Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްރޮގްރެސިވް ކޯލިޝަން

ރައީސް ޔާމީން ނެތްތަން ފޫބެއްދޭނީ މިތަނުން ކޮންބޭފުޅަކަށް؟

އެހެން ކެނޑިޑޭޓަކު ނެރުމުގެ ވިސްނުމެއް ނެތް ކަަމަށް ލީޑަރޝިޕުން ދަނީ ބުނަމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2019 | ހޮނިހިރު 13:45
އިދިކޮޅުން ރިޔާސީ ކެނޑިޑޭޓުންގެ ގޮތުގައި ނިކުމެދާނެ ބޭފުޅުން

އިދިކޮޅުން ރިޔާސީ ކެނޑިޑޭޓުންގެ ގޮތުގައި ނިކުމެދާނެ ބޭފުޅުން

މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ, ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ޙުކުމްކޮށްފައިވަނީ ނޮވެންބަރ މަހުގެ 28 ވަަނަ ދުވަހުއެވެ. ޔާމީނު ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އެމަނިކުފާނަށް ކުރި ޙުކުމްގައިވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމް ތަންފީޒުކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހެވެ. ރިޔާސީ އިންތިޚާބާ ހަމަޔަށް ދާއިރު ރައީސް ޔާމިން ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާނަމަ އެމަނިކުފާނަށް އިންތިޚާބުގަ ވާދަނުކުރެއްވޭނެއެވެ.

އެެފަދަ ގޮތަކަށް ކަންތައް ހިނގައިފިނަމަ އުފެދޭ ސުވާލަކީ ރައީސް ޔާމީނުގެ ބަދަލުގަ ޕްރޮގްރެސިވް ކޯލިޝަނުން ރިޔާސީ ކެނޑިޑޭޓަކަށް ނެރޭނީ ކޮން ބޭފުޅެއްތޯއެވެ. ނޫނީ އެހާ ޤާބިލުކަން ހުރީ ކޮންބޭފުޅެއްގެތޯއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެދާނެ ބޭފުޅުން

އާދަމް ޝަރީފް އުމަރު

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ސިޔާސީ ދާއިރާ އަށް އާދަމް ޝަރީފު ނިކުންނެވީ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީންނެވެ. އޭނާ ވަނީ ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވާފައެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކެނޑިޑޭޓަކު ނެރުމަށް ބޭއްވި ޕްރައިމަރީގައި އާދަމް ޝަރީފު ވަނީ ރައީސް ޔާމީނަށް ކެމްޕޭނު ކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤަމު އަދާކުރެއްވުމަށް ފަހު އާދަމް ޝަރީފު ވަނީ ޑިފެންސް މިނިސްޓަރުގެ މަޤަމުވެސް އަދާކުރައްވާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް ޝަރީފަކީ ޕީއެންސީގެ ނައިބު ރައީސެވެ.

އަޙްމަދު ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަކީ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރޭގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ފާހަގަކޮށްލެވިފައިވަނީ ފަސްޖެހުމެއްނެތި ޝޫޢޫރުތައް ފާޅުކުރައްވާ ސަރުކާރަށް ފާޑު ވިދާޅުވާ ފަރާތެއްގެ ގޮތުގައެވެ.

ރައީސް ޔާމީނުގެ އަރިސް ބޭފުޅެއް ކަމަށްވާ ޝިޔާމް ސިޔާސީ ދާއިރާއަށް ނިކުންނެވުމުގެ ކުރިން އުޅުއްވީ ޑައިވިން އިންސްޓަރްޓަރަކަށެވެ. ޕީޕީއެމްގެ ގިނަ ފަރާތްތަކަކުން ޤަބޫލުކުރާ ގޮތުން ޝިޔާމަކީ ލީޑަރޝިޕް ގެ އުކުޅުތައް ދަންނަ ބޭފުޅެކެވެ. ޝިޔާމަކީ 18 ވަނަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)

ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް ޢަބްދުﷲ އަކީ ރައީސް ޔާމީނުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އަކީ ބައެއް މީހުން ބުނާ ގޮތުންނަށް ޔާމީނަށް ''މަރުދޭ'' މީހެކެވެ. ކުރީ ސަރުކާރުގައި ސިޔާސީ މަޞްރަހު އެންމެ ހަލަބޮލިވެގެން ދިޔަ ދުވަސްވަރު ޔާމީނުގެ ދިފާޢުގަ އެންމެ ބޮޑަށް ވަކާލާތުކޮށް އުޅުއްވީ އަބްދުއްރަހީމެވެ. އެމަނިކުފާނު ދިފާޢު ކުރެއްވުމުގައި އަދުރޭގެ ރޯލުު ބޮޑެވެ. އަދުރޭ ސިޔާސީ ދާއިރާ އަށް ނިކުމެ ވަޑައިގެންނެވީ ޔާމީނުގެ ފަހަތްޕުޅުން ޕީޕަލް އެލައިންސް (ޕީއޭ) އިންނެވެ.

ޕީއެންސީ އަކީ އަދުރޭ އިސްވެހުންނަވައި އުފެއްދެވި ޕާޓީއެކެވެ. އަދުރޭ ވިދާޅުވި ގޮތުން އޭނާ އެއްވެސް ވަރަކަށް ރިޔާސީ ކެނޑިޑޭޓްގެ ޓިކެޓް ހޯއްދެވުމުގެ ވިސްނުމެއް ނެތެވެ. އަދުރޭ އަކީ ޔާމީނަށް ވާފަތެރި ބޭފުޅަކަށްވީއިރު ޔާމީނުގެ ފިކުރު ނޫން އެހެން ފިކުރަކާއި ދުވަހަކުވެސް ނުގުޅޭނެ ކަމަށް ޕީއެންސީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މުހައްމަދު ސައީދު

ސައީދު ސިޔާސީ ދާއިރާއަށް ނިކުމެ ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީންނެވެ. އޭނާ އަކީ މީގެ ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓުގައި ޖެނެރަލް މޭނެޖަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

2013 ވަނަ އަހަރުގެ އިންތިޚާބުގަ ޕީޕީއެމުން ޖޭޕީއާއެކު ކޯލިޝަން ހެދިއިރު އިސްކޮށް އުޅުއްވި ސައީދު ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ކޯލިޝަނުން ޖޭޕީ ވަކިވުމުންނެވެ. ޔާމީނަށް ''ލޯޔަލް'' ސައީދު ވަނީ ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަޤަމު ފުރުއްވާފައެވެ. އަދި މިހާރު އެއީ ޕީއެންސީގެ ނައިބު ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ ތަމްސީލު ކުރައްވާ މެންބަރުވެސްމެއެވެ.

އުމަރު ނަސީރު

އުމަރު ނަސީރު ސިޔާސީ ދާއިރާއަށް ނިކުންނެވީ އޭނާ އަމިއްލަ އަށް އުފެއްދެއްވި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީން) އެވެ. އަމިއްލަ ވިޔަފާރިވެސް ކުރައްވަމުން ގެންދަވާ އުމަރުގެ އައިޑީޕީ އުވާލާފައިވަނީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން ޑީއާރްޕީއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސް އުމަރު ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ.

އުމަރަކީ 2013 ވަނަ އަހަރުގެ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް ޔާމީނުގެ ސަރުކާރުގަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވަޒީރުކަމުން އިސްތިޢުފާ ދެއްވުމަށް ފަހު އުޅުއްވަނީ ސިޔާސީ ދާއިރާއާ ދުރުގައެވެ. ނަމަވެސް ދާދި ފަހުން ޕީޕީއެމުން އެހެން ގޮތެއް ހޯއްދަވަން ޖެހޭ ކަމަށް އުމަރު ފޭސްބުކްގަ ވިދާޅުވެފައިވެއެވެ.

އުމަރުގެ ނަޒަރުގައި ޔާމިނު ފިޔަވައި ޤައުމީ ފެންވަރެއްގަ ވާދަކޮށް ކާމިޔާބު ކުރެއްވޭ ވަރުގެ ބޭފުޅަކު އިދިކޮޅަކު ނެތެވެ. ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، ޕީޕިއެމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވައިފިނަމަ ވާދަކުރައްވާނެ ކަމަށެވެ. ޕީޕީއެމްގެ އަސާސީ ޤަވާއިދު އެކުލަވާލުމުގަވެސް މަސައްކަތް ކުރެއްވި އުމަރު ވިދާޅުވީ، ޕްރައިމަރީއެއް ބާއްވާއިފިނަމަ ޔާމީނު ބަލިކުރައްވާ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ބޭފުޅުންގެ ޚިޔާލު މުޅިންވެސް ތަފާތެވެ. ނަން ނުޖަހަން ޝަރުޠުކޮށް ރާއްޖެ.އެމްވީއާ ވާހަކަ ދެއްކި ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ، އުމަރަކަށް ސިޔާސީ ކަންތައްތައް މާ ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، އަދި މިހާރު އެ ޕާޓީގެ ޙާލަތު އެއްވެސް ވަރަކަށް އެނގިނުލައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އުމަރަށް ޕްރައިމަރީ ކާމިޔާބު ކުރެވިދާނެކަމާމެދު ޝައްކު އުފެދޭކަމަށެވެ. އަދި އަދި އެކަމުގެ ޤާބިލުކަން އުމަރުގެ ކިބައިގަ ހުރިކަމާމެދުވެސް ސުވާލުއުފެދޭކަމަށެވެ. ޕީޕީއެމުން ބުނެފައިވާ ގޮތުން އެ ޕާޓީން ރިޔާސީ އިންތިޚާބުގަ ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭނީ ހަމައެކަނި ޔާމީނެވެ.

މެޑަމް ފާތުން

ރައީސް ޔާމީނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ނުވަތަ ޢާންމު ނަމުން ނަމަ "މެޑަމް ފާތުން" އަކީ ޕީޕީއެމްގެ ތެރޭގައި ބަސްވިކޭ ނުފޫޒު ގަދަ ކަނބަލެކެވެ. އޭރު ސަރުކާރުން ބާއްވާ ޙަފުލާތައް ފަޅުފިލުއްވައިދެއްވި މެޑަމް ފާތުން ވަނީ އިސްރޯލެއް އަދާކުރައްވާފައެވެ. ޞަދަޤާތު ފައުންޑޭޝަނާއި އެހެން ގޮސް އެކި ކަަހަލަ ގޮތްގޮތުން މެޑަމް ފާތުންގެ އެހީތެރިކަން ލިބޭކަމަށް ޕީޕިއެމްގެ ސަޕޯޓަރުން ބުނެއެވެ. ޔާމީނުގެ ވެރިކަމުގައި ރައީސް ޔާމީނަށްވުރެ ސަޕޯޓަރުންގެ މެދުގައި އެކަމަނާގެ މަޤުބޫލްކަން ބޮޑެވެ.

2018 ވަނަ އަހަރުގެ އިންތިޚާބުގަ ރައީސް ޔާމީނުގެ ރަނިން މޭޓެއްގެ ގޮތުގައި މެޑަމް ފާތުން ވާދަކުރައްވާ އަޑުތައް ފެތުރުނެވެ. އެކަމަނާއަކީ ޕީޕިއެމްގެ ތެރޭގައި ނުފޫޒުގަދަ ކަނބަލެކެވެ. އިދިކޮޅުން ނެރޭ ކެނޑިޑޭޓަކަށް މެޑަމް ފާތުން ނެރުމަކީ ދުރުކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު