Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުކަށި ފިކުރު

ތަންފީޒީ އިދާރާތަކަށް ދީފައިވާ ބާރާ އެއްވަރަށް ހަރުކަށި ފިކުރާ ދެކޮޅަށް ފިޔަވަޅެއް ނޭޅޭ: ޝަހީމު

30 ޑިސެމްބަރު 2019 | ހޯމަ 06:58

ހަރުކަށި ފިކުރު ހުއްޓުވުމަށް މަޖިލީހުން ތަންފީޒީ އިދާރާތަކަށް ދޭން ބޭނުންވެދާނެހެން ހީވާ ބާރެއްވެސް ވަނީ ދީފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 30 ޑިސެމްބަރު 2019 | ހޯމަ 06:58
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

ހަރުކަށި ފިކުރާ ދެކޮޅަށް އެދެވޭ މިންވަރަކަށް ފިޔަވަޅު މިހާތަނަށްވެސް އެޅިފައިވާ ކަމަށް ދެންނެވެން ނެތްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރ ޙުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރާއި ދެކޮޅަށް އަދި އެ ފިކުރު ފަތުރާ ބޮޑުން ހައްޔަރުކުރުމަށް ފުލުހުންގެ އިދާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައި ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގަ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އަމިއްލަފުޅަށްވެސް ގަބޫލުކުރެވޭގޮތުގައި ހަރުކަށި ފިކުރާ ދެކޮޅަށް އެންމެ އެދެވޭ މިންވަރަކަށް މިހާތަނަށް ފިޔަވަޅު އެޅިފައިނުވާކަމަށާއި, ނަމަވެސް އެ ކަންކަން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ތަންފީޒީ އިދާރާތަކަށް ދޭން ބޭނުންވެދާނެހެން ހީވާ ބާރެއްވެސް ދީފައިވާކަމަށެވެ.

Advertisement - newsAdvertisement

ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ މީހުން ސިފަކުރަނީ، ދީނަށް އުޅޭ ފަރާތެއް ދީނަށް އުޅެގެންނާއި ފަސްވަގުތު ނަމާދުކޮށް ސުންނަތް ރޯދަ ހިފާމީހާއަށް ނޫންކަމަށާއި, ކަނޑައެޅިގެން ތަފާތު ކުށްތަކަށް އަރައިގަނެ އެތަކެއް ތުހުމަތުތަކެއް ކުރެވިފައިވާ މީހުން ޝަހްސުއޮޅުވައި ދީންވެރިމީހެއްކަމަށް ހެދިގެން އަނެއްކާވެސް ކުރިން ކުރި ނުބައިކަންތަކުގައި އުޅޭ މީހުންނަށްކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ދީނުގައި އަންގަވާފައިވާ ގޮތާއި ހިލާފަށް މައުލޫމާތު ފަތުރައި ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ޖާނުންފިދާވުމުގެ ހަމަލާތަކަށް ހިއްވަރުދީ ރާއްޖޭގައިވެސް މީހުން މެރުމުގައި ތަމްރީނުކޮށް ހިއްވަރުދީ އެފަދަ ވާހަކަތައް ދައްކާ މީހުންނަކީ ހަރުކަށި ވިސްނުން ފަތުރާމީހުންކަމަށެވެ.

ހަރުކަށި ފިކުރުތައް ފަތުރާމީހުން ރެއާއި ދުވާލު އިންޓަރނެޓްގެ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި، ސިއްރިއްޔާތުގައި އެފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ، އެމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށާއި މި ކަންކަމަށް ސަމާލުވުމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)އިން މީގެކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށާއި، ހަރުކަށި ފިކުރު ގަބޫލުނުކުރާ މީހުންގެ މުދަލާއި ނަފްސު އަދި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއް ކަމަށް ޤަބޫލުކުރުމުގެ އިތުރުން، ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އަދި އެމީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ހުއްދަކަމެއް ކަމަށް ޤަބޫލުކޮށް، އެ ފިކުރު ފަތުރާ ފަރާތްތައް ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ޖޫން 2017

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

02 ޖޫން 2017
ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
02 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

02 އެޕްރީލު 2017
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް