Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރުއެމް

ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ޤައުމީ އެއްބައިވަންތަކަން އިސްކުރުމަށް އެމްއާރުއެމުން ގޮވާލައިފި

26 ޑިސެމްބަރު 2019 | ބުރާސްފަތި 12:45

ދުވަހުގެ ތަހުނިޔާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް ވަނީ ފޮނުވާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޑިސެމްބަރު 2019 | ބުރާސްފަތި 12:45
އެމްއާރުއެމްގެ ޖަލްސާ ކުރިއަށް ދަނީ

އެމްއާރުއެމްގެ ޖަލްސާ ކުރިއަށް ދަނީ

ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ޤައުމީ އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެމްއާރުއެމުން ޢާންމުކުރި ބަޔާނުގައި ޤައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަމަށް އަލިއަޅުވާލާފައިވެއެވެ.

Advertisement - newsAdvertisement

ދިވެހިންގެ އިޞްލާޙީ ޙަރަކާތް ތަކަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަޝްވަރާ ކޮށްގެން ކުރާ މަސައްކަތްތަކެއް ކަމުގައި ހެއްދެވުމަށް އެމްއާރުއެމް އިން ވަނީ ގޮވާލާފައެވެ. އަދި މާޒީގެ ޢިބްރަތުން ލިބިފައިވާ ފިލާވަޅުތައް މުސްތަޤުބަލް ބިނާކުރުމުގައި ބޭނުން ކުރުމަށް ވަނީ އެދިފައެވެ.

އިތުރަށް ބަޔާނުގަ މީގެ ފަނަރަ އަހަރު ކުރީން އައި ޑިސެމްބަރުމަހުގެ ސައްބީސްވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ކާރިޘާއާއި ގުޅިގެން އެދުވަހު ދިވެހި ޤައުމުގެ ލޮބިވެތި ރައްޔިތުން ދެއްކި ޤައުމީ އެއްބައިވަންތަ ކަމުގެ ޒިކުރާ އާކޮށްފައިވެއެވެ. އަދި މިއަދަކީ، އެދުވަހު މި ދުނިޔެއާއި ވަކިވެގެންދިޔަ އަޚުންނާއި އުޚުތުންގެ ފުރާނައަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރި ރަޙުމަތާއި ޘަވާބަށް އެދި ދުޢާކުރުމުގެ ދުވަސް ކަމަށް ބުނެފައިވެއެވެ.

މިއަދު މިދުވަސް ފާހަގަކުރަމުން ދާއިރު، ހިތައް ގެންނަންވީ އެދުވަހު އެ ކާރިޘާ އާ ގުޅިގެން މުޅި ޤައުމަށް ވެރިވެފައި އޮތް ނާމާން ކަމާއި ހިތްދަތިކަމާ ކުރިމަތި ލުމުގައި ދިވެހިރައްޔިތުން ދެއްކެވި ހަރުދަނާ ޤައުމީ އެއްބައިވަންތަ ކަން ކަމަށް އެމްއާރު އެމްގެ ބަޔާނުގައި ވެއެވެ. އަދި އިސްލާމީ ވަރުގަދަ ޢަޤީދާ އާއެކު ދިވެހި ރައްޔިތުން ސާބިތުކޮށްދިން ކެތްތެރި ކަމާއި، ހިތްވަރު ގަދަކަމާއި، ކިޔަމަންތެރި ކަމާއި، އިޚުލާޞްތެރިކަން ކަމުގެ ނަތީޖާއަކަށްވީ އެދުވަހު ޙާލުގައި ޖެހުނު އަޚުންނާއި އުޚުތުންނަށް ބޭނުންވި އެހީ ހަމަ ވަގުތުން އެފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށާއި އަދި އެކަމުން ލިބުނު ގެއްލުންތައް ބަލާ ފުރިހަމަ ރޭވުންތަކާއެކު އެކަންކަން ރަނގަޅު ކޮށްދިނުން ކަމުގަވެސް ބަޔާނުގައި ވެއެވެ.

އެމްއާރުއެމުން ބުނީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީ ކާރިޘާއަކީ ﷲ ސުބުޙާނަހު ވަތަޢާލާ ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެއް ކަމަށެވެ. އެ އިމްތިޙާނުން ޙާޞިލުވި އެންމެ މަތިވެރި އިބުރަތަކީ ޤައުމީ އެއްބައިވަންތަ ކަމުގެ މުހިންމު ކަން ކަމަށް ބަޔާނުގައި ވެއެވެ.

ރާއްޖެ ޤުދުރަތީ ކާރިޘާތަކަށް ލޯ ހުޅުވިގެން ދިޔައީ 2004 ވަނަ އަހަރު އެރި އިންޑިއަން އޯޝަން ސުނާމީ ކާރިޘާއިންނެވެ. އޭރު ރާއްޖޭގެ ރިޔާސަތުގައި ހުންނެވީ އެމްއާރްއެމްގެ އިންތިޤާލީ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް