Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު ޕްރޮމޯޝަން

ބޮޑެތި އިނާމްތަކާއެކު ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް މިފަހަރު ވަރަށް ފުރިހަމަ

އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ކަސްޓަމަރަކަށް އުމުރާ ދަތުރެއް ލިބޭނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 16 މެއި 2018 | ބުދަ 14:30
ނޫސްވެރިންނަށް ޕްރޮމޯޝަންސްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ

ނޫސްވެރިންނަށް ޕްރޮމޯޝަންސްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ

ބޮޑެތި އިނާމްތަކާއެކު ދިރާގުން މިފަހަރު ރޯދަމަހަަށް ހާއްސަ ޕްރޮމޯޝަންތައް ފަށައިފިއެވެ.

މިފަހަރުގެ ރޯދަ ޕްރޮމޯޝަން އެންމެ ހާއްސަ ވެގެންދާ މައިގަނޑު ސަބަބަކީ އަލަށް ތައާރަފް ކުރެވުނު ޑޭޓޭ ޕެކްތަކާއެކު އެ ކުންފުނީގެ ކަސްޓަމަރުން ޑޭޓާ ޕެކްތައް ބައްލަވައިގަތުމަށް ހޭދަކުރައްވާ ހަރަދުގެ 10 އިންސައްތަ ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވިސްއަށް ހަދިޔާކުރަން ހަމަޖެހިފައިވާ ވުން ކަމަށް ދިރާގުން ބުނެފައިވެއެވެ.

އެގޮތުން ދިރާގުން ވަނީ މިފަހަރުގެ ރޯދަ މަހަށް ހާއްސަ ދެ ޑޭޓާ ޕެކެއް ތައާރަފްކޮށްފައެވެ. ދިރާގުން ބުނީ 1.5 ޖީބީ 120 ރުފިޔާއަށް ލިބޭއިރު 250 ރުފިޔާއަށް ހަތަރު ޖީބީ ލިބޭނެ ކަމަށެވެ. ހަމައެހެންމެ ޑޭޓާ ޕެކްތަކާއެކު މަގްބޫލު ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމަށް ހިލޭ އެއް ޖީބީ ލިބޭނެ ކަމަށް ވެސް ދިރާގުން ހާމަކޮށްފައިވެއެވެ.

ހަމައެހެންމެ ދިރާގުން ވަނީ މިފަހަރު ރޯދަ މަހު އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު ދެ މީހުންނަށް އުމުރާ ދަތުރެއް ދިނުމަށް ނިންމާފައެވެ.

ރާއްޖޭގައި އެންމެ މަގްބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރަމް މެދުވެރިކޮށް ވެސް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ހިންގާނެއެވެ. އެގޮތުން #RoadhaMoments ޖައްސަވައިގެން ރޯދަމަހުގެ އެކި މަންޒަރުތައް ހިއްސާކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވާލެވޭ ފަރާތަކަށް ދިރާގުން ގޯޕްރޯ ހީރޯ 6 ދޭން ވަނީ ނިންމާފައެވެ.

މީގެއިތުރުން ޓްވިޓަރ މެދުވެރިކޮށް ވެސް ދިރާގުން މި ރޯދަމަހު ހާއްސަ ޕްރޮމޯޝަނެއް ހިންގާނެއެވެ. އެގޮތުން ދިރާގުން ކޮންމެ ރެޔަކު 10 ޖަހާއިރު މެކްރޯ ފޮޓޯއެއް ޕޯސްޓްކުރާއިރު #Meekoacheh ހޭޝްޓެގް ޖެހުމަށްފަހު އެ ފޯޓޯގައި އިނީ ކޮންއެއްޗެއްކަން ގެސްކުރުމުން ކޮންމެ ހަފްތާއަކު އެންމެ ގިނަ ރަނގަޅު ޖަވާބް ދޭ ޓްވީޕަކަށް ފަސް ބޭފުޅުންގެ ރޯދަ ވީއްލުމެއް ސީހައުސް ރެސްޓޯރަންޓްއިން ހަދިޔާކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް "ދިވެހިންގެ ރަހަ" ނަމުގައި ދިރާގުން ކުރިޔަށް ގެންދިޔަ ތަފާތު ދިވެހި ކެއުންތައް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ ވީޑިއޯތައް މިއަހަރުގެ ރޯދަމަހުވެސް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަސް މެދުވެރިކޮށް ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

މިއަހަރުގެ ރޯދަމަހު ވެސް ސައުދީ އަރަބިއްޔާއަށް ހެޔޮ އަގުގައި ގުޅޭނެ ދޮރު ދިރާގުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ޕްރޮމޯޝަން ކޯޑް ޖެއްސެވުމަށްފަހު ސައުދީއަށް މިނެޓަކު އެންމެ 1.88 ރުފިޔާއަށް ގުޅޭނެ ކަމަށް ދިރާގުން ބުނެއެވެ. މި އޮފަރ ކުރިޔަށްދާނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހު ނިޔަލަށެވެ.

ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ދިރާގުގެ ކަސްޓަމަރުންނަށް ޒަކާތް ދެއްކޭނެ މަގު އެ ކުންފުނިން ވަނީ ފަހިކޮށްދީފައެވެ. ޕްރީޕެއިޑް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ހާމަކޮށްފައިވާއިރު އެ ހިދުމަތް ހޯއްދެވުމަށް ގުޅަން ޖެހޭނީ *123*8# ކަމަށް ދިރާގުން ބުނެފައިވެއެވެ. މިއަހަރު ވެސް ނަމާދު އެލާޓްގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.

ދިރާގުން ބުނީ ރޯދަމަހަކީ ހާއްސަ މަހަކަށްވުމާއެކު އެ ކުންފުނިން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ އަށް އިމްޕޯޓް ކޮށްފައިހުރި ހުރިހާ ކާބޯތަކެއްޗެއް ކްލިޔާކޮށް ނިންމާލައިފި

ރޯދަ އަށް އިމްޕޯޓް ކޮށްފައިހުރި ހުރިހާ ކާބޯތަކެއްޗެއް ކްލިޔާކޮށް ނިންމާލައިފި

01 ޖޫން 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު