Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ ނައިވާދޫ

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

އިނާމް ތަކުގެ ތެރޭގައި ދެ އުމުރާ ދަތުރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 ޖޫން 2017 | ހުކުރު 17:09
ނައިވާދޫ ޤުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ

ނައިވާދޫ ޤުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ

ހދ އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުހުރި އިނާމްތައް ދޭ ޤުރުއާން މުބާރާތް އެއަތޮޅު ނައިވާދޫގައި ފަށައިފިއެވެ.

ނައިވާދޫ ޒުވާނުން އިސްނަގައިގެން ހުކުރު ދުވަހު މެންދުރު ފަހު ފެށި މިޤުރުއާން މުބާރާތުގައި ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ އިނާމް ތަކުގެ ތެރޭގައި ދެ އުމުރާ ދަތުރާއި، ބެޑް ރޫމް ސެޓަކާއި ލެޕްޓޮޕް އަދި އައިޕެޑް ފަދަ އަގުހުރި އިނާމްތައް ހިމެނެއެވެ.

ބައިވެރިވާ ކޮންމެ ދަރިވަރަކަށް ޚަތިމަކާއި ގިފްޓް ޕެކެއްވެސް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 64 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށް މި ޤުރުއާން މުބާރާތް ކުރިއަށް ގެންދަނީ ޖުމްލަ 4 އުމުރު ފުރައަކަށް ބަހާލައިގެންނެވެ.

"ނައިވާދޫ ޤުރުއާން މުބާރާތް 1438" ގެ ނަމުގައި ކުރިއަށް ގެންދާ މިމުބާރާތް ނައިވާދޫ ސްކޫލުގައި ހުކުރު ދުވަހު ފަށާފައިވާއިރު މުބާރާތުގެ ކިޔެވުން ހޮނިހިރު ދުވަހުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަޖުން މުބާރާތް އިންސާފް ކުރައްވާއިރު މުބާރާތުގެ ނަތީޖާ ފާޅު ކުރުމާއި ވަނަވަނައަށް ހޮވޭ ދަރިވަރުންނަށް އިނާމާއި ތަށި ދިނުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ އެކަމަށް ޚާއްޞަކޮށްގެން ބާއްވާ ހަފްލާއެއްގައެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މިއީ ނައިވާދޫގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖްވީދު މަގުން ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު