Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ

އުރީދޫގެ ޢާންމު ހިއްސާދާރުންގެ ޑިރެކްޓަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީ އިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2019 | ހޯމަ 12:04
އުރީދޫގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން

އުރީދޫގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން

އުރީދޫ މޯލްޑިވްސް އިން ޢާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިފިއެވެ.

އުރީދޫ އިން ބުނީ ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބަލާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ މާރޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާއެކު، ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގަ ބޯޑަށް އިންތިޚާބުކުރަން ޝަރުޠު ހަމަވާ ފަރާތްތަކުގެ މަޢުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ޢާންމުކޮށް އަންގާ އިޢުލާނު ކުރާނެ ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ އަހަރީ ޢާންމު ޖަލްސާގެ ތެރެއިން ހިއްސާދާރުންގެ ވޯޓުން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރެވިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގަ ހުންނަންޖެހޭ ޝަރުޠުތަކަކީ:

އުރީދޫ އިން ބުނީ 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ބާއްވާފައިވާ ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާގައި ހިއްސާދާރުން އިޞްލާޙު ކުރަން ފާސްކޮށްފައިވާ، ކުންފުނީގެ ހިންގާ ޤަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ޢާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަޤާމުގަ ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ ޢާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ ޢާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. އެހެންކަމުން، 2020 ވަނަ އަހަރުގެ މާރޗު މަހު ބާއްވާ އަހަރީ ޢާންމު ޖަލްސާގައި އިންތިޚާބު ކުރާ ޑިރެކްޓަރު، އެ މަޤާމުގަ ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ ޢާންމު ޖަލްސާއާ ހަމައަށް ކަަމަށް އުރީދޫ އިން ބުނެއެވެ.

ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓްhttp://www.ooredoo.mv/investors/އިން ލިބެން އެބަހުއްޓެވެ. އަދި، ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ.ސަންލީޓު (5 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ، އިން ހަފުތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ (އާދިއްތަ އިން ބުރާސްފަތި ދުވަހަށް) ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭނެ ކަމަށް އުރީދޫ އިން މަޢުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި

09 އޯގަސްޓު 2017
އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

06 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

31 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު