Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ރެކޯޑް އަދަދެއްގެ މަޝްރޫއުތަކާއެކު، އައު ސަރުކާރަށް ކާމިޔާބު އަހަރެއް!

29 ޑިސެމްބަރު 2019 | އާދީއްތަ 12:16

ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 83 އިންސައްތަ ވައުދުތައް ފުއްދުނު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 29 ޑިސެމްބަރު 2019 | އާދީއްތަ 12:16
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރެއްވީ ގިނަ ވައުދުތަކަކާއެކުގައެވެ. އެ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ. އައު ސަރުކާރުގެ މީލާދީ ފުރަތަމަ އަހަރު ނިންމާލާއިރު، 2019 ވަނަ އަހަރަކީ އައު ސަރުކާރަށް ކާމިޔާބު އަހަރެކެވެ. ވައުދުތައް ފުއްދި، ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށި އަހަރެކެވެ. ނިމުނު ސަރުކާރުތަކަށް ގޮންޖަހައި، ދަތިތަކާއި، އުނދަގުލުގެ ތެރޭގައި ރެކޯޑްތަކެއް ހާސިލްކުރި ސަރުކާރެކެވެ.

ހިސާބުތަކުން ފެންނަން ހުރި އަދަދުތަކުން އެކަނިވެސް، އައު ސަރުކާރުގެ ކާމިޔާބީތަކާއިމެދު ސުލާވު އުފައްދާނެ ޖާގައެއް ނެތެވެ. ރާއްޖޭގެ ތާރީހުގައިވެސް އައު ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ތަރައްޤީގެ މަސައްކަތްތަށް ނުފަށާ މިންވަރަށް، ތަރައްޤީގެ މަސައްކަތްތައް ފަށައި، އަހަރު ނިންމާލާއިރު ރާއްޖޭގެ އެކި ރަށްތައް ހިމެނޭގޮތަށް 91 ރަށެއްގައި 118 މަޝްރޫއެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ހިސާބުތަކާއި އަޅާބަލާއިރު މިއީ ރެކޯޑް އަދަދެކެވެ.

2019 ވަނަ އަހަރު ސަރުކާރުގެ ކާމިޔާބީތަކަށް ބޮޅެއް އިތުރުކޮށްދިނީ ސަރުކާރުގެ 100 ދުވަހުގެ ވައުދާއެކު އެވެ. ސަރުކާރުގެ 100 ދުވަސް ނިންމާލީ، ވައުދުތަކުގެ ތެރޭގައި ހިމެނުނު 83 އިންސައްތަ ވައުދުތައް ފުރިހަމަކުރުމަށްފަހު އެވެ. އޭގެތެރެއިން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުން މިހާރުވެސް 5000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާއިރު، ފުރަތަމަ ސެމިސްޓަރގާއި މަދު ސުކޫލަކާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި އަހަރު ނިންމާލިއިރު ސަރުކާރުގެ 112 ސުކޫލެއްގައި ވަނީ މިޕްރޮގްރާމް ފަށާފައެވެ.

އެސްއެމްއީ ބޭންކާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ދިރިމެއް ގެނެސްދިންއިރު، މެޓަނިޓީ ލީވް ދޭން ފެށީވެސް 2019 ވަނަ އަހަރުގަ އެވެ. މިއީ ސަރުކާރުން ހޯދި ކާމިޔާބީތަކެވެ.

އަހަރު ނިންމާލަން ދުވަސްކޮޅަކަށްވިއިރު ސަރުކާރުގެ ކާމިޔާބީތަކުގެ ލިސްޓަށް ބޮޅު އިތުރުކޮށްދިނީ ލާމަރުކަޒީ ނިޒާމަށް ގެނައި ބޮޑު ބަދަލާއެކު އެވެ. ޤާނޫނު އަސާސީ އާއި ޤާނޫނުވެސް ވަނީ އިސްލާހުކޮށްފަ އެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއްދީ، މަރުކަޒީ ސަރުކާރުގެ ވައްޓަފާޅި ނިމުމަކަށް ގެނައުމުގެ މަސައްކަތް ވަނީ ފަށައިގެންފަ އެވެ.

ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްފެށި ޕްރޮގްރާމާއެކު ދަމާލި ބޮޑެތި ކިއޫތަކުގެ ވާހަކައަކީވެސް، ސަރުކާރު ކާމިޔާބީގެ ލިސްޓަށް އިތުރުވާނެކަންކަމެވެ. ކުށުގެ ވެށިގައި ހިންގަމުންގެންދިޔަ ކަންކަން މަދުކުރުމަށް ފެށި މަސައްކަތުގައިވެސް ސަރުކާރުން ކާމިޔާބު އައްސޭރިއަކަށް ވާސިލްވިއިރު، ކުށުގެ އަދަދު ވަނީ 50 އިންސައްތަ ދަށްކޮށްފަ އެވެ. މިހެންގޮސް ކިތަންމެ ކާމިޔާބެއްގެ ވާހަކަ ސަރުކާރުގެ އައު އަހަރުގެ ކާމިޔާބީގެ ލިސްޓަށް އެއްކުރެވިދާނެއެވެ.

2019 ވަނަ އަހަރުގައި ފެނުނު މަންޒަރާއެކު ރައްޔިތުންނަށް ޔަޤީންކޮށްދިން ކަމަކީ ސަރުކާރަކީ ވައުދުވެ، އެ ވައުދު ފުއްދުމުގެ މަސައްކަތްކުރާނެ ސަރުކާރެއްކަމެވެ. ވައުދަކީ ހަމައެކަނި ލިޔެކިޔުމުގައި އޮންނަ އެއްޗެއްގެ ގޮތުގައި އޮތް އޮތުމަށް ނިންމުމެއް ގެންނާނެކަމެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
14 ޖޫން 2017

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017
ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
07 މެއި 2017

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
01 މެއި 2017

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
02 ފެބުރުއަރީ 2017

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް