Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމާރާތްކުރުމުގެ ގާނޫނު

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

މަޖިލީހުން އެބިލް ފާސްކުރީ 44 މެމްބަރުންގެ އިއްތިފާގުން، އިދިކޮޅު މެމްބަރުން އެ ވޯޓްގައި ބައިވެރިއެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 އެޕްރީލު 2017 | ހޯމަ 09:33
އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ބައެއް: މިހާރު މިވަނީ އިމާރާތް ކުރުމުގެ ގާނޫނެއް ވުޖޫދުވެފަ

އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ބައެއް: މިހާރު މިވަނީ އިމާރާތް ކުރުމުގެ ގާނޫނެއް ވުޖޫދުވެފަ

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އެކުލަވާލާފައިވާ އިމާރާތްކުރުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވައިފި އެވެ.

އެބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ޖަލްސާގަ އެވެ. އެބިލް މަޖިލީހުން ފާސްކޮށްފައި ވަނީ 44 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން މި ވޯޓުގައި ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

އިމާރާތް ކުރުމުގެ ބިލަކީ ރައްޔިތުން ޖޫރިމަނާ ތަކަކުން ދައުލަތަށް ފައިސާ ވަންނާނެ ގޮތަކަށް ހުށަހަޅަފައިވާ ބިލެއް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އެބިލަށް ބަހުސް ކުރައްވަމުން ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅު މެމްބަރުން ވިދާޅުވީ މިއީ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހިންގާ ބޮޑެތި މަރާމާތަކަށް އިތުރުކުރާ ކަމެއް ކަމަށެވެ.

އެ ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވީ އިމާރާތް ކުރުމުގެ ބިލަކީ މުހިއްމު ބިލެއް ކަމަށާއި ނަމަވެސް މައްސަލައަކީ އެބިލްގައިވާ ޖޫރިމަނާތަކާއި އިމާރާތްކުރާ ކުދި އަދި މެދުފަންތީގެ ކުންފުނިތަކާއި އާއްމު ރައްޔިތުންނަށް މިބިލުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމަށެވެ.

އެބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަފައިވަނީ ވެސް މިމަހުގެ 12 ވަނަ ދުވަހު ހެނދުނު ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި އެބިލްގެ ފުރަތަމަކިޔުން އިއްވާ، ހަމަ މިޖަލްސާގައި އެބިލަށް ބަހުސް ކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެހުމުން އެ ބިލަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްވުމާއި ގުޅިގެން އެބިލަށް ބަހުސް ކުރުމަށް މެމްބަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެބިލަށް ބަހުސް ކުރުން ނިންމާލުމަށްފަހު، ހަމަ މިޖަލްސާގައި ވަނީ އެބިލް މަޖިލީހަށް ބަލައިގަންނަށް ފެންނަ ކަމަށް ފާސްކޮށް، މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ.

އެބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުމުން ހަމަ އެދުވަހުގެ ހަވީރު ވަނީ ގައުމީ ތަރައްގީގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ މާގިނަ އިރުތަކެއްނުވެ، އެބިލަށް މާބޮޑެތި ބަދަލުތަކެއް ގެނައުމަކާނުލާ ކޮމެޓީން ވަނީ އެބިލް ފާސްކޮށްފަ އެވެ.

އިމާރާތްކުރުމުގެ ބިލްގައި 99 މާއްދާ ވެއެވެ. އަދި 65 ސޮފްހާގެ މައްޗަށް އެކުލެވޭ އެބިލް މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށް ނަގާފައިވަނީ އެންމެ ދިހަ ވަރަކަށް މިނެޓް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައިވެއެވެ.

އެބިލް މަޖިލީހުން ދިރާސާކޮށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ބުދަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން ޖަލްސާގެ ރިޔަސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ބުދަ ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެކަން އިއުލާން ކުރައްވާފަ އެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ އެޖެންޑަގައި ހަމައެކަނި ހިމަނާފައިވަނީ ވެސް ގައުމީ ތަރައްގީގެ ކޮމެޓީން އިމާރާތް ކުރުމުގެ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އިމާރާތް ކުރުމުގެ ބިލްގައި ބުނެފައިވާ ގޮތުން އިމާރާތްކުރުމުގެ އެއްވެސް ހުއްދައެއް ނެތި އެއްވެސް އިމާރާތެއް ނުކުރެވޭނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި އެފަރާތެއް 50،000 ރުފިޔާޢައި 1،000،000 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ގާނޫނުގައިވެއެވެ.

މީގެއިތުރުންވެސް މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތައް، ކަމުގެ ކުޑަބޮޑު މިނަށްބަލައި 5،000ރ އާއި 1،000،000ރ އާދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށް އެ ގާނޫނުގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު