Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަސަން ސާއިދު

ބޮޑެތި ގައުމުތަކާ ވާދަކޮށް އޭޝިއާގެ ހަތަރު ވަނަ ސާއިދު ހޯދައިފި

ސާއިދު ހަތަރުވަނަ ހޯދީ 10.37 ސިކުންތުން ރޭސް ނިންމައިގެން

ލީވާން އަލީ
ލީވާން އަލީ | 7 ޖުލައި 2017 | ހުކުރު 19:49
އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން

އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން

ބޮޑެތި ގައުމުތަކާ ވާދަކޮށް އޭޝިއާގެ 100 މީޓަރު ދުވުމުން ހަތަރުވަނަ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފި އެވެ.

22 ވަނަ އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލް ހީޓުގައި ވާދަކޮށް ސާއިދު ހަތަރުވަނަ ހޯދީ 10.37 ސިކުންތުން ރޭސް ނިންމައިގެންނެވެ.

100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 10.25 ސިކުންތުން ރޭސް ނިންމި އިރާންގެ ހަސަން ޓަފިއާން އެވެ. ރިހި މެޑަލް 10.26 ސިކުންތުން ރޭސް ނިންމައިގެން ގަތަރުގެ ފެމީ ސެއުން ހޯދިއިރު، ލޯ މެޑަލް ހޯދީ 10.31 ސިކުންތުން ރޭސް ނިންމައިގެން ޗައިނީސް ޓައިޕޭގެ ޔަންގް ޗުން ޗަން އެވެ.

ފައިނަލުގައި ދުވެގެން 10.40 ސިކުންތުން ރޭސް ނިންމައިގެން ފަސްވަނަ ގަތަރުގެ ޓޮސިން ޖޯސެފް ހޯދިއިރު، ހަވަނަ ހޯދީ 10.45 ސިކުންތުން ރޭސް ނިންމައިގެން ޗައިނާގެ ޒޫ ހަޔަންގް އެވެ.

މުބާރާތުގެ ފައިނަލަށް ސާއިދު ދަތުރުކުރީ އޭނާ ވާދަކުރި އެއްވަނަ ހީޓްގެ ރޭސް 10.40 ސިކުންތުން ނިންމައިގެންނެވެ. އޭނާ އަށް ވާދަކުރި ހީޓުން ލިބުނީ ތިންވަނައެވެ.

ސާއިދު ވާދަކުރި ހީޓުގައި މެލޭޝިއާ، ތައިލޭންޑް، ޖަޕާން، އިރާގް، ހޮންކޮންގްގެ ދުވުންތެރިންވެސް ވާދަކުރި އެވެ. އެހެންނަމަވެސް ގިނަ ދުވުންތެރިން ފަހަތަށް ޖައްސާލުމަށްފަހު ސާއިދު ވަނީ ތިންވަނަ ހޯދާފައެވެ. އެއްވަނަ ގަތަރުގެ ދުވުންތެރިޔަކު ހޯދިއިރު، ދެވަނަ ހޯދީ ޗައިނާގެ ދުވުންތެރިޔެކެވެ.

ސާއިދު ސެމީ އަށް ދަތުރުކުރި ހީޓް ހައެއްގެ އެއްވަނަ ހޯދައިގެންނެވެ. ޖަޕާން، އަފްއާނިސްތާން އަދި ކަޒަކިސްތާންގެ ދުވުންތެރިން ފަހަތަށް ޖައްސާލުމަށްފަހު ސާއިދު ސެމީން ޖާގަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި މުބާރާތުގެ 100 މީޓަރު ދުވުމުގެ އަންހެން ސެމީފައިނަލުގައި ރާއްޖޭގެ އަފާ އިސްމާއިލްވެސް ވަނީ ވާދަކޮށްފައެވެ. އެހެންނަމަވެސް އޭނާ ދިޔައީ ވާދަކުރި ހީޓުގެ 8 ވަނަ އަށެވެ. އަފާ ރޭސް ނިންމާފައިވަނީ 12.79 ސިކުންތުންނެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ
06 އެޕްރީލު 2017

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

06 އެޕްރީލު 2017
ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި
01 އެޕްރީލު 2017

ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

01 އެޕްރީލު 2017
ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް
21 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު