Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެއާ އޭޝިއާ

ތައި އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ކޮންމެ ދުވަހަކު ބެންކޮކާއި ރާއްޖެއާ ދެމެދު ފްލައިޓެއް އޮންނާނެ

| 11 އޯގަސްޓު 2017 | ހުކުރު 14:52
ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓް ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަނީ

ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓް ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަނީ

ތައި އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ހުކުރު ދުވަހު އެވެ. ބެންކޮކާއި ރާއްޖެއާ ދެމެދު ދުވާލަކު ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ތައި އެއާ އޭޝިއާގެ ދަތުރުތައް ފެށުމާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފްލައިޓްގެ ދަތުރުތައް ފެށުމާއެކު، ރާއްޖެއަކީ އަގުބޮޑު މަންޒިލެއްގެ ގޮތުގައި ޓޫރިސްޓުން ދެކޭ ނަޒަރިއްޔާތަށް ބަދަލެއް އަންނާނެ ކަމަށެވެ.

ތައި އެއާ އޭޝިއާ އަކީ މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއާ އޭޝިއާގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ އެއާލައިންގެ ދަތުރުތައް މިހާރު ވެސް މެލޭޝިއާގެ ކުއަލަލަމްޕޫރުން ރާއްޖެ އަށް ކުރަމުން ގެންދެ އެވެ.

މިދިޔަ އަހަރު ތައިލެންޑުން ރާއްޖެއަށް 16،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 9،000 މީހުން ތައިލެންޑުން ޒިޔާރަތް ކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ބެންކޮކާއި މާލެއާ ދެމެދު މިހާރު ވެސް ދެ އެއާލައިނަކުން ދަތުރުކުރެ އެވެ. ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލެ އާއި ބެންކޮކާ ދެމެދު ދަތުުރުކުރާއިރު ބެންކޮކް އެއާ ވޭސް އިން ބެންކޮކާއި މާލެއާ ދެމެދު ދަތުރުތައް ކުރެ އެވެ.

ތައި އެއާ އޭޝިއާ އިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ކުރުމުގެ ހުއްދަ ދިން އިރު، މިހާރު ވެސް ރާއްޖެ އަށް 28 އެއާލައިނަކުން ދަތުރުކުރެ އެވެ. އެ އެއާލައިންތަކުން ވަނީ ރާއްޖެއާ ދުނިޔޭގެ 34 މަންޒިލަކާ ގުޅުވައިދީފަ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު