Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސޮނޭވާ ޖާނީ

އޭޝިއާގެ އެންމެ ފުރިހަމަ ހޮޓާތަކުގެ "ގޯލްޑް 2020" ލިސްޓުގަ ރާއްޖޭގެ ސޮނޭވާ ޖާނީ

30 ޑިސެމްބަރު 2019 | ހޯމަ 18:08

ސޮނޭވާ ޖާނީ ރިސޯޓް ހުޅުވާފައިވަނީ 2016 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޑިސެމްބަރު 2019 | ހޯމަ 18:08
ސޮނޭވާ ޖާނީ

ސޮނޭވާ ޖާނީ

ކޮންޑެ ނާސްޓް ޓްރެވަލާ މަޖައްލާއިން ހޮވާ އޭޝިއާގެ އެންމެ ފުރިހަމަ ހޮޓާތަކުގެ "ގޯލްޑް 2020" ލިސްޓުގަ ރާއްޖޭގެ ސޮނޭވާ ޖާނީ ހިމެނިއްޖެއެވެ.

ޓޫރިޒަމް ދާއިރާގައި ނެރޭ އެންމެ ޒަމާންވީ އެއް މަޖައްލާ ކަމަށްވާ "ކޮންޑެ ނާސްޓް ޓްރެވަލާ" އިން ނެރުނު މިލިސްޓުގަ ސޮނޭވާ ޖާނީގެ އިތުރުން އަވަށްޓެރި އިންޑިއާގައި ހޮޓާތަކުގެ ގޮތުގަ ބޭނުންކުރާ ގަނޑުވަރުތައް ވެސް ހިމެނެއެވެ. އަދި ކޮމްބޯޑިއާގަ ހުންނަ ސޯންގް ސާންގް ޕްރައިވެޓް ރަށާއި، މެލޭޝިއާގެ ލަންކާވީގެ އެންމެ ރީތި ގޮޑުދޮށުގައި އިންނަ ދަ ދަތާއި ރިސޯޓު ވެސް މި ލިސްޓުގައި ހިމަނާފައިވެއެވެ.

މަޝްހޫރު ޓީވީ ޗެނަލް ސީއެންއެން އިން މިއަހަރުގެ ސެޕްޓެންބަރު މަހު ހޮވި، އިންސްޓަގްރާމް ކުރަން އެންމެ ހިތްގައިމު އަދި މަގްބޫލު ރިސޯޓުތަކުގެ ތެރޭގައި ސޮނެވާ ޖާނީ ހިމެނުނެވެ. އޭރުގަވެސް އެ ލިސްޓުގައި ރާއްޖޭގެ ރިސޯޓަކަށް ހިމެނިފައިވަނީ ހަމައެކަނި ސޮނެވާ ޖާނީ އެވެ.

އެންމެ މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ސޮނޭވާ ކުންފުނިން ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ޖާނީ ރިސޯޓް ހުޅުވާފައިވަނީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން 30 މިނިޓުން ސީޕްލޭންގައި ދެވޭ ސޮނޭވާ ޖާނީގައި އެކި ގައުމުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްތަކާއި ކްލަބް ހައުސްއަކާއި ސްޕާއަކާއި ސައިލެންޓް ސިނަމާއެއްގެ އިތުރުން، އޮބްޒަވޭޓަރީއެއް ވެސް ގާއިމްކޮށްފައިވެ އެވެ. މިއީ ރާއްޖޭގެ ރިސޯޓެއްގައި ސައިލެންޓް ސިނަމާ އެއް ހެދި ފުރަތަމަ ފަހަރެވެ.

މި ރިސޯޓްގެ އެންމެ ހިތްގައިމު ކަމަކީ ކޮޓަރީގެ އަދަދު މަދުކޮށް، ކޮޓަރިތަކުގެ މެދުގައި އޮންނަ ހުސް ޖާގަ ބޮޑުކޮށްފައިވުމެވެ. އެގޮތުން، މިއީ މުޅި ދުނިޔޭގައި ވެސް ބިމުގެ ނިސްބަތުން ކޮޓަރީގެ އަދަދު އެންމެ މަދު ރިސޯޓެވެ.

ކޮންޑެ ނާސްޓް މަޖައްލާ ކިޔުންތެރިންގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ. މި މަޖައްލާއިން ދޭ ބައެއް އެވޯޑުތައް މީގެ ކުރިންވެސް ރާއްޖޭގެ ރިސޯޓަކަށް ލިބިފައި އެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

18 މެއި 2018

ޓެސްލާއަށް 10 ބިލިއަން ޑޮލަރު ބޭނުންވޭ: ގޯލްޑްމޭން

18 މެއި 2018
ޓެސްލާއަށް 10 ބިލިއަން ޑޮލަރު ބޭނުންވޭ:  ގޯލްޑްމޭން
16 މެއި 2018

ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ

16 މެއި 2018
ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ
10 ޖެނުއަރީ 2018

"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

10 ޖެނުއަރީ 2018
 "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި
16 ޑިސެމްބަރު 2017

ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

16 ޑިސެމްބަރު 2017
ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!
05 ނޮވެމްބަރު 2017

"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

05 ނޮވެމްބަރު 2017
"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!
28 އޮކްޓޯބަރު 2017

"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ

28 އޮކްޓޯބަރު 2017
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ
11 އޯގަސްޓު 2017

ތައި އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

11 އޯގަސްޓު 2017
ތައި އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް