Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުކުޅެދުންތެރިކަން

ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

9 މާރިޗު 2018 | ހުކުރު 03:58

ނުކުޅެދޭ އެހެން މީހުން ވެސް ނުކުތުމަށް އޭނާ ގޮވާލި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 މާރިޗު 2018 | ހުކުރު 03:58
މުޒާހަރާއަށް ނުކުތް ނުކުޅެދޭ މީހާ ރަޔަޓް ފުލުހުންގެ ކައިރީގައި

މުޒާހަރާއަށް ނުކުތް ނުކުޅެދޭ މީހާ ރަޔަޓް ފުލުހުންގެ ކައިރީގައި

މިއީ ދޮށީ އުމުރުގެ މީހެކެވެ. ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރި ކަމެއް ހުއްޓަސް، ހުއްޓި ލައިގެން އެހެރީ އެންމެ ކާރުބާރު ބޮޑު މަގުގެ މެދުގައެވެ. އޭނާ ކަށަވަރު ކޮށްދެނީ ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެވެ. ރާއްޖޭގެ ހާލަތާ ގުޅިގެން އޭނާ ސިކުނޑިއަށް ވިސްނައި ގަނެވޭ، އަދި ދޭހަކުރެވޭ ކަންތައްތައް އެ ފާޅުކުރަމުންދަނީ ލެސްލީތަލް ހަތިޔާރާއެކު ނުކުމެ ތިބި، ރަޔަޓް ފުހުންގެ ކުރިމަތީގައެވެ. މުޒާހަރާ ރޫޅާލުމަށް އަނިޔާވެރި އަމަލުތަކެއް ހިންގީ އޭނާގެ ކުރިމަތީގަ އެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި މަންޒަރު ފެނި، ނުރައްކަލަށް އޭނާ ހުށަހެޅިފައިވާކަން ވެސް އޭނާއަށް އެ ދަނޑިވަޅުގައި އެނގޭނެއެވެ. އެ ހާލަތުގައި ވެސް އޭނާ އެ ބޭނުން ކުރަނީ ގާނޫނުން ކަށަވަރުކޮށްދޭ ހައްގެވެ. ހިޔާލުފާޅުކުރުމުގެ ހައްގެވެ. އިންޒާރަކާ ނުލައި، ކޮންމެ ތަނަކަށް ވެސް، އެއްވެ ޝުއޫރުފާޅުކުރެވޭނެ ކަމެވެ.

މިއަދު އެތައް ބައެއްގެ ތައުރީފު އޮހެމުންދަނީ އޭނާގެ ހިތްވަރަށެވެ. އޭނާގެ އަޒުމަށެވެ. އަދި އޭނާގެ ކެރުމަށެވެ. ސަރުކާރާ ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން މަޖީދީމަގުގައި ކުރިއަށް ގެންދާ މުޒާހަރާއަށް ނުކުމެ، ހުއްޓިލައިގެން އެހެރީ މަޖީދީމަގުގެ މެދުގަ އެވެ. މާވެޔޮމަގާއި މަޖީދީމަގު ގުޅޭ ކަންމައްޗަށް ނުކުމެ، ހުއްޓިލައިގެން އެހެރީ ދެ އަސާގެ މަތީގައެވެ. އަސާގަނޑަކުން ކޮޅަށް ހުރުމުގެ ހިތްވަރާއެކު، ރައްޔިތުންނަށް އޭނާ ދެމުންދާ ސާބަހަކީ އޭނާގެ ހިތްވަރު އިތުރަށް ވަރުގަދާ ސަބަބެވެ.

ރަޔަޓް ފުލުހުންގެ ކުރިމަތީގައި ނުކުޅެދޭ މީހާ ހުއްޓިލައިގެން-- ފޮޓޯ/ ޓްވިޓާ

ދިވެހިން އެ ދިދައެއްގެ ހިޔާދަށުގައި ތިބި، ފެއްސާއި ރަތާއި ހުދުގެ ދިދަ ހޫރުވަމުން، ރަޔަޓް ގިޔަރުގައި ނުކުމެ ތިބި، ފުލުހުންނަށް އެ އިލްތިމާސްކުރަނީ އަނިޔާވެރި ނުވުމަށެވެ. އޭނާގެ ހިތްވަރުން ބުނެދެނީ ދިވެހިން ބަލައިގެންފައިވާ ރިޔާސީ ނިޒާމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފެހި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ނިގުޅައި ނުގަތުމަށެވެ.

އެއްވުމުގެ ތެރޭގައި ހުރެ ރާއްޖެޓީވިއާ އޭނާ ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ބުނި ގޮތުގައި މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް އޭނާ ނުކުތީ ރައީސް ޔާމީންގެ ސަރުކާރާމެދު ހިތްހަމަނުޖެހޭކަން ދެއްކުމަށެވެ. އަދި ނުކުޅެދޭ އެހެން ފަރާތްތަކުން ވެސް އޭނާއާއެކު މަގުމައްޗަށް ނުކުތުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މުޒާހަރާއަށް ނުކުތުމުން، އެތަނުން ދިއުމަށް ފުލުހުން އެންގި ކަމަށާއި ނަމަވެސް ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ވެސް އޭނާ ވެސް ދެމިހުންނާނެ ކަމަށެވެ.

އޭނާއަށް ރާއްޖޭގެ ހާލަތު ވަޒަން ކުރެވިއްޖެއެވެ. ރައީސް ޔާމީންގެ ފިކުރާ ކުޑަކޮށް ހިޔާލުތަފާތުވި މީހަކު ވެސް، އެކަހެރިކޮށް ނުހައްގު އަނިޔާދިންތައް އޭނާއަށް މިއަދު ފެނިއްޖެއެވެ. ވާދަވެރި ސިޔާސީ މާހައުލު ކިލަނބުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބަސް ބުނަން ތިބި ސިޔާސީ ހުރިހާ ލީޑަރުންނަށް ދިން އަނިޔާ ތަމްސީލުވަމުން ދިޔައީ އޭނާގެ ކުރިމަތީގައެވެ. ހިޔާނާތްތެރިން މިތުރުންނަށް ހަދައި، ފަސާދައިގެ ހުޅުގަނޑުގައި ދިވެހި މާލިއްޔާ ހުލިވުމުން، އެކަމާ ދެކޮޅަށް ނުކުތް ލީޑަރުން ހައްޔަރު ކުރީ ވެސް އޭނާގެ ކުރިމަތީގައެވެ.

ތިން ބާރުވަކިވެފައިވާ ނިޒާމުގެ ހުއްޓުމަކަށް ގެނެސް، އެންމެ މަތީ ކޯޓުގެ، މަތީ ފަނޑިޔާރުން ހައްޔަރުކޮށް، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށް، ޣައިރު ގާނޫނީ އަމުރަށް ކިޔަމަންނުވި ސިފައިންނާއި ފުލުހުން ހައްޔަރުކޮށް، ދެމުންދާ އަނިޔާގެ ދިފާއުގައި ނުކުމެ އެ ހުރީ، މި ނިކަމެތި ރައްޔިތުމީހާއެވެ.

މަގުތަކަށް ނުކުމެ އަޑުއުފުލަމުންދާ މީހުންގެ ފަރާތުން ހިތްވަރު ލިބި، ހައްގުގެ މަގުގައި ގޮވާލުމަށް އޭނާ މިއަދު އެހުރީ ނުކުމެވެ. އޭނާގެ ހިތްވަރާއި ކެރުމުން ބުނެދެނީ ކޮންމެ ދުވަހެއް އަދި ކޮންމެ ވަގުތުކޮޅެއް، އަދި ހިނދުކޮޅެއް ވެސް ގެއްލުވާލައިފިނަމަ، ދުނިޔެއަށް އުފަންވާން ތިބި، ދިވެހި ދަރިންގެ ހައްގުތައް ނިކުޅައިގެންފާނެކެމެވެ. ދިވެހި ފަސްގަނޑުން ދިވެހި ބިމުން، ޣައިރު މުސްލިމުންނަށް މިލްކު ނުކުރެވޭނެކަން އޭނާ އެ ދަނީ ބުނެދެމުންނެވެ.

އޭނާގެ ހިތްވަރަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ތައުރީފު ބަންޑުން ކުރަމުންދާއިރު، އޭނާގެ ހިތްވަރުން ބުނެދެނީ ކުޅެދޭ މީހުންނަށް ވުރެ، އޭނާ ހިތްވަރު ވަރުގަދަކަމެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 މާރިޗު 2018

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

05 މާރިޗު 2018
އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !
08 ފެބުރުއަރީ 2018

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
02 ފެބުރުއަރީ 2018

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު
28 ޖެނުއަރީ 2018

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!
13 ޖެނުއަރީ 2018

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން
09 ޖެނުއަރީ 2018

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!
11 ސެޕްޓެމްބަރު 2017

ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!

11 ސެޕްޓެމްބަރު 2017
ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
31 ޖުލައި 2017

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް