މިލިއަން ޔޫރޯއަށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި އުސްމާން ޑެމްބެލޭވެސް ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޑޯޓްމަންޑަށް ކުޅުނު 32 މެޗުގައި އޭނާ ވަނީ ހަ ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެނަސް އޭނާއަށް ދިމާވި އަނިޔާގެ ބޮޑެތި މައްސަލަތަކުގެ ސަބަބުން އޭނާއަށް ބާސާގައި އޭނާގެ ކުޅުން އަދި ދެއްކިފައެއް ނުވެއެވެ.

މި އެވޯޑަށް ވާދަކުރާ އަނެއް ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖީސަސްއެވެ. ބްރެޒިލްގެ ޕަލްމެއިރާސްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސިޓީއިން ވަނީ މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި 33 މިލިއަން ޔޫރޯގެ ފީ އެއްގެ ދަށުން އޭނާ އެ ޓީމަށް ގެނެސްފައެވެ. ސިޓީއަށް ކުޅުނު 17 މެޗުގައި އޭނާ 13 ލަނޑު ޖަހާފައިވާއިރު އޭނާ އަންނަނީ ބްރެޒިލްގެ ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

"ޓޫޓޯ ސްޕޯޓް" އިން މި ކުޅުންތެރިން ޝޯޓްލިސްޓް ކޮށްފައިވަނީ 24 ކުޅުންތެރިންގެ ލިސްޓަކުންނެވެ. މި އެވޯޑަށް ޝޯޓްލިސްޓްކޮށްފައި ނުވާ ބައެއް ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑާއި ޑޯޓްމަންޑްގެ ކްރިސްޓިއަން ޕުލިސިޗްގެ އިތުރުން އޭސީ މިލާންގެ ގޯލްކީޕަރު ގިއަންލުއީޖީ ޑޮނަރޫމާ ހިމެނެއެވެ.

މިދިޔަ އަހަރު މި އެވޯޑު ހޯދި ކުޅުންތެރިޔަކީ ޕޯޗުގަލްގެ މިޑްފީލްޑާ ރެނާޓޯ ސަންޗޭޒްއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު