Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓިކްޓޮކް

އައު އަހަރާ ދިމާކޮށް ޝިލްޕާ ޓިކްޓޮކްއާ ގުޅެނީ

އައު ކަމެއް ކުރަން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2019 | އާދީއްތަ 13:52
ޝިލްޕާ ޝެޓީ

ޝިލްޕާ ޝެޓީ

މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ އައު އަހަރާ ދިމާކޮށް މަޤުބޫލު އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކްއާ ގުޅެން ނިންމައިފިއެވެ.

ޝިލްޕާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ އައު އަހަރާ ދިމާކޮށް މުޅިން އައު ކަމެއް ކުރަން ނިންމާފައިވާ ކަމަށެވެ. ޓިކްޓޮކާ ގުޅެން ނިންމީ ސަޕޯޓަރުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ކަމަށް ޝިލްޕާ ބުންޏެވެ.

އަދި ޓިކްޓޮކްގެ ވީޑިއޯއަށް އިންތިޒާރުކުރުމަށް ޝިލްޕާ އެދިފައިވާތީ އޭނާގެ ސަޕޯޓަރުން މިހާރު ތިބީ އިންތިޒާރުގައި ކަމަށް އިންޑިއާގެ ބޮލީވުޑް ޚަބަރު ފަތުރާ ނޫސްތަކުން ބުނެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގަ ޓިކްޓޮކްގެ އެހީގައި އެކި މީހުންގެ ހުނަރުތައް ހިއްސާ ކުރަމުންދާއިރު، ޝިލްޕާމެން ފަދަ މަޝްހޫރު ފަންނާނުން މިއެޕްލިކޭޝަނާއި ގުޅެން ނިންމުމަކީ ޓިކްޓޮކްއަށާއި، އަދި ޓިކްޓޮކްގައި ހުނަރުތައް ދައްކަމުންދާ ފަންނާނުންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ބައެއް ޢާންމުންދަނީ ބުނަމުންނެވެ.

ގިނަބައެއްގެ ލޯބި ހޯދައިފައިވާ ޝިލްޕާވަނީ 13 އަހަރު ދުވަސް ވަންދެން ބޮލީވުޑްއާ ދުރުގައި އުޅުމަށްފަހު ނިކަންމާ ކިޔާ ފިލްމަކުން ވަރަށް އަވަހަށް ފެނިގެންދާނެކަން ހާމަކޮށްފައެވެ.

ޝިލްޕާ ދާދިފަހުން ވަނީ ޑާންސް ރިއަލިޓީ ޝޯ "ސުޕަރ ޑާންސް ޗެޕްޓަރ 3" ގެ ފަނޑިޔާރުކަން ކޮށްފައެވެ.

ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ފިލްމް " އަޕްނޭ" އިންނެވެ. މި ފިލްމުގައި ޝިލްޕާ އާއެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދަރްމެންދްރާއާއި، ސަނީ ޑިއޯލްއާއި، ބޮބީ ޑިއޯލްގެ އިތުރުން ކެޓްރީނާ ކައިފް އެވެ.

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

ވިދްޔާ ބާލަންގެ އައު ފިލްމު ރިލީޒް ނުކުރަނީސް 5 ކްރޯރްގެ ފައިދާއެއް

15 ނޮވެމްބަރު 2017
ވިދްޔާ ބާލަންގެ އައު ފިލްމު ރިލީޒް ނުކުރަނީސް 5 ކްރޯރްގެ ފައިދާއެއް
09 އޮކްޓޯބަރު 2017

ރާނީ އަށް އައުޓްސްޓޭންޑިން އެވޯޑެއް ލިބިއްޖެ

09 އޮކްޓޯބަރު 2017
ރާނީ އަށް އައުޓްސްޓޭންޑިން އެވޯޑެއް ލިބިއްޖެ
01 އޮކްޓޯބަރު 2017

އަމީތާބްގެ "102 ނޮޓް އައުޓް" ޑިސެމްބަރ 1 އަށް ފަސްކޮށްފި

01 އޮކްޓޯބަރު 2017
އަމީތާބްގެ "102 ނޮޓް އައުޓް" ޑިސެމްބަރ 1 އަށް ފަސްކޮށްފި
25 ސެޕްޓެމްބަރު 2017

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން އާރކުން ކުރެހުމުގެ މުބާރާތެއް ފަށައިފި

25 ސެޕްޓެމްބަރު 2017
އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން އާރކުން ކުރެހުމުގެ މުބާރާތެއް ފަށައިފި
04 ޖުލައި 2017

އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

04 ޖުލައި 2017
އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު