Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޫރިދޫ މޯލްޑިވްސް

އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

9 އޮގަސްޓްގައި ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 6 އޯގަސްޓު 2017 | އާދީއްތަ 11:45
އޫރިދޫ މޯލްޑިވްސްގެ

އޫރިދޫ މޯލްޑިވްސްގެ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގެ ދަށުން، އޫރިދޫ މޯލްޑިވްސްގެ ޙިއްޞާތައް އެކަށައަޅައި، ޙިއްޞާތައް ޙިއްޞާދާރުންގެ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާ ކަމަށް އޫރިދޫއިން ހާމަކޮށްފިއެވެ.

އެކުންފުނިން ބުނީ ޙިއްޞާތައް އެކަށައެޅިފައިވާ ކަމާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން ބަޔާންކޮށް ކޮންމެ ޙިއްޞާދާރަކަށް ރަސްމީ ލިޔުމެއް ފޮނުވިފައިވާ ކަމަށެވެ.

މި ލިޔުން ފޮނުވިފައިވާނީ ޙިއްޞާ ގަތުމަށްޓަކައި ޙިއްސާދާރުން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ޙިއްޞާ ގަތުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމު ބަލައިގަނެ ޙިއްޞާ އެކަށައަޅައި ދެވިފައި ނުވާ ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ބުންޏެވެ.

ރިފަންޑް ކުރެވޭ ފައިސާ ޖަމާކުރެވޭނީ ޙިއްޞާ ގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގައި ވާގޮތުގެމަތިން އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، 9 އޮގަސްޓް 2017 ވަނަ ދުވަހުން ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު