Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކައުންސިލް އިންތިޚާބު

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ކައުންސިލް އިންތިޚާބުގައި ގިނަ ރައްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފަ

ރާއްޖެ އެމްވީ | 7 މެއި 2017 | އާދީއްތަ 19:12
ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމުގެ ތެރެއިން

"އަޅުގަނޑު ވިއްކާނެ އެއްޗެއް ނެތް، އަޅުގަނޑު ނެތް ދައްކާނެ ވާހަކައެއް. މި އަންނަ ތަރައްގީ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ. ރައްޔިތުންގެ އިހްސާންތެރި ކަމެއް ހުރިނަމަ، އެއަށް މާކްސް ދެއްވާނެ،"

މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ 36 ގަޑީރެއްހާއިރު ކުރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ބަސްފުޅެވެ.

ކައުންސިލް އިންތިޚާބު ނިމި، ވޯޓު ފޮށިތަކުގެ ނަތީޖާ ހާމަވަމުންދާއިރު، އެ ނަތީޖާ ފެންނަގޮތުން، ރައީސްގެ އެ ވިދާޅުވާގޮތުންނަމަ ރައްޔިތުންގެ އިހުސާންތެރިކަމެއް ނެތެވެ. އެއްވެސް މިންވަރަކަށް ހަމަ ނެތީއެވެ.

ރައްޔިތުންގެ އިހުސާންތެރިކަމެއް ހުރިނަމަ، ވޯޓުގެ ދެދުވަސްކުރިން ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފައި އޮއްވައި ގއ. ވިލިނގިލީ ރައްޔިތުން ތަރައްޤީއަށް ސުން މާކްސް ނުދިނީހެވެ. މަގުތަކުގައި ތާރުއަޅައި، ރަށުގައި ބޮޑު ސިންގާހާ އެއާޕޯޓެއް އަޅަމުންދަނިކޮށް، ދ. ކުޑަހުވަދޫ ރައްޔިތުން ތަރައްޤީއަށް ސުން މާކްސް ނުދިނީހެވެ.

ރައްޔިތުންގެ އިހުސާންތެރިކަމެއް ހުރިނަމަ، އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް، އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުން، އެ ދާއިރާއިން ސަރުކާރު ލަދުގަންނަ ވަރަށް ވޯޓު އެޑައި އެޑައި ސޯބެ ނުހޮވީހެވެ.

ފުރަ މާލޭގެ ރައްޔިތުންގެ އިހުސާންތެރިކަމެއް ހުރިނަމަ، މާލެ-ހުޅުލެ ބްރިޖު އަޅައި ނިންމަނިކޮށް ހުޅުހެންވޭރު ދާއިރާ އޭޑީއަށްވެސް ނުދިނީހެވެ.

މި ދެންނެވުނީ އަދި މަދު ރައްޔިތުންކޮޅެއްގެ ވާހަކައެވެ. ސަރުކާރުން ތަރައްޤީގެ ޓެގު އަޅުވައި މަޝްރޫޢުތައް ފަށާފައިވާ ގިނަ ރަށްރަށުން ސަރުކާރަށް ދިނީ ހަމަ ބޮޑު ސުމެކެވެ. އަދި ވަކިން ސަރުކާރުގައި ނަންހިނގާ، މަތީފަޑީގެ ބޭބޭފުޅުންގެ ދާއިރާތަކުން ސަރުކާރު ބަލިކުރީ ލަދުވެތި ގޮތަކަށެވެ. ވަލިއްޔުލްއަމްރުގެ މައިފުށު ފަސްގަނޑުންވެސް ބުނީ ހޯހޯއޭއެވެ.

އިންތިޚާބުގެ ނަތީޖާ ނުކުތްގޮތުން ސަރުކާރުން ދެން ކޮންމެ އެއްޗެކޭ ކިޔަސް، ރައްޔިތުން އެވަނީ އެބުނާ ތަރައްޤީއަށް ސުމެއް ދީފައެވެ. ބޮޑު އަކުރުން ނޯ ޖަހާފައެވެ.

އެވީ ގޮތަކީ ތޯއެވެ؟ ރައްޔިތުންނަށް ތަރައްޤީ ވިސްނުނީއެވެ. ހަޤީޤީ ތަރައްޤީއަކީ ބޮޑުހިލައާއި ނެރުބައްތިން ގެނެވޭނެ އެއްޗެއް ނޫން ކަމަށާ، ތަރައްޤީ އަކީ އިންސާފާއި، ތަހުޒީބާއި، ބަސްބުނުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޔަޤީންވުމާއި، އަސާސީ ޚިދުމަތްތައް ކަށަވަރުވުންކަން ރައްޔިތުންނަށް ވިސްނުނީއެވެ.

ރައްޔިތުން އެވަނީ ބްރިޖަކުން، ބޮޑު ހިލައަކުން، ނަރުދަމާ ނިޒާމަކުން ލޯބި ނުލިބޭނެކަން ހާމަކޮށްފައެވެ. ލޯތްބަކީ ލޯބި ދީގެން ލިބޭ އެއްޗެކެވެ. ފަށުވި އިބާރާތުން ހޭޓް ސްޕީޗް ދެއްވީމާ ދެންވާނެ ގޮތަކީ ލޯކަލް ކައުންސިލް އިންތިކާބުގައި މިވީ ގޮތެވެ.

އިންތިކާބުގައި ރައްޔިތުން ސަރުކާރަށް ސުން މާކްސް ދިން އެހެން ސަބަބެއްވެސް އެބައޮތެވެ. އިހުސާންތެރިވާން ނޭނގުމެވެ. ރައްޔިތުންނަކަށް ނޫނެވެ. މައިގަނޑު ސަބަބަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދަމުންދާ ގޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު