Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރާނީ މުކްރަޖީ

ރާނީ އަށް އައުޓްސްޓޭންޑިން އެވޯޑެއް ލިބިއްޖެ

ރާނީ އަށް މި އެވޯޑް އެރުވީ މޮރިޝަޝްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރް ޖަގްނައުތް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އޮކްޓޯބަރު 2017 | ހޯމަ 07:05
ރާނީ މުކްރަޖީ މޮރިޝަޝްގެ ބޮޑުވަޒީރާއެކު

ރާނީ މުކްރަޖީ މޮރިޝަޝްގެ ބޮޑުވަޒީރާއެކު

ބޮލީވުޑްގެ ތަރި ރާނީ މުކްރަޖީއަށް "އައުޓް ސްތޭންޑިން ކޮންޓްރިބިއުޝަން ޓު ސިނަމާ އެވޯޑް" ލިބިއްޖެއެވެ.

އޭނާއަށް ލިބުނު މި އެވޯޑަކީ މޮރިޝަޝްގެ ސަރުކާރުން އެ ގައުމުގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މޮރިޝަޝް ސިނަމާ ވީކް" ގެ ތެރެއިންނެވެ.

ރާނީ އަށް މި އެވޯޑް އެރުވީ މޮރިޝަޝްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރް ޖަގްނައުތް އެވެ.

"މޮރިޝަޝް ސިނަމާ ވީކް"އަކީ މޮރިޝަސްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ބޭއްވި ޚާއްސާ ފިލްމް ފެސްޓިވަލެކެވެ.

އެވޯޑާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ރާނީ ބުނީ އޭނާއަށް އެ އެވޯޑް ލިބުމުން ފަޚުރުވެރިވާކަމަށާއި އޭނާއަށް އެފަދަ ޝަރަފެއް އެރުވީތީ ޝުކުރު އަދާކުރާކަމަށެވެ. އަދި އޭނާ އެކްޓު ކޮށްފައިވާ "ކުޗްކުޗް ހޯތާހޭ"، "ބިއްޗޫ"، އަދި "ހެލޯ ބްރަދާ" ގެ ބައެއް މަންޒަރުތައް މޮރިޝަޝްގައި ނަގާފައިވާ ކަމަށާއި އޭނާއަށް މޮރިޝަޝްގެ ސަގާފަތް ވަރަށް ކަމުދާކަމަށް ރާނީ ބުންޏެވެ.

ރާނީ ވިހެއުމަށްފަހު އެނބުރި އަންނަ ފިލްމު ކަމަށްވާ "ހިޗްކީ" ސިނަމާތަކަށް އަންނާނީ އަންނަ ފެބްރުއަރީގައެވެ.

އުމުރުން 39 އަހަރުގެ ރާނީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރ އަތިތުޔާ ޗޮޕްރާއާއި ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

"ޓިއުބްލައިޓް" ޓްރެއިލާ އާންމު ކުރާނީ މެއި 10 ގައި

25 އެޕްރީލު 2017
"ޓިއުބްލައިޓް" ޓްރެއިލާ އާންމު ކުރާނީ މެއި 10 ގައި
09 އެޕްރީލު 2017

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
22 މާރިޗު 2017

"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް

22 މާރިޗު 2017
"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް
06 މާރިޗު 2017

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

06 މާރިޗު 2017
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
01 މާރިޗު 2017

ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް

01 މާރިޗު 2017
ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު