Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން

އެއް އާއިލާއެއްގެ 9 މެމްބަރުން ޝަހީދުވި ހަމަލާއަކީ ހެދުނު ގޯހެއްކަމަށް އިޒްރޭލުން އެއްބަސްވެއްޖެ

މިހަމަލާތަކުގައި އެއް އާއިލާގެ 9 މެމްބަރުން ޝަހީދުވެގެން ދިޔައިރު އޭގެ ތެރޭގައި 5 ކުޑަކުދިން ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޑިސެމްބަރު 2019 | ބުދަ 19:16
ނޮވެމްބަރ މަހު އިޒްރޭލުން ދިން ހަމަލާތަކުގައި އެއް އާއިލާއެއްގެ 9 މެމްބަރުން ޝަހީދު ވެފައިވޭ

ނޮވެމްބަރ މަހު އިޒްރޭލުން ދިން ހަމަލާތަކުގައި އެއް އާއިލާއެއްގެ 9 މެމްބަރުން ޝަހީދު ވެފައިވޭ

އިޒްރޭލުން މިދިޔަ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު ގައްޒާއަށް ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ 9 މެމްބަރަކު ޝަހީދުވި ހަމަލާއަކީ އާންމުންނަށް ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުން ހެދި އެސެސްމެންޓުން ލިބުނު ނުބައި މައުލޫމާތެއްގެ ސަބަބުން ދިން ހަމަލާއެއް ކަމަށް އިޒްރޭލްގެ ސިފައިން އެއްބަސްވެއްޖެ އެވެ.

މިހަމަލާ ދީފައިވަނީ ރަސްމި އަބު މަލްހޫސް ގެ ގެއަށެވެ. އޭނާއަކީ ގައްޒާގެ ފަލަސްތީން އޮތޯރިޓީގައި ވަޒީފާ އަދާ ކުރާ މީހެކެވެ. އޭނާގެ ގެއަށް އިސްރޭލުން ހަތަރު ހަމަލާއެއް ދީފައިވެއެވެ. މިހަމަލާތަކުގައި އޭނާގެ އާއިލާގެ 9 މެމްބަރުން ޝަހީދުވެގެން ދިޔައިރު އޭގެ ތެރޭގައި 5 ކުޑަކުދިން ހިމެނެއެވެ.

މިހަމަލާތަކުގައި ޝަހީދުވީ ރަސްމި އާއި އޭނާގެ ދެވަނަ އަނބި މީހާ އާއި ރަސްމިގެ ބޭބެ މުހައްމަދު އާއި އޭނާގެ އަނބިމީހާ އެވެ.

މިހަމަލާތަކަކީ މިދިޔަ ނޮވެމްބަރ މަހު އިޒްރޭލާއި އިސްލާމިކް ޖިހާދު ގްރޫޕާ ދެމެދު ހިނގައިދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ދިން ހަމަލާއެކެވެ. މިހަމަލާތަކުގައި ފަލަސްތީންގެ 34 މީހުން ޝަހީދުވެފައިވެ އެވެ.

ރަސްމިގެ ގެއަށް ދިން ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ކުރިން ބުނެފައިވަނީ އެގެއަށް ހަމަލާދިނީ އެގެއަކީ ފަލަސްތީންގެ އިސްލާމިކް ޖިހާދު ގްރޫޕްގެ ކޮމާންޑަރެއްގެ ގެއެއް ކަމަށްވާތީ ކަމަށެވެ. ނަމަވެސް ރަސްމިގެ އާއިލާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އަންގާރަދުވަހު އިޒްރޭލްގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާތައް ދިނުމުގެ ކުރިން އެގައުމުގެ އިންޓަލިޖެންސަށް މައުލޫމާތު ލިބިފައިވަނީ އެ ގެ ހުންނަ ސަރަހައްދަކީ އިސްލާމިކް ޖިހާދު ގްރޫޕުން ހަނގުރާމަ އަށް ބޭނުންކުރާ ހިސާބެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި އާންމުން ނޫޅޭނެ ކަމަށް ލިބިފައިވާތީ މައުލޫމާތުން އެނގިފައިވާތީ ދޭ ހަމަލާއެއްގެ ސަބަބުން އާންމުންނަށް ގެއްލުން ނުވާނެ ކަމަށް އިޒްރޭލްގެ ސިފައިންނަށް ގަބޫލުކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިހަމަލާތަކަށް ފަހު ބެލިބެލުމުން އެނގުނީ އެސަރަހައްދަކީ ހަނގުރާމައިގެ ބޭނުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށްވިޔަސް އެސަރަހައްދުގައި އާންމުން އުޅޭ ކަމުގަ އެވެ. އަދި މިހެދުނު ގޯހުން ފިލާވަޅު ލިބިގަނެ މިފަދަ އެހެން ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް މިފަދަ ހަމަލާތައް ދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް އިޒްރޭލްގެ ސިފައިންގެ މިބަޔާނުގައި އިސްލާމިކް ޖިހާދު ގްރޫޕުން އާންމުން ނިވާފަތް ގަނޑަކަށް ބޭނުންކޮށްގެން ހަމަލާތައް ދެމުންދާ ކަމަށާއި އާންމުން ގިނައިން އުޅޭ ސަރަހައްދުތަކުގައި އެގްރޫޕްގެ އަސްކަރީ ހަރަކާތްތައް ކުރިޔަށްގެންދާ ކަަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

19 މެއި 2018

ކަރްނާޓަކާގެ ޤާނޫނު ހަދާ މަޖިލީހަށް ހޮވުނު މެމްބަރުން ފިލައިފި!

19 މެއި 2018
ކަރްނާޓަކާގެ ޤާނޫނު ހަދާ މަޖިލީހަށް ހޮވުނު މެމްބަރުން ފިލައިފި!
06 މެއި 2018

2015ވަނަ އަހަރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ސިރިސޭނާ ނެރުމަކީ ހެދުނު ގޯހެއް: ފޮންސެކާ

06 މެއި 2018
2015ވަނަ އަހަރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ސިރިސޭނާ ނެރުމަކީ ހެދުނު ގޯހެއް: ފޮންސެކާ
04 އެޕްރީލު 2018

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ: އެސްއެލްއެފްޕީގެ ހުރިހާ މެމްބަރުން އެއްގޮތެއްގައި ތިބުމަށް ރައީސް އެދިިވަޑައިގެންފި

04 އެޕްރީލު 2018
ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ: އެސްއެލްއެފްޕީގެ ހުރިހާ މެމްބަރުން އެއްގޮތެއްގައި ތިބުމަށް ރައީސް އެދިިވަޑައިގެންފި
01 ފެބުރުއަރީ 2018

ކޮންގްރެސް މެމްބަރުން ދަތުރުކުރެއްވި ރޭލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

01 ފެބުރުއަރީ 2018
ކޮންގްރެސް މެމްބަރުން ދަތުރުކުރެއްވި ރޭލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ
11 ޖެނުއަރީ 2018

ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް

11 ޖެނުއަރީ 2018
ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު