Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ އަތޮޅު ޤުރުއާން މުބާރާތް

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017 | ހޯމަ 17:12

މުޅިމުބާރާތުން އެއްވަނަ ލިބުނީވެސް ވައިކަރދޫ ފައިހާ ޢަބްދުﷲ އަޤީލަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 މާރިޗު 2017 | ހޯމަ 17:12
ޤުރުއާން މުބާރާތުގައި ބައިވެރިވި ވައިކަރަދޫ ޓީމު

ޤުރުއާން މުބާރާތުގައި ބައިވެރިވި ވައިކަރަދޫ ޓީމު

ހދ އަތޮޅު ނެއްލައިދޫގައި ބާއްވާ އެއަތޮޅު އެންމެ ބޮޑު އަތޮޅު ޤުރުއާން މުބާރާތްގެ އެއްވަނަ ވައިކަރަދޫ ހޯދައިފި އެވެ.

މިއީ ވައިކަރަދޫ މި މުބާރާތް ވިދިވިދިގެން ކާމިޔާބުކުރި 4 ވަނަ ފަހަރެވެ.

މި މުބާރާތުގެ ދެވަނަ ހަނިމާދޫ ހޯދާފައިވާއިރު 3 ވަނަ ހޯދާފައިވަނީ ކުޅުދުއްފުއްޓެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހުސެއިން ރަޝީދެވެ.

މިމުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންވަނީ ހޮވާފަ އެވެ. އެންމެ މޮޅު 15 ދަރިވަރުންނަށް ހޮވިފައިވަނީ ވައިކަރަދޫގެ ދަރިވަރުން ކަމަށްވާ އަހުމަދު އަރުޝަމްއާއި ފާތުމަތު ޝައުރާއާއި މަރްޔަމް ޝިދުރާ ޝަފީޤާއި ފައިހާ އަބުދުﷲ އަޤީލްގެ އިތުރުން އެރަށު އަހުމަދު އިޔާދުއާއި ޔޫޝައު ބިން މުހައްމަދު ހިލްމީއެވެ. އަދި ހަނިމާދޫ މަރްޔަމް އިބާ އާއި މާލޭގެ ދަރިވަރުން ކަމަށްވާ ރާޔާ އަންވަރުގެ އިތުރުން އާޔަން އިބުރާހިމެވެ. އެންމެ މޮޅު 15 ދަރިވަރުންގެ ތެރޭގައި ނޮޅިވަރަންފަރު ދެދަރިވަރުން ކަމަށްވާ އާއިޝަތު ނުރާ އަލީ އާއި އަހުމަދު ހަލަފްގެ އިތުރުން ނެއްލައިދޫ ހުސެއިން ޔާނިމްއާއި މަކުނުދޫ އާއިޝަތު އީލާފް އަލީ ނަސީރު އަދި ނޮޅިވަރަމް ޝައްމާ މުހައްމަދާއި މާޔާ މުހައްމަދުވެސް 15 ދަރިވަރުންގެ ތެރޭގައި ހިމެނެއެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ، ވައިކަރަދޫ ފަލްކަމް، ފައިހާ އަބުދުﷲ އަޤީލެވެ، ދެވަނަ ހޯދީ މަކުނުދޫ ރޯޝަނީއާގެ، އާއިޝަތު އީލާފް އަލީ ނަސީރެވެ. 3 ވަނަ ހާސިލްކުރީ ނޮޅިވަރަމް ގަހާ، ޝައްމާ މުހައްމަދެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ ވައިކަރަދޫ ގުރަހާތަރި، އަހުމަދު އަރުޝަމެވެ. 2 ވަނަ ހޯދައިފައިވަނީ ހަނިމާދޫ އެނގަކުރި، މަރްޔަމް އިބާ އެވެ. 3 ވަނަ ލިބިފައިވަނީ ވައިކަރަދޫ ކަނބުރު، ފާތިމަތު ޝައުރާ މުހައްމަދު ޝަފީޤަށެވެ.

މިއަހަރުވެސް ޤުރުއާން މުބާރާތުގައި ރަންވަނަތައް ހާސިލްކޮށްފައިވަނީ ވައިކަރަދޫގެ ދަރިވަރުންނެވެ.

މުޅި މުބާރާތުގެ އެއްވަނަ ހާސިލް ކޮށްގެން އަސްކޮއި ހައްޖު އުމްރާއިން ދޭ އުމުރު ދާތުރު ލިބިފައިވަނީ ފައިހާ ޢަބްދުﷲ އަޤީލްއެވެ. އެވެސް ވައިކަރަދޫ ދަރިވަރަކެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް