Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އާސެނަލް ގުނާލެވޭނެ: އެމެރީ

24 މެއި 2018 | ބުރާސްފަތި 13:39

ކްލަބްގެ އިސް ފަރާތްތަކުގެ ވިސްނުމާއި އޭނާގެ ވިސްނުން ވަރަށް އެއްގޮތް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މެއި 2018 | ބުރާސްފަތި 13:39
އުނައި އެމެރީ - އާސެނަލްގެ އައު ކޯޗު

އުނައި އެމެރީ - އާސެނަލްގެ އައު ކޯޗު

ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އަލުން އަނބުރާ އާސެނަލް ހިމަނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމައި އަލަށް ހަވާލުވި ސްޕެއިންގެ އުނައި އެމެރީ ބުނެފިއެވެ.

އާސެނަލްގެ ކޯޗުގެ މަގާމާއި ހާވަލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމެރީ ބުނީ އޭނާ އާސެނަލްއާއެކު ވާސިލްވާން ބޭނުންވާ ހިސާބު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ބޭނުންވަނީ ކްލަބްގެ ހުރިހާ ފަރާތަކާއެކު މަސައްކަތްކޮށް ކްލަބް އެހެން ހަރުފަތަކަށް ގެންދަން ކަމަށެވެ. އޭނާ ބުނީ ކްލަބާއެކު ކުރި ހުރިހާ މަޝްވަރާތަކުން ވެސް އެނގިގެންދިޔައީ ކްލަބްގެ އިސް ފަރާތްތަކުގެ ވިސްނުމާއި އޭނާގެ ވިސްނުން ވަރަށް އެއްގޮތްކަން ކަމަށެވެ.

އެމެރީ ބުނީ ބޭނުންވަނީ ހުރިހާ ފަރާތްތަކާއެކު ވެސް ރަނގަޅު ގުޅުމެއް ބާއްވަން ކަމަށާއި ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންނާއެކު ބުރަކޮށް މަސައްކަތް ކުރުމަށް ކަމަށެވެ. އޭނާ ބުނީ މިދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުން އާސެނަލްއަށް ފުރުސަތު ލިބިފައިނުވާ ކަމަށާއި އެހެންކަމުން އެންމެ މުހިންމު ކަމަކަށްވާނީ އަލުން އަނބުރާ ޕްރިމިއާ ލީގުގަައި އެންމެ މޮޅު ޓީމަށް އާސެނަލް ހަދައި އެ ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިދިނުން ކަމަށެވެ. އޭނާ ބުނީ އެހެން ބޮޑު ކްލަބްތަކުގައި ވެސް މަސައްކަތްކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް މިއީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެމެރީ އާސެނަލްގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ 22 އަހަރު ވެސް އެ ޓީމަށް އިރުޝާދުދިން އާސެން ވެންގާ އެމަގާމު ދޫކޮށްލަން ނިންމުމާއި ގުޅިގެންނެވެ. ވެންގާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެމެރީ ބުނީ އޭނާ ކްލަބްގައި ކޮށްފައިވާ މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި ދުނިޔޭގެ ހުރިހާ ކޯޗުންނަށް ވެސް ވެންގާއަކީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ. އެގޮތުން ފުޓްބޯޅައިގައި އޭނާގެ ކިބައިން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށާއި ވެންގާއަށް ފަހު އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވާން ފުރުސަތު ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށް އެމެރީ ބުނެފައިވެއެވެ.

1998 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު ވެސް ޗެމްޕިއަންސް ލީގުގައި އާސެނަލް ވާދަކުރަމުން އައި ނަމަވެސް މިދިޔަ އަހަރާއި މި ސީޒަނުގެ ޗެމްޕިއަންސް ލީގުން އެ ޓީމަށް ފުރުސަތު ލިބިފައެއް ނުވެއެވެ. ހަމައެހެންމެ އެ ޓީމަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ވެސް މި ދެ ސީޒަނުގައި ފުރުސަތު ލިބިފައެއް ނުވެއެވެ.

އެމެރީ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ ސެވިއްޔާ އަދި އަލްމޭރިއާ އާއި ވެލެންސިއާގެ އިތުރުން ރަޝިއާގެ ސްޕާޓަކް މޮސްކޯއަށް ވެސް އިރުޝާދުދީފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް